ނޫރާ ފަތުހީގެ އާ ލަވަ ދުނިޔޭގެ މިއުޒިކް މާކެޓަށް ނެރެން ތައްޔާރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ނެށުންތެރިޔާ ނޫރާ ފަތުހީ، އޭނާގެ އާ ލަވަ ދުނިޔޭގެ މިއުޒިކް މާކެޓަށް ނެރުމަށް ތައްޔާރުވެއްޖެއެވެ. މި ލަވައަކީ ޖެމައިކާ-އެމެރިކާގެ ފަންނާނު ޝެންސީއާ އާއެކު ވޯނަރ މިއުޒިކްގެ އެހީގައި ނެރޭ ލަވައެކެވެ. މި ލަވައަށް ދީފައިވާ ނަމަކީ “ވޓް އައި ނޯ (ޖަސްޓް އަ ގާލް)” އެވެ. މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 7 ގައި ބާއްވާ ދުބާއީ އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލްގައެވެ. ނޫރާގެ މަޝްހޫރުކަން ވަނީ ދުނިޔޭގެ ފެންވަރުގައި އިތުރުވެފައެވެ. […]
އިސްލާމޯފޯބިއާ: ނަމާދުކުރި ތިން އަންހެނަކަށް ދަޢުވާކޮށްފި

އިންޑިއާގެ ޕޫނޭ ޕޮލިހުން ވަނީ ތާރީޚީ ޝަނިވާރުވާޑާ ކިއްލާ ތެރޭގައި ތިން އަންހެނަކު ނަމާދުކުރި ކަމަށް ތުހުމަތުކޮށް، އެ މީހުންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާފައެވެ. މި މައްސަލަ ފެންމަތިވެފައިވަނީ، ހަރުކަށި ހިންދުތުވާގެ ސިޔާސަތަށް ބާރުއަޅާ ބީޖޭޕީގެ މެންބަރަކު އެކަމުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމުންނެވެ. މި ކިއްލާއަކީ އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ (އޭއެސްއައި) ގެ ދަށުން ހިމާޔަތްކޮށްފައިވާ ތަނެކެވެ. ފުލުހުން ބުނި ގޮތުގައި، މި ވީޑިއޯ ރެކޯޑުކޮށްފައިވަނީ ހުކުރު ދުވަސް ނޫނީ ހޮނިހިރު ދުވަހު […]
އަލިފާން ރޯވެ، 40 އަށްވުރެ ގިނަ ފިހާރައާއި ގެތައް އަނދައިފި

ޕާކިސްތާނުގެ އެބަޓްއާބާދުގައި ކަރަކޯރަމް ހައިވޭ ކައިރީގައިވާ ލުންޑާ ބާޒާރުގައި އިއްޔެ ފަތިހު ރޯވި ބޮޑު އަލިފާނުގެ ހާދިސާގައި 40 އަށްވުރެ ގިނަ ފިހާރަ އާއި ގެތައް އަނދައިފިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް، މާލީ ގޮތުން ލިބުނު ގެއްލުންތައް ވަރަށް ބޮޑު ކަމަށް ވެއެވެ. މި ބާޒާރަކީ ހެދުމާއި، ބޫޓު އަދި އެހެނިހެން ފިނި މޫސުމުގެ ތަކެތި ވިއްކާ ތަނެކެވެ. އަލިފާން ރޯވީ ކަރަންޓް ޝޯޓް ވެގެން ކަމަށް ބާޒާރުގެ ވިޔަފާރިވެރިން ބުނެއެވެ. […]
އިންޑިއާގެ ވީޕީ ސީޝެލްސްއަށް

ސީޝެލްސްގެ އިންތިހާބީ ރައީސް ޕެޓްރިކް ހަރްމިނީގެ ހުވާ ކުރެއްވުމުގައި ބައިވެރިވެވަޑައިގަންނަވާނީ އިންޑިއާގެ ނައިބު ރައީސް ސީޕީ ރާދަކްރިޝްނާން އެވެ. އިންޑިއާއިން ވަނީ ސީޝެލްސްއާ އެކު ސްޓްރެޓެޖިކް ޕާޓްނަޝިޕް ހަރުދަނާ ކުރަން ނިންމައިފައެވެ. އިންޑިއާގެ ހައިކޮމިޝަނަރު ރޯހިތު ރަތީޝް ފާހަގަކުރެއްވި ގޮތުގައި ބޮޑުވަޒީރު މޯދީގެ ‘މަހާސާގަރު’ ތަސައްވުރަކީ އިންޑިއާ ކަނޑުގައި ސީޝެލްސްގެ މުހިންމު ދައުރާ އެއްގޮތްވާ ނަޒަރިއްޔާތެއް ކަމަށާއި ކަނޑުގެ ސަލާމަތާއި ދިފާއީ ދާއިރާއާއި ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައަށް އިންޑިއާއިން ސީޝެލްސްއަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ކަނޑުގެ […]
ޓްރިވެންޑްރަމް އިން މާލެއަށް 22 އަދި ހަނިމާދޫއަށް 4 ދަތުރު

ޓްރިވެންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނިން ފިނި މޫސުމްގެ ތާވަލް އިއުލާންކޮށްފިއެވެ. މީގައި 2025 ވަނަ އަހަރުގެ ހޫނު މުސުމްގެ ތާވަލްއާ އަޅާބަލާއިރު ހަފްތާއަކު އޮޕަރޭޓް ކުރާ ފްލައިޓްތައް 22 ޕަސެންޓް އިތުރު ކަމަށް ދައްކައެވެ. ފިނި މޫސުމްގެ ތާވަލްގައި ހަފްތާއަކު 732 އެއާ ޓްރެފިކް މޫވްމަންޓްސް ހިމެނެއެވެ. ހޫނު މޫސުމްގައި އުޅުނީ ހަފްތާއަކަށް 600 އެއާ ޓްރެފިކް މޫވްމަންޓްސް (އޭޓީއެމް) އެވެ. ޓްރިވެންޑްރަމް އެއާޕޯޓުން ބުނީ އެއާޕޯޓުން ހަފްތާއަކު ޖުމްލަ 732 އޭޓީއެމް ހެންޑްލް ކުރާނެ […]
ރައީސްގެ ރަށްވެހިކަންވެސް ނިގުޅައިގެންފި

ޖެން ޒީ ކުދިންގެ މުޒާހަރާއާ ގުޅިގެން މިދިޔަ ހަފުތާގައި ވެރިކަމުން ބޭލި މަޑަގަސްކަރާގެ މައުޒޫލު ރައީސް އަންޑްރީ ރަޖޯއެލީނާގެ ރައްޔިތުކަން އާ ސަރުކާރުން ނިގުޅައިގެންފިއެވެ. އާ ބޮޑުވަޒީރު ހެރިންސަލާމާ ރާޖައޮނަރިވެލޯ ސޮއިކުރެއްވި ގަރާރުގައި ވަނީ ބޭރުގެ ރައްޔިތުކަން ހޯދާ މީހުންގެ މަލަގާސީ ރަށްވެހިކަން ގާނޫނީ ގޮތުން ގެއްލޭ ކަމަށް ބުނެ، ގާނޫނާ ހަވާލާ ދީފައެވެ. އުމުރުން 51 އަހަރުގެ ރާޖޯއެލީނާ ވަނީ މީގެ ދިހަ އަހަރު ކުރިން ފްރާންސްގެ ރައްޔިތުކަން ހޯދާފައެވެ. އެކަމާ ގުޅިގެން އޭނާގެ ކެންޑިޑެސީ […]
އަންހެނުން ފަލަމީހާގެ ނަމުގައި ފޯނުގައި ސޭވްކުރި ފިރިމީހާ ޖުރިމާނާ ކޮށްފި

ތުރުކީ މީހަކު މޯބައިލް ފޯނުގައި އޭނާގެ އަންހެނުން ފަލަމީހާގެ ނަމުން ސޭވްކޮށްފައިވާ މައްސަލައެއް ކޯޓަށް ހުށަހެޅުމުން އަންހެން މީހާއަށް ދައުވާ ކާމިޔާބު ވެއްޖެއެވެ. ކޯޓުން ވަނީ ދައުވާ ސާބިތުވުމުން ފިރިމީހާއަށް އަންހެނުންނަށް މާލީ އަދި އަޚްލާގީ ގޮތުން ބަދަލެއް ދިނުމަށް ހުކުމްކޮށްފަ އެވެ. މި މައސަލާގައި ދައުޥާ ކޮށްފައި ވަނީ އުސާކް ސިޓީގައެވެ. ދައުވާގައި އަންހެންމީހާ ބުނީ އޭނާގެ ސައިޒަށް ބަލައި އޭނާގެ ނަން ފަލަމީހާގެ ގޮތުގައި ސޭވް ކުރުމަކީ އޭނާއަށް ފުރައްސާރަ ކުރުމެއް ކަމަށެވެ. ކޯޓުން […]
ސިނގެރޭޓު ވައްކަން: އެމްޕީއެލްގެ ތިން މުވައްޒަފަކު ހައްޔަރުކޮށްފި

ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގައި ހުކުރު ދުވަހު ހައްޔަރުކުރި ތިން މީހުނަކީ އެމްޕީއެލްގެ މުވައްޒަފުންކަމަށް މައުލޫމާތު ލިބިއްޖެއެވެ. ފަހުން ހައްޔަރުކުރި ތިން މީހުން: އަހްމަދު ޝަހީމް (42އ)، ނޫރަލީގެ / ހދ.ވައިކަރަދޫހުސައިން ސާމިހު (35އ)، ޗާނދަނީގެ / ސ. ހިތަދޫއަހްމަދު ފިރުސާން (35އ) ހ. ރުމޭނިޔާ / މާލެ ފުލުހުން ބުނެފައިވަނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު […]
ބައިނަންސްގެ ބާނީ ޗަންޕެން ޒާއޯއަށް ޓްރަމްޕް މަޢާފު ދެއްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކްރިޕްޓޯކަރަންސީގެ މަޝްހޫރު އެކްސްޗޭންޖް ޓޫލް ބައިނަންސްގެ ބާނީ ޗަންޕެން ޒާއޯ (ސީޒެޑް) އަށް މަޢާފު ދެއްވައިފައެވެ. ވައިޓް ހައުސް އިން ބުނެފައިވަނީ، ޓްރަމްޕްގެ ކުރިން ރައީސްކަން ކުރެއްވި ޖޯ ބައިޑަން ވަނީ ކްރިޕްޓޯ ކަރަންސީގެ ދާއިރާއާ ދެކޮޅަށް ބޭކާރު ”ހަނގުރާމައެއް“ ފަށާފައި ކަމަށެވެ. ބައިނަންސް އުފައްދާފައިވަނީ 2017 ވަނަ އަހަރުގައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ކްރިޕްޓޯ ކަރަންސީ އެކްސްޗޭންޖް ވަނީ ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖްގެ މަގާމު […]
ކާބުލްގައި އިންޑިއާގެ އެމްބަސީ ހުޅުވައިފި

އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރު މައުލަވީ އަމީރު ޚާން މުއްތަޤީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން، އިންޑިއާއިން ވަނީ ކާބޫލްގައި ހުރި އިންޑިއާގެ ޓެކްނިކަލް މިޝަން ވަގުތުން އިންޑިއާ އެމްބަސީގެ ދަރަޖައަށް އަޕްގްރޭޑް ކުރުމަށް ނިންމާފައެވެ. މިއީ ދެ ގައުމުގެ ސިޔާސީ އަދި ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް އިން ވަނީ މި ނިންމުމަކީ އަފްޣާނިސްތާނާއެކު ހުރިހާ ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އިންޑިއާއިން ކުރާ މަސައްކަތުގެ […]
