އެމެރިކާގެ 40 މިލިއަން މީހުން ބަނޑަށް ޖެހިފަ

އެމެރިކާ ސަރުކާރު ބަންދުކޮށް ތަޅުއެޅުވިތާ މަހެއް ވެފައިވާއިރު، ސަރުކާރުން ދޭ ކާނާއާއި ސިއްހީ ޕްރޮގްރާމްތަކަށް ބަރޯސާވެފައިވާ މިލިއަނަކަށްވުރެ ގިނަ އެމެރިކާ ފަގީރުން ބަނޑަށް ޖެހެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިޒްރޭލުން ޖެނޮސައިޑް ހިންގުމަށް ބިލިއަނުން ޑޮލަރު ދޭ، އެމެރިކާގައި 40 މިލިއަނަށް ވުރެ ގިނަ މީހުންނަކީ ފަގިރުކަމުން ސަރުކާރުން ކާނާ ގަތުމަށްޓަކައި ދޭ ފުޑް ސްޓޭމްޕް ގެ އެހީ ހޯދައިގެން އުޅޭ މީހުންނެވެ. މިމީހުންނަށް މި ފައިސާ ލިބެން ދަތިވެފައި ވުމުން އެމީހުން ބަނޑަށް ޖެހުމުގެ […]

ޖައުލާނީ ރައީސް އެމެރިކާއަށް

އެމެރިކާއަށް ރަސްމީ ޒިޔާރަތެއްގައި ވަޑައި ގަންނަވާ ސޫރިޔާގެ ފުރަތަމަ ރައީސަކީ ވަގުތީ ރައީސް އަޙުމަދު އައްޝަރުޢު ޖައުލާނީ އެވެ. މި މަހުގެ 10ގައި އޭނާ ވޮޝިންޓަނަށް ވަޑައިގަންނާނެ ކަމަށް ބެލެވެއެވެ. ޖައުލާނީ ގެ ސަރުކާރުން ވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤްގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ކުންފުންޏަށް ޓްރަމްޕް ޓަވަރު އެޅުމަށް ބިމެއް ދޭން ނިންމާފައެވެ. ޓްރަމްޕްގެ އައުލާދުން ބަލަހައްޓަމުންދާ ޓްރަމްޕްގެ ވިޔަފާރި، ޓްރަމްޕް އެސޯސިއޭޓްސް އިން އެކި ގައުމުތަކުގައި ބިން ގަނެ އިމާރާތްތައް ކުރަމުން ދެއެވެ. އިންޑިއާގެ […]

ޓްރަމްޕްގެ ފާޚާނާގައި ސުންނީ ޝަވަރު ހަރުކޮށްފައެއް ނެތް

ވައިޓްހައުސްގެ ލިންކަން ކޮޓަރީގެ ފާޚާނާ މަރާމާތު ކުރުމަށްފަހު އެ ފާޚާނާގެ ފޮޓޯ ޓްރަމްޕް މީސްމީޑިއާއަށް ލައިފިއެވެ. މި ފާޚާނާގެ ދޮރުގެ އަތްގަނޑާއި ހެދުން އަޅުވާ މަކުޑިތައް ހުރީ ރަނުންނެވެ. ނަމަވެސް ފާޚާނާ ތަށްޓަށް ބޭނުން ކޮށްފައި ވަނީ އާދައިގެ ތަށްޓެކެވެ. ޓްރަމްޕަކީ ރަނުން ތަންތަން ޖަރީ ކުރުމަށް ބާރުއަޅާ މީހެކެވެ. ޓްރަމްޕްގެ ފާޚާނާގައި ބޮޑުކަމުދިއުމަށްފަހު ފެނުން ތާހިރު ވުމަށް ސުންނީ ޝަވަރު ހަރުކޮށްފައެއް ނުވެއެވެ. މި ފާޚާނާގައި ފެންވަރާ މާގަނޑުވެސް ވަނީ ރަނުންނެވެ.

އެމެރިކާގެ ނާއިބް ރައީސަށް އެރިކާ ކާކް ހިތް ކިޔައިގެން ވަރީގެ ވާހަކަ ފެތުރެނީ

މަރާލާފައިޥާ ޓްރަމްޕްގެ ސަޕޯޓަރު ޗާލީ ކާކްގެ ހުވަފަތް އަންހެނުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސަށް ހިތްކިޔައިގެން އުޅޭ ކަމަށާއި ނާއިބް ރައީސާއި އަންހެނުންގެ ދެމެދު މައްސަލައެއް އުޅޭ ކަމަށް މީޑިއާގައި ކިޔަން ފަށައިފިއެވެ. އެރިކާ ކާކް، ނާއިބް ރައީސްގެ ގައިގައި ބާރަށް ބައްދާ މަންޒަރާއެކު ވެންސްގެ ކައިވެންޏާއި ސިޔާސީ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ. މި ހާދިސާ ހިނގާފައިވަނީ ޓާނިންގ ޕޮއިންޓް ޔޫއެސްއޭ ކެމްޕަސް އިވެންޓެއްގެ ތެރޭގައެވެ. ޓްރަމްޕްގެ ސަޕޯޓަރު […]

ކަނބުލޭގެ ކައިވެންޏަށް ވައްޓާލީ ސައިކަލުގައި ސްޓައިލްގައި

އިންޑިއާގެ ބޯޕާލްގައި ބޭއްވި ކައިވެނި ހަފްލާއެއްގައި ދުލްހަން ކައިވެނީގެ ހަފްލާއަށް ވައްޓާލީ ސާޅިގައި ސައިކަލެއްގައެވެ. މި އާދަޔާ ޚިލާފު އަދި ހިތްވަރުގަދަ ކަން ދެއްކި މަންޒަރުން ހާޒިރީން ސިއްސުވާލި އެވެ. އަދި އަންހެން މީހާގެ ފޮޓޯތައް ވަނީ މީސްމީޑިއާގައި ވައިރަލްވެފައެވެ. މި ދުލްހަން، އޭނާގެ ކައިވެނީގެ މަންޑަޕަށް އައީ، ރަސްމީ ރަތް ހެދުން ކަމަށްވާ ލެހެންގާގައި ސުޒޫކީ ހަޔަބޫސާ ސުޕަރބައިކެއް ދުއްވާފައެވެ. އިންސްޓަގްރާމްގައި މީހުން ވަނީ ސައިކަލުގެ ނަމުން ނަންދީ، މިއީ ހަޔަބޫސާ ވާލީ ދުލްހަން ކަމަށް […]