މާލޭ ސިޓީ ކައުންސިލްގެ ޤުރުއާނާއި، މަދަޙަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މާލޭސިޓީ ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމާއި މަދަޙަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ. ސިޓީކައުންސިލުން ވިދާޅުވެފައިވަނީ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ވަނީ ދެ ގޮތްޕަކަށް ބަހައިލެވިފައި ކަމަށެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގައި ވެސް 6 ޢުމުރުފުރާ ހިމެނޭނެއެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން […]
ނަޞްރުގެ ދުވަހު ސިފައިންގެ ގިނަ ހަރަކާތްތަކެއް

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް އެމްއެންޑީއެފުން ކުރިއަށްގެންދާނޭ ކަމަށް އެތަނުން ވިދޅުވެއްޖެއެވެ. ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3ވަނަ ދުވަހު، ސިފައިން ބައިވެރިވެގެން ބޮޑު ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދުންނެވެ. ނަމާދުކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. ފަތިސް ނަމާދަށް ފަހު، އެ ދުވަހު ހެނދުނު، 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށް […]
ކޮޅުވެއްޓިއެއް ބަންޑުންވެ އެކަކު މަރުވެއްޖެ

މާލޭ އެމްޕީއެލްއާ ދިމާބޭރުގައި އޮތް ބޯޓަކުން މުދާ ބަރުކުރަމުންދިޔަ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އެކަކު މަރުވެއްޖެއެވެ. މިހާދިސާގައި މަރުވެފައިވަނީ އެމްޕީއެލްގައި ލޭބަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މަސްއޫދު ހޮސައިން (32އ) އެވެ. އޭނާއަކީ 2022 ވަނަ އަހަރުން ފެށިގެން އެމްޕީއެލްގައި މަސައްކަތް ކުރަމުން އައިސް ފައިވާ މީހެކެވެ. މިހާދިސާގައި ހަ މީހަކު އައިޖީއެމްއެޗަށް ގެންގޮސްދީގެން ފަރުވާދޭން ވަނީ ފަށައިފައެވެ. އޭގެ ތެރޭގައި ހާލުބޮޑު އެކަކު ހިމެނެއެވެ. އެއީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް މައުލޫމާތު […]
ރައްޔިތުން އެންމެ ނަފުރަތުކުރާ ދެމީހުން

ފަސް ގަރުނަށް ވުރެ ދިގު މުއްދަތެއް ވަންދެން މެދު ނުކެނޑި ޗައިނާގައި މިލިއަނުން މީހުން ކުޅު ޖަހައި ތަފާލި ޖަހާ ދެމަފިރިންނަކީ ކިން ހުއީ އާއި އޭނާގެ އަނބިމީހާއެވެ. މި ދެމީހުން ރަމުޒު ކޮށްދޭ ދެ ބުދު ވަނީ ހަންޒޫގައި ބަހައްޓާފައެވެ. ކޮންމެ ދުވަހަކު މީހުން ކުޅު ޖަހައެވެ. އަދި ތަފާއްޔެއް ޖަހާފައި ނޫނީ ނުދެއެވެ. މި ދެމަފިރިން ގެ ބުދު ބަހައްޓާފައި ވަނީ އިސްދަށަށް ޖަހައި ފުރަގަހަށް އަތް ބަނދެފައެވެ. އެއީ ދުވަހަކު ވެސް ހަނދާން […]
ރައީސް މައުމޫނަށް ޝަރަފުގެ އައްޑަނައެއް އަރުވަން ނިންމަވައިފި

ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނައެއް އަރުވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ވެސް ނިންމަވައިފައެވެ. މި އައްޑަނަތައް އެރުވުން އޮންނާނީ، މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ސޯޝަލް ސެންޓަރުގައި […]
ފޮޓޯއިން: ދުނިޔޭގެ އެންމެ ބޮޑު ދާރުލްއާސާރު އިފްތިތާހު ކޮށްފި

މިސްރުން އިންސާނީ ހަޟާރާ ދައްކައިދޭ އައު ދާރުލްއާސާރު ހުޅުވައިފިއެވެ. މިތަން ހުޅުވައި ދެއްވީ ސީސީ ރައީސެވެ. މިސްރުގެ އަހްރާމްތައް ފެންނަ ގޮތަށް ހަދާފައިވާ މި ދާރުލްއާސާރު ނިމުނީ 20 އަހަރު ފަހުންނެވެ.
އެންމެ އަގު ބޮޑު ކޮފީ ލިބެނީ ޑުބާއީގައި: އަގު ކިހާވަރެއްބާ؟

ދުނިޔޭގެ އެންމެ އަގު ބޮޑު ކޮފީ ދުބާއީގައި ވިއްކަން ފަށައިފިއެވެ. މިއީ ޕެނަމާއިން ގެނަސްފައިޥާ އަގު ބޮޑު ވައްތަރެއްގެ ކޮފީ އޮށަކުން ހަދާ ކޮފީއެކެވެ. ސިނާއީ ސަރަހައްދުގައި ޖޫލިތު ނަމަކަށް ކިޔާ ކޮފީޝޮޕަކުން މި ކޮފީ ވިއްކައެވެ. ތަށްޓެއްގެ އަގަކީ، ގާތް ގަނޑަކަށް 1 ހާސް ޑޮލަރެވެ! 3600 ދިރުހަމެވެ!
ޕަލާއު ޖަޒީރާގައި ކޮތަރު އާލާވެއްޖެ

ޕަލާއު ޖަޒީރާއަށް ޚާއްސަ ވައްތަރެއްގެ ކޮތަރެއް ކަމަށްވާ Palau ground dove (Palau ground dove) މނެތިދާން ކައިރިވެފައި ވަނިކޮށް އަލުން ދިރުވައފިއެވެ. މި ކޮތަރު އާލާކޮށްފައި ވަނީ މީދާ މަރައިގެންނެވެ. މި ޖަޒީރާގައި މީދާތައް ގިނަވެ ބިސްތައް ފަޅައި ފިޔޮއްތައް ކައި ހެދުމުން ކޮތަރުގެ އާބާދީ އާލާނުވެ މަޑު ޖެހެން ދިމާވިއެވެ. ތިމާވެށި ހިމާޔަތް ކުރާ ޖަމުއިއްޔާތަކާ ގުޅިގެން މީދާ ނައްތާލުމަށްފަހު ކޮތަރުގެ ދަރިފަސްކޮޅު ވަނީ އާލާވެފައެވެ.
ބުކިންސް ޑޮޓް ކޮމް އިން މީހުންނަށް މަކަރު ހެދުމުން ދައުވާ ކުރަނީ

އޮންލައިންކޮށް ތަންތަން ބުކު ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ޑަޗް ކުންފުނި ކަމަށްވާ ބުކިންގސް ޑޮޓް ކޮމް އަށް ދަތި ދުވަސްވަރެއް ކުރިމަތިވެއްޖެއެވެ. މި ކުންފުނިން މަކަރު ހެދުމުން ޔޫރަޕުގެ ކޯޓުތަކާއި، އަދި ސްޕެއިން، ޖަރުމަން އަދި ހަންގޭރީގައި ދައުވާ ކޮށްފައި ވެއެވެ. މިހާރު، ބުކިންގސް ޑޮޓް ކޮމް އަށް ކުރިމަތިވެފައިވަނީ ޑަޗް ކޮންސިއުމަރ އެސޯސިއޭޝަން ކަމަށްވާ ކޮންސުމެންޓެންބޮންޑް (ސީސީސީ) އިން ހުށަހަޅާފައިވާ ބޮޑު ގާނޫނީ މައްސަލައަކާ އެވެ. މި މައްސަލަ ހުށަހެޅުމާ އެކު، ސީސީސީގެ ސްވިޗްބޯޑަށް ގިނަ […]
މިއަދަކީ އިނގިރޭސިންގެ މަލްޢޫނު ބެލްފޯރު ޔަހޫދީންނަށް ފަލަސްޠީނު ވިއްކާލި ދުވަސް

ދުނިޔޭގެ އެންމެ ފަނާ ކުރަނިވި ދެ ހަނގުރާމައާއި އަދި އޭގެ ފަހުގެ ބޮޑެތި ހަނގުރާމަތަކަކީވެސް ޔޫރަޕްގެ ހުދު ނަސްލުގެ ސޮލީބީ ނަސާރާއިން ހިންގާފައިވާ ހަނގުރާމަތަކެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައި އިނގިރޭސިން ދިޔައީ ބައިވެރި ވަމުންނެވެ. އެ ދުވަސްވަރު ވަރުގަދަ ގޮވާ މާއްދާއެއް ޔަހޫދީއަކު އީޖާދު ކުރިއެވެ. އެއީ ޒަޔަނިސްޓުންގެ ލީޑަރު ހާއިމް ވައިޒްމަން އެވެ. އޭނާއަކީ، ޔަހޫދީންގެ ފުރަތަމަ ރައީސަކަށް ވުމުގެ ޝަރަފް އައިންސްޓައިންއަށް ދިނުމުން އެކަން ގަބޫލު ނުކުރުމުން ޔަހޫދީންގެ ފުރަތަމަ ރައީސަކަށްވި މީހާއެވެ. ވައިޒްމަން […]
