ނައިކީއަށް ގެއްލުން

ޓްރަމްޕާ ހެދި 3 އަނަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ނައިކީއަށް ގެއްލުމާ ކުރިމަތިލާން ޖެހިފައި ވެއެވެ. އެހެންނަމަވެސް މި ކުއާޓާގައި ނައިކީގެ އާމްދަނީ ވަނީ 11.1 ބިލިއަން ޑޮލަރަށް ގޮސްފައެވެ. މިއަހަރު ނައިކީ ސްޕޯޓްސްގެ ފައިދާ ބަހާ މިންވަރު މަދުވެ، އުފެއްދުމުގެ ޚަރަދު އެއް ބިލިއަން ޑޮލަރަށް އިތުރުވެދާނެ ކަމަށް ނައިކީ ކުންފުނިން އިންވެސްޓަރުންނަށް އަންގައިފިއެވެ. މިއީ ބޭރުން އެތެރެ ކުރާ މުދަލަށް އިތުރު ޓެރިފް ނެގުމަށް ޓްރަމްޕް މަޖުބޫރު ކުރުމުގެ ސަބަބުން ދިމާވެފައިވާ ދަތިކަމެކެވެ. މި […]
ތައިވާނުން އިންޑިއާއަށް 2.2 ބިލިއަން ޑޮލަރު

ތައިވާނުގެ އިލެކްޓްރޯނިކްސް ކުންފުންޏެއް ކަމަށްވާ ހޮން ހައި ޕްރިސިޝަން އިންޑަސްޓްރީ ކޮމްޕެނީ (ފޮކްސްކޮން) އިން އިންޑިއާއާއި އެމެރިކާގައި 2.2 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހިންގުމަށް ހުއްދަ ދިނުމަށް ތައިވާނުގެ ސަރުކާރުން ނިންމައިފިއެވެ. މި އިންވެސްޓްމަންޓަކީ ދުނިޔޭގެ ބާޒާރުގައި ފޮކްސްކޮންގެ އުފެއްދުންތައް ތަފާތުކޮށް، ޚާއްސަކޮށް އެޕަލްގެ އައިފޯނު އުފެއްދުމުގެ މަރުކަޒެއްގެ ގޮތުގައި އިންޑިއާ އިތުރަށް ބާރުގަދަ ކުރުމަށް ކުރާ މަސައްކަތެކެވެ. މި އިންވެސްޓްމަންޓުގެ ތެރެއިން 1.49 ބިލިއަން ޑޮލަރު ހޭދަކުރާނީ އިންޑިއާގައި އައިފޯނާއި އެހެނިހެން ކޮމްޕޯނެންޓްސް އުފެއްދުމަށް އާ […]
ދަތުރުނާމާ (ހަތަރުވަނަ ބައި)

އަރުޝީ ހިތަށްއެރިއެވެ. މިވަނީ ކިހިނެއްބާއެވެ؟ އަހަރެން މިތަނަށް ގެނައީ ކާކުބާއެވެ؟ އާނއެކެވެ. އަރުޝީ އެއިނީ ބޯކެޔޮ ފަލެއްގެ ތެރޭގައެވެ. ބިންމަތީގައި އޮތް ލަކުޑިގަނޑެއްގެ މަތީގައި އިށީންދެލައިގެން އެކަނިމާ އެކަންޏެވެ. ފައިދަށުގައި ވަށައިގެން އޮތީ ހިކިފަތާއި ހޯއްޔެވެ. ބޮޑެތި ކަނޑާތަކާއި، ފާޑުފާޑުގެ ސޫފިތަކެވެ. އެއިން ކޮންމެ އެއްޗެއްވެސް ހީވަނީ އޭގެ މަންޒިލާއި ހަމައަށް ވާސިލު ނުވެވިގެން ހިތް އަވަސްވެފައި ވާހެންނެވެ. އަރުޝީގެ ވަށައިގެން ހުރީ މާސިންގާ ބޯކެޔޮ ގަސްތެކެވެ. އަތަކަށް ގުޑާލިޔަސް ގަޔަށް އެތައްބައިވަރު ކައްޓެއް ހެރޭނެހާ ކައިރީގައެވެ. […]
އިންޑިއާގެ މިލިއަނަރުން

އޭޝިއާ-ޕެސިފިކް ސަރަހައްދުގައި 2029 ވަނަ އަހަރާ ހަމައަށް މިލިއަނަރުން އިތުރުވާ ނިސްބަތް ކޮންމެ އަހަރަކު 9 ޕަސެންޓްގެ ކުރިއެރުމެއް ހޯދާނެ ކަމަށް ލަފާކުރެވެއެވެ. މިއީ އުތުރު އެމެރިކާގެ އިންސައްތަ4 އާއި ހުޅަނގު ޔޫރަޕްގެ އިންސައްތަ5 އަށްވުރެ މާ މަތީ އަދަދެކެވެ. މި ކުރިއެރުމުގެ މައިގަނޑު އެއް ބާރު ކަމަށް ވާނީ އިންޑިއާއެވެ. ޒުވާން ވިޔަފާރިވެރިންނާއި ކޯޕަރޭޓް ލީޑަރުންގެ ސަބަބުން މި ބަދަލުތައް އިތުރަށް ހަލުވިވެފައިވާ ކަމަށް ރިޕޯޓުގައި ބުނެއެވެ. ބޮސްޓަން ކޮންސަލްޓިން ގްރޫޕް (ބީސީޖީ) އިން ނެރުނު […]
އިންޑިއާ އިގްތިސާދު

އިންޑިއާގެ އިޤްތިޞާދު ޖީ7 ޤައުމުތަކަށް ވުރެ ހަލުވި ދުވެއްޔެއްގައި ކުރިއަރާނެ ކަމަށް ލަފާކުރެވެއެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހަރުދަނާ މެކްރޯ އިޤްތިޞާދީ ސިޔާސަތުތަކާއި، ސަރުކާރުގެ އިންވެސްޓްމަންޓްތަކާއި، ރަށްފުށުގެ ސަރަޙައްދުތަކުގެ ޑިމާންޑް އިތުރުވުމާއި، އުފެއްދުންތެރިކަމުގެ ކުރިއެރުން ހިމެނެއެވެ. އިންޑިއާގެ މާލީ މާޙައުލަކީ ބައިނަލްއަޤްވާމީ އިންވެސްޓަރުންނަށް އަހައްމިއްޔަތުކަން ދޭ މާހައުލެކެވެ. އިކުއިރަސްގެ ސީއީއޯ މިތޭޝް ޝާހު މި ކުރިއެރުމަށް ސިފަކުރައްވާ ފައިވަނީ ”ސެއިސްމިކް ޝިފްޓެއް“ ގެ ގޮތުގައެވެ. އޭނާގެ ލަފާކުރެއްވުމުގައި، 2025 އިން 2030 އަށް ދުނިޔޭގެ […]
އުތުރު ކޮރެއާގެ އައު ރިސޯޓް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ އިރުޝާދުގެ ދަށުން ތަރައްޤީކޮށްފައިވާ މުނިފޫހިފިލުވުމައި ފަތުރުވެރިކަމަށް ޚާއްސަ ރިސޯޓެއް ރަސްމީކޮށް ހުޅުއްވައިފިއެވެ. މި ރިސޯޓުގައި 150 ކޮޓަރީގެ ލަގްޒަރީ ހޮޓަލަކާއި ވޯޓަރތީމް ޕާކެއް ހިމެނެއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އުތުރު ކޮރެއާގެ ލީދަރު ގެންގުޅުއްވާ ވިޝަންއާއި ޤައުމީ ތަރައްޤީ އައު ހަރުފަތަކަށް ގެންދިއުމުގެ މަޤްޞަދުގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. މި ރިސޯޓަކީ އުތުރު ކޮރެއާގެ އައްސޭރިފަށުގައި 5 ކިލޯމީޓަރުގެ ސަރަހައްދެއްގައި ގާއިމްކޮށްފައިވާ ރިސޯޓެކެވެ. މި ވަގުތު މި […]
ޓްރަމްޕަކީ އިސްލާމޯފޯބެއް

ނިއުޔޯކުގެ މޭޔަރުގެ ޕްރައިމަރީ ކާމިޔާބު ކޮށްފައިވާ ޒަހްރާން މަމްދާނީއާ ދެކޮޅަށް ޓްރަމްޕާއި ޓްރަމްޕްގެ ސަޕޯޓަރުން ދަނީ އޭނާ އެމެރިކާއިން ޑިޕޯޓް ކުރުމަށް ގޮވާލަމުންނެވެ. ނިއުޔޯކް ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވައި ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި، ޔޫގަންޑާއަށް އުފަން އެމެރިކާގެ ރަށްވެއްސެއްކަމަށްވާ މުސްލިމު ޒަހްރާން މަމްދާނީ ނިއުޔޯކުގެ މޭޔަރުގެ މަގާމު ކާމިޔާބު ކޮށްފާނެ ކަމަށް މިހާރު ވަނީ ޔަގީން ކުރެވިފައެވެ. މަމްދާނީއަކީ ޓްރަމްޕަށް ވުރެން ރީއްޗަށް އިނގިރޭސިން ވާހަކަ ދައްކާ އަދި ޓްރަމްޕްގެ ދަނބިދަރިއަށް ވުރެން ބަލާލުމަށްވެސް […]
ޔޫސުފްގެފާނުގެ ޒިޔާރަތް

ހިފާފައިވާ ހުޅަނގު އައްސޭރީގެ ނާބްލަސްގެ އިރުމަތީގައިވާ ޔޫސުފްގެފާނުގެ ޒިޔާރަތް ކައިރީ، އިޒްރޭލްގެ ވަޒަންވެރިންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް އެ ސަރަހައްދުގެ މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. މި ހަމަނުޖެހުންތައް ހިނގާފައިވަނީ، އިޒްރޭލްގެ ރައްޔިތުން އެއްބަސްވުމެއް ނެތި އަދި ގާނޫނާ ޚިލާފަށް ނާބްލަސްގެ ސިޓީއަށް ވަނުމަށް މަސައްކަތްކުރި ވަގުތުގައެވެ. އިޒްރޭލްގެ އަސްކަރިއްޔާއިން ދިން މައުލޫމާތުގައި ބުނެފައިވަނީ، އިޒްރޭލްގެ ރައްޔިތުން ގާނޫނާ ޚިލާފަށް އަދި ކޯޑިނޭޓް ކުރުމެއް ނެތި ހިފާފައިވާ ވެސްޓް ބޭންކްގެ ނާބްލަސް ސިޓީއަށް ވަނުމަށް […]
ވަކާލާތު ކުރުމުގެ ހުއްދަ ބާޠިލު

އެމެރިކާގެ މިހާރު ރައީސަށް އޭނާ ކުރިން ކުރިމަތިލައިގެން ނާކާމިޔާބުވި ދެވަނަ ދައުރުގެ 2020 ވަނަ އަހަރުގެ އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށް ރޭވި ޖަރީމާގައި ބައިވެރިވި ވަކީލު ކެނެތު ޗެސެބްރޯގެ ވަކާލާތު ކުރުމުގެ ހުއްދަ ބާޠިލު ކުރީ ނިއުޔޯކްގެ އެޕީލް ކޯޓަކުންނެވެ. ޓްރަމްޕް އަޑީގައި އޮވެގެން 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް ރޭވި ޖަރީމާގައި މުހިންމު ދައުރެއް އަދާކުރި ކަމަށް ތުހުމަތު ކުރެވޭ ވަކީލު ކެނެތު ޗެސެބްރޯގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލު ކުރީ […]
އީރާނުން ޖާސޫސުން ދަންޖެއްސުން

އީރާނުން ބުނާ ގޮތުގައި އިޒްރޭލުގެ ޔަހޫދީ ޖާސޫސީ އިދާރާގެ އޭޖެންޓުން ވަނީ ސަލާމަތީ ދާއިރާތަކަށް ފޭދިގަނެ، ސިފައިންގެ އިސްވެރިންނާއި ނިއުކްލިއަރ ސައިންޓިސްޓުން އަވަހާރަކޮށްލުމަށް އެހީތެރިވެފައިވެއެވެ. މިކަން ކުރިއަށް ގެންގޮސްފައި ވަނީ މޮސާޑުގެ އިރުޝާދުގެ ދަށުންނެވެ. އީރާނުން ވަނީ ހަނގުރާމަ ހިނގަމުން ދިޔަ ދުވަސްވަރު 3 ޖާސޫސުން ދަންޖައްސާފައެވެ. އަދި ހަނގުރާމަ ހުއްޓުމަށްފަހު އިތުރު 3 ޖާސޫސުން ދަންޖައްސާފައެވެ. އީރާންގެ ދައުލަތުގެ މީޑިއާއިން ވަނީ މި ޖާސޫސުން ވެފައިވާ އިޢުތިރާފުތައް ދައްކާފައެވެ. ޔަހޫދީ ޖާސޫސުންނާ ގުޅިގެން އީރާންގެ ދައުލަތަށް […]
