ކަނޑުމަގުގެ ދަތުރުފަތުރުގެ ނިޒާމު މުހިންމު: އަމީން

ދިވެހިރާއްޖޭގައި ބިމުގެފުޅާކަން ނެތުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމުގެ ރާއްޖެއަށް ވަރަށް މުހިއްމު ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ 180 އަށްވުރެ ގިނަ ރަށުގައި ރާއްޖޭގައި މީހުން އުޅޭކަމަށެވެ. އެހެން ކަމުން މިފަދަ ރާއްޖެއަކަށް ކަނޑުމަގުގެ ދަތުރުފަތުރުގެ ނިޒާމަކީ މުހިންމު ނިޒާމެއް ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ އެންމެ ކުދި ރަށްތަކަށްވެސް ފަސޭހައިން ޚިދުމަތްދެވޭނެ ގޮތަކަށް ފެރީ ނެޓްވޯކްތަކާއި، ރަނގަޅަށް ހެދިފައިވާ ބަނދަރުތަކާއި، ޑިޖިޓަލް ޝެޑިއުލިންގ ސިސްޓަމްތަކެއް ތަރައްޤީކޮށް، ރަށްރަށު ދެމެދުގައި ގުޅުން ޤާއިމުކުރުމަށް […]
ބައިނަލްއަޤުވާމީ މާލީ ނިޒާމުގެ އޮނިގަނޑަށް އަސާސީ އިޞްލާޙުތައް ގެންނަން ޖެހޭ

ބައިނަލްއަޤުވާމީ މާލީ ނިޒާމުގެ އޮނިގަނޑަށް އަސާސީ އިޞްލާޙުތައް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވާހަކަފުޅުދައްކަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ފަދައިން ވިދާޅުވީ، ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ބޭއްވި މަލްޓި-ސްޓޭކްހޯލްޑަރ ރައުންޑްޓޭބަލް 6: ”ރިފޯމިންގ ދަ އިންޓަރނޭޝަނަލް ފައިނޭންޝަލް އާކިޓެކްޗަރ އެންޑް އެޑްރެސިންގ ސިސްޓެމިކް އިޝޫސް“ ގައި ތަޤުރީރު ކުރައްވަމުންނެވެ. ދުނިޔޭގެ މާލީ އޮނިގަނޑު އިޞްލާޙުކުރުމަށް ވަގުތުން އަޅަންޖެހޭ މުހިންމު ތިން ފިޔަވަޅެއް ފާހަގަކުރައްވަމުން، […]
ފަސް އަތޮޅެއްގެ ވެރީން މިނިސްޓަރ ރާފިއުއާ ބައްދަލު ކުރައްވައިފި

ކ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅާއި، ވ. އަތޮޅާއި އަދި މ. އަތޮޅުގެ މަސައްކަތްތައް ބެލެހެޢްޓެވުމާއި ޙަވާލުވެތިއްބެވި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެން އެންޑް ޕަބްލިކް ވަރކްސްގެ ވެރިން، މިނިސްޓަރ އޮފް ސްޕޯރޓް، ފިޓްނެސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުބް ބޭއްވީ މިނިސްޓްރީ އޮފް ސްޕޯރޓް ފިޓްނެސް އެންޑް ރެކްރިއޭޝަންގައި އިއްޔެގައެވެ. މި ބައްދަލުވުމުގައި މި އަތޮޅުތަކުގައި ސްޕޯރޓްސް މިނިޓްރީން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓްތަކުގެ އަދާހަމަ މަޢުލޫމާތު އެއްކުރައްވާފައި […]
”ރަށު މާރުކޭޓު“ ސަރަހައްދުން ސަތުތިރީސް ބިދޭސީން ހައްޔަރުކޮށްފި

”ރަށު މާރުކޭޓު“ ސަރަހައްދުގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 37 ބިދޭސީން ހައްޔަރުކޮށްފި ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. އިމިގްރޭޝަނުން ވިދާޅުވީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސްއިން ވަނީ އިއްޔެ ހަވީރު ހުޅުމާލެ ފޭސް 1ގައި ހުންނަ ”ރަށު މާރުކޭޓު“ގައި ރެއިޑް އޮޕަރޭޝަނެއް ހިންގާފައި ކަމަށެވެ. އެގޮތުން، މި އޮޕަރޭޝަނުގައި ޖުމްލަ 37 ފަރާތެއް ޗެކްކޮށް، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިއަ 15 ބިދޭސީން ހައްޔަރު […]
ބެލަރޫސްގެ ޚާރިޖީ ވަޒީރަށް ދިވެހި ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ބެލަރޫސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު މަކްސިމް ރައިޒެންކޯވް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ. މިނިސްޓަރުގެ މެސެޖުގައި ވިދާޅުވެފައިވަނީ ”ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ބެލަރޫސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި ބެލަރޫސްގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް،“ ކަމަށެވެ. އޭގެ އިތުރުން ބެލަރޫސްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދި، އެގައުމުގެ ބޮޑުވަޒީރަށް ހެޔޮ އެދުންތައް ވަނީ އަރިސް ކުރައްވާފައެވެ. […]
މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމީހާ ހޯދަން ފަށާފައިވަނީ އެމީހާއަށް ވީގޮތެއް ނޭނގިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ގެއްލިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް. ހޯދަޑު / ބޯގަންވިލާ، ސާމީ ޢަބްދުލްޙަމީދު (34އ) ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. 2025 ޖޫން 25 ވަނަ ދުވަހުން ފެށިގެން ސާމީ ޢަބްދުލްޙަމީދު ޚަބަރެއް ނުވެ ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2025 ޖުލައި 2 ވަނަ ދުވަހު 18:16 އެހައިކަންހާއިރުއެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު ފުލުހުންގެ […]
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފަށައިފި ކަމަށް ފުލުހުން ބުނެފިއެވެ. މިއަމުރާ ގުޅިގެން ހޯދަމުންދަނީ ގދ. ތިނަދޫ / ފަޟާ، ޙަސަން މޫސާ (37އ) ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ޙަސަން މޫސާ ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި […]
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ: މާފަންނު ޕޮލިސް ޖޫން 25 ވަނަ ދުވަހު އައިޖީއެމް ހޮސްޕިޓަލު ތެރެއިން ހޮވައިގެން […]
”ފަތަމާ ހިނގާ“ އައްޑުއަށް

ސުވިމިންގ އެސޯސިއޭޝަނާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ ”ފަތަމާ ހިނގާ“ ޕްރޮގްރާމް މަރަދޫ ސްކޫލާއި އިރުޝާދިއްޔާ ސްކޫލުގައި ފަށައިފިއެވެ. އެ ދެ ސްކޫލުގައި މި ޕްރޮގްރާމް ފަށާފައިވަނީ ގްރޭޑް 1އިން 6 ގެ ދަރިވަރުންނަށެވެ. ފުލުހުން ވިދާޅުވީ މަރަދޫ ސްކޫލު ދަރިވަރުންނަށް މި ޕްރޮގްރާމް ފަށާފައިވަނީ މި ދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. އިރުޝާދިއްޔާ ސްކޫލު ދަރިވަރުންނަށް ފަށާފައިވަނީ ޖޫން 30 ވަނަ ދުވަހު ކަމަށެވެ. މި ޕްރޮގްރާމުގައި ކޯޗެއްގެ ގޮތުގައި […]
ބަންދުކޮށްފައިހުރި މީހަކު ސަލާމަތްކޮށް އައިޖީއެމްއެޗަށް

މާލޭ ގެއެއްގައި ބަންދު ކޮށްފައިހުރި މީހަކު ސަލާމަތްކޮށް އޭނާގެ ސިއްހީ ހާލަތު ބެލުމަށް އައިޖީއެމްއެޗަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވެފައިވަނީ ބަންދުކޮށްފައިހުރީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ. އެހެނަސް އޭނާ ބަންދުކުރީ ކޮންބައެއް ކަމެއް ވިދާޅުވެފައެއް ނުވެއެވެ. ”މާލޭ ގެއެއްގައި ހުއްދަނޫން ގޮތެއްގައި މީހަކު ބަންދުކޮށްފައި ހުރިކަމަށް 2025 ޖުލައި ތިންވަނަ ދުވަހުގެ ހެނދުނު 6:00 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެތަނުގެ ތަޅު ހަލާކުކޮށްގެން ވަދެ އެމީހާ އެތަނުން ނެރެފައިވޭ. އެއީ ބަނގްލަދޭޝް ފިރިހެނެއް،“ ފުލުހުން ވިދާޅުވެފައިވެއެވެ. […]
