އޮކްޓޯބަރު ތިނެއްގައި މާލޭ މަގުތައް ފުރާލާނެ: ފައްޔާޒު

ސަރުކާރުން ކިތަންމެ ބިރެއް ދެއްކިޔަސް އޮކްޓޯބަރު ތިނެއްގައި ރައްޔިތުން ނުކުމެ މާލޭގެ މަގުތައް ފުރާލާނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”މުދާވެރިކަން ލިބޭތޯ ސުދާރާ ގުދުވެގެން އޮވެ ނިޔާޒީ ކިތަންމެ ރިޕޯޓެއް ނެރުނަސް، ކިތަންމެ ހަރާމް ހުކުމެއް ޖެހިޔަސް، އޮކްޓޯބަރު 3 ގައި މާލޭގެ މަގުތައް ރައްޔިތުން ފުރާލާނެ،“ ކަމަށެވެ. ކިތަންމެ ރިޕޯޓެއް ނެރުނަސް މި ސަރުކާރު ފަސާދަ ނުވާ ކަމަކަށް ވެސް ނުވާނޭ ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ. […]
އެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީ ތައާރަފް ކޮށްފި

އެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީތައް ރާއްޖެއަށް ތައާރަފްކޮށް ވިއްކަން ފަށައިފިއެވެ. މި ބްރޭންޑް އެސްޓޯއޯއިން ތަޢާރަފްކޮށްފައިވަނީ 28 ސެޕްޓެމްބަރ 2025 ވީ އާދިއްތަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެސްޓީއޯއިން މި ބްރޭންޑް ތަޢާރަފްކުރުމާއި އެކު ’އެލްޖީޓީވީ އިންޓްރޮޑިއުސިންގް އޮފަރ‘ ގެ ދަށުން ވަރަށް ހާއްސަ އަގުތަކެއްގައި ކަސްޓަމަރުންނަށް އެލްޖީ ޓީވީ ގަތުމުގެ ފުރުސަތު ލިބިގެންދާނޭ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. އެގޮތުން، މި އޮފަރ ގެ ދަށުން ވިއްކާ އެލްޖީ ޓީވީ […]
ޝަރީއަތް ނިމެންދެން ޖަހަންގީރު ބަންދުކޮށްފި

އުމުރުން އެކާވީސް އަހަރުގެ، ނޭޕާލު އަންހެނަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކުރިކަމުގެ ތުހުމަތުގައި މިވަގުތު ފުލުހުންގެ ބަންދުގައިހުރު ބަނގްލަދޭޝްގެ ޖަހަންގީރުގެ މިއާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ހުކުމް ކޮށްފިއެވެ. ކޯޓުން އެގޮތަށް ހުކުމްކުރީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ. މި މާރާމާރީގައި އަނިވި ނޭޕާލް އަންހެންމީހާއަށް ފަރުވާދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ފަރުވާއަށްފަހު މިމަހު 27 ވަނަ ދުވަހު އޭނާ ވަނީ ހޮސްޕިޓަލުން ދީކޮށްލައިފައެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
އެމްޑީޕީގެ ޕިކަޕް ޖަލްސާ މިރޭ

އެމްޑީޕީން ބާއްވާ ޕިކަޕް ޖަލްސާ މިރޭ 8:15 ގައި މާލޭ ކާނިވަލުން ފަށާނޭ ކަމަށް އެޕާޓީން ބުނެފިއެވެ. މިއީ އޮކްޓޯބަރު 3 ގައި އެޕާޓީން ބާއްވާ އެއްވުން އިސްތިހާރު ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެވެ. މި އެއްވުން އިސްތިހާރު ކުރުމަށް އެމްޑީޕީން ގެންދަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލާގައި ދޮރުންދޮރަށް ހިނގުމުގެ ހަރަކާތްތަކެއްވެސް ބާއްވަމުންނެވެ. އަދި ބެނާ ހަރުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މިއީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ ގޮތުން އަޑުއުފުލަން ބާއްވާ އެއްވުމެކެވެ. މިއެއްވުމުގައި ބައިވެރިވާން […]
ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން ހިމޭން މުޒާހަރާއެއްކޮށްފި
ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން ހިމޭން އިހުތިޖާޖެއް މިއަދު ކޮށްފިއެވެ. ވޯލްޑް ނިއުސް ޑޭ އަދި ދުނިޔޭގެ ރައިޓް ޓު އިންފޮމޭޝަން ދުވަހާ ގުޅުވައި ނޫސްވެރިން މި މުޒާހަރާކުރީމެންދުރު 13:30 އިން ފެށިގެން އެއް ގަޑިރު ވަންދެނެވެ. ޝުއޫރުފާޅު ނުކުރިނަމަވެސް މި ނޫސްވެރިން އިހުތިޖާޖުގައި ތިބީ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. އަދަދު ނޫހާއި ދައުރު ނޫސް އަދި މީހަރު ނޫސް ވެސް ހިމެނޭ ގޮތަށް ގިނަ މީޑިއާތަކުން ބައިވެރިވި އިހުތިޖާޖުގައި ނޫސްވެރިން ތިބީ އަނގަމަތީ ޓޭޕް […]
ބަންދުގައި ބައިތިއްބައިގެން ދެމީހަކު ކޯޓަށް ހާޒިރުކުރަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ކުރި އަމުރަކާ ގުޅިގެން ދެމީހަކު ފުލުހުން ހޯދަން ފަށައިފިއެވެ. ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ގދ. ތިނަދޫ / ދެވިނަގެ، ޝަހުމް އަހްމަދު (48އ) އާއި ޅ. ނައިފަރު / ހިތްފަސޭހަގެ، ޢަލީ ޔޫސުފް (39އ) އެވެ. ޝަހުމް ހޯދަމުންދަނީ ބަންދުގައި ބަހައްޓައިގެން އަންނަ އޮކްޓޫބަރު މަހުގެއެއް […]
ނޮވެމްބަރުން ފެށިގެން މުސާރަ ބޮޑުވާނެ: ރައީސް

މިއަހަރު ނޮވެމްބަރު އެކަކުން ފެށިގެން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ”ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ،“ ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ […]
ތިނަދޫ ޕޮލިހުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި

ގދ.ތިނަދޫ ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތައް ނައްތާލައިފިއެވެ. މިއަދު ނައްތައިލާފައި ވަނީ 10 ފުޅި ބަނގުރަލާއި 57 ދަޅު ބަނގުރަލެވެ. މި ތަކެއްޗަކީ މި އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކާޑެއްދޫ އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ. ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ […]
ލިސްޓަށް ބަޔަކު އިތުރު ކުރުމުގެ ފުރުސަތު ނޯންނާނެ: މުއްތަލިބު

ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓުން ފްލެޓް ލިބޭނެކަމަށް އޮތް ފައިނަލް ލިސްޓަށް ލިސްޓަށް ބަޔަކު އިތުރު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓުން ފްލެޓް ލިބޭނެކަމަށް ކުރީގައި އޮތް އެމްޑީޕީ ސަރުކާރުން ”15 ނޮވެމްބަރު 2023“ ގައި އިއުލާންކުރި ފައިނަލް ލިސްޓާ ހިލާފަށް މި ސަރުކާރުން އެއްވެސްކަމެއް ކޮށްފައިނުވާނެ ކަމަށް […]
ލިލީ ފިހާރައެއްގައި އަލިފާން ރޯވެއްޖެ

މާލޭ ބާޒާރުމަތީ ޑްރޯލް ކެފޭ ކައިރީގައި ހުންނަ ފިހާރައެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ރޯވެފައިވަނީ ”ލިލީ އެފްއެމްބީ ސަޕްލަޔާޒް 1 ބާޒާރު“ ގައި ކަމަށެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރަށް ލިބުމާއެކު އަލިފާން ނިވުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެމްއެމްޑީއެފުން ވިދާޅުވީ އަދިވެސް އަލިފާން އެއްކޮށް ނިއްވާލެވިފައި ނުވާކަމަށެވެ. އެހެންނަމަވެސް އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށް ވިދާޅުވިއެވެ. މިހާދިސާ ހިންގަން މެދުވެރިވި ސަބަބެއްވެސް މިހާތަނަށް އެނގިފައެއް ނުވެއެވެ. އަދި ލިބުނު […]
