އިސްދޫ ކަލައިދޫ ރައްޔިތުންނަށް ޒަމާނީ ހޮސްޕިޓަލެއް ލިބެނީ

ލ. އިސްދޫ ކަލައިދޫގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި އެ ދެރަށުގެ ރައްޔިތުންނަށް ބޭނުންކުރެވޭގޮތަށް 30 އެނދުގެ، ޒަމާނީ ހޮސްޕިޓަލެއް ގާއިމުކުރެއްވުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށްޓަވާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އިސްދޫ-ކަލައިދޫ ބޮޑުމަގުގައި ޖަހާފައިވާ ޓެންޓްގައި މިއަދު ބޭއްވެވި ޖަލްސާގައި ރައީސުލްޖްމްހޫރިއްޔާ ވިދާޅުވީ މި ހޮސްޕިޓަލު އަޅުއްވާނީ ދެރަށުގެ ރައްޔިތުންނަށް ފަސޭހައިން ބޭނުންކުރެވޭ ސަރަހައްދެއްގައި ކަމަށެވެ. އެހެންނަމަވެސް އެސަރަހައްދެއް އަދި ކަށަވަރު ވެފައެއް ނުވެއެވެ. ރައީސް ވިދާޅުވީ މި ހޮސްޕިޓަލުގެ […]
ލާމަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ހައްދުންމަތީ (ލ.އަތޮޅު) ގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި، ހައްދުންމަތީގެ މީހުން ދިރިއުޅޭ 11 ރަށަށް ވަޑައިގެންނެވިއެވެ. މި ރަށްރަށަށް ވަޑައިގެން ރައީސް ވަނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރައްޔިތުންނާ ބައްދަލުކުރައްވައި، ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އަތޮޅުގެ އެކި […]
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ މި ފުރުސަތު ހުޅުވާލީ ޓްރައިބިއުނަލްގެ ހަތަރު މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އަލުން މެންބަރުން އައްޔަން ކުރެއްވުމަށްޓަކައި ކަމަށެވެ. މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިއަދުން ފެށިގެން 5 ނޮވެންބަރު 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން […]
ރައީސްގެ ޚާއްސަ މަންދޫބު، އޫލޮފް ސްކޫގާ ބައްދަލު ކުރައްވައިފި

ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން، ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސް (އީ.އީ.އޭ.އެސް)ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒް، އޫލޮފް ސްކޫގާ، ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގް 2025ގެ ހަވާސަގައެވެ. މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ހެޔޮވެރިކަމާއި، ޑިމޮކްރަސީ އަދި ދެމެހެއްޓެނިވި ތަރައްޤީގެ މަގުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަންދެއްވިއެވެ. އަދި ގަވަނަންސްއާއި ސަލާމަތީ […]
އިންޑިއާ: ހަލާލު އުފެއްދުން މަނާ!

”އެއްޗެއް ގަންނަ ކޮންމެ ފަހަރަކު އެ އެއްޗެއްގައި ހަލާލު ސެޓްފިކެޓް ޓެގް ނެތްކަން ޔަގީން ކުރަންވީ. މި ހުރިހާ ފައިސާއެއް އިންޑިއާގައި ޓެރަރިޒަމާއި ލަވް ޖިހާދާއި މީހުން އިސްލާމް ދީނަށް ވެއްދުމަށް ބޭނުން ކުރަނީ“. ޔޯގީ ބުނެފައި ވެއެވެ. ޔޯގީ އަކީ އިސްލާމް ދީނާ ދެކޮޅުވެރިކަން ސިޔާސަތެއްގެ ގޮތުގައި ބޭނުން ކުރާ މީހެކެވެ. އޭނާގެ ވެރިކަމުގައި މިއަހަރުގެ މައުލިދުއްނަބަވީގައި މުސްލިމުން އައި ލަވް މުހައްމަދު ޖެހި ބޯޑުތައް ހިފައިގެން އުޅުމުން އެމީހުން ހައްޔަރުކޮށް އެމީހުންގެ ގެތައް ތަޅާލައިފައި […]
ޒުވާނުންނަކީ މިއަދުގެ ލީޑަރުންނެވެ. މާދަމާއަށް މަޑުނުކުރާށެވެ!

ޒުވާނުންގެ ދުވަހަކީ ގައުމުގެ މުސްތަގުބަލު ކަނޑައަޅާ ދުވަހެކެވެ. ގައުމުގެ މާޒީއާއި މިއަދުގެ ހާލަތުގައި ކުރެވުނު ތަޖުރިބާގެ އަލީގައި މުސްތަގުބަލު ކަނޑައަޅާ ދުވަހެކެވެ. ކާބަފައިންގެ ފަރާތުން ޖާރީވެގެން އައި ކަންކަން އަދުގެ ތަޖުރިބާއާ ގުޅުވުމުން ނުކުތް ނަތީޖާތައް ޒުވާނުންނާ ހަވާލުކުރުމަށް ރާވަންވީ ދުވަހެކެވެ. މި ދުވަހުގެ މުނާސަބަތުގައި ޒުވާނުންނަށާއި ހުރިހައި ޚިދުމަތްތެރީންނަށް ތަހުނިޔާ ދަންނަވަމެވެ. ޒުވާނުންނަކީ މުސްގަތުބަލުގެ ލީޑަރުން ކަމަށް ދެކިގެން މަޑުކުރެވޭކަށް ނެތެވެ. ޒުވާނުންނަކީ މިއަދުގެ ބަތަލުންނެވެ. މިނެއް ނެތް އުންމީދުތަކާއި ފޮނި ޚިޔާލުތަކާއި ހަގީގަތަށް ވާސިލްވުމުގެ […]
