ގިނަ އަދަދެއްގެ ފައިދިގު މަކުނުތަކެއް ފެނިއްޖެ

ދުނިޔޭގެ މިހާތަނަށް އެއްތަނަކުން އެންމެ ގިނައިން ފެނިފައިވާ ފައި ދިގު މަކުނުތައް ހޯދައިގެންފިއެވެ. އަލްބޭނިއާއާއި ގްރީކް ބޯޑަރުގައި ހޮހޮޅައަކުން ފެނިފައިވާ މި ފައިދިގު މަކުނުތަކަކީ ދެ ވައްތަރެއްގެ އާއިލާއަކަށް ނިސްބަތްވާ މަކުނެއް ކަމަށް ބުނެފައި ވެއެވެ. އަދި މި މަކުނު ވާތަކުގައި އެއްލައްކަ 11 ހާސް މަކުނު އުޅޭނެ ކަމަށް އަންދާސާކޮށްފައި ވެއެވެ. މި މަކުނުވާތައް ފުރާފައި ހުރީ 1140 އަކަ ފޫޓުގެ ސަރަހައްދެއްގައެވެ.
އިސްލާމޯފޯބިއާ: އެންމެ ބޮޑު ޑިމޮކްރެސީގައިވެސް މުސްލިމު މޭޔަރާ ދެކޮޅަށް ކެމްޕޭން ފަށައިފި

އެމެރިކާގެ މުސްލިމު ސިޔާސީ ލީޑަރު ޒަހްރާން މަމްދާނީ ނިއުޔޯކް ސިޓީގެ މޭޔަރު މުންތަޚަބަށް ވިތާ އިރުކޮޅެއް ފަހުން މުމްބާއީގެ ބީޖޭޕީން މުމްބާއީއަށް މުސްލިމު މޭޔަރު ހޮވައިގެން ނުވާނެ ކަމަށް ބުނެ ކެމްޕޭނެއް ފަށައިފިއެވެ. ބޮޑު ޑިމޮކްރެސީގެ މުމްބާއީގެ ބީޖޭޕީގެ ރައީސް އަމީތު ސަތަމް ވަނީ މުމްބާއީގެ މޭޔަރުގެ އިންތިޚާބަށް ވޯޓުލާ މީހުންނަށް އިންޒާރެއް ދީފަ އެވެ. ސޯޝަލް މީޑިއާގައި ޒުވާބު އުފެދުނު ޕޯސްޓެއްގައި ސަތަމް ލިޔެފައިވަނީ، ”ބައިނަލްއަގްވާމީ ބައެއް ސިޓީތަކުގެ ކުލަ ބަދަލުވަމުންދާ ފަދައިން، ބައެއް މޭޔަރުންގެ […]
ޔަހޫދީންގެ ގައުމީ ސަލާމަތާ ބެހޭ މިނިސްޓްރީ ހެކޮކޮށްފި

އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވުޒާރާގެ ޑޭޓާބެސް އީރާނު މީހުން ހެކްކޮށްލައިފިއެވެ.މި ވުޒާރާ ހެކް ކުރުމަށްފަހު ޖެނޮސައިޑަށް ގޮވާލާ ތާކިހާ ވަޒިރު ބެންގްވީރު ގެ 2 އަހަރު ދުވަހުގެ ހުރިހައި ޑޮކިއުމެންޓެއް ވަނީ އާންމުންނަށް ފާއްދާލާފައެވެ. އިޒްރޭލު މީޑިއާއިން ސުއާލު ކުރަމުން ދަނީ ގައުމީ ސަލާމަތަށް ފާރަވެރިވާ މިސްޓްރީއަށް އީރާނަށް ވަދެގަނެވޭއިރު އެހެން ތަންތަނަށް ވާނީ ކިހިނެއް ތޯއެވެ.
މޫދުން ފޯނެއް ފެނޭތޯ ބަލަމުން ދަނީ

އިޒްރޭލު ސިފައިންގެ ޕްރޮސެކިއުޓަރުގެ ފޯނު ފެނޭތޯ މޫދުގައި އަތް ފުނާ އަޅަން ފަށައިފިއެވެ. އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރުމުގެ ކުރިން އޭނާގެ އިސްތިއުފާއަށް ފަހު ވީނުވީއެއް ނޭނގިގެން އުޅެނިކޮށް އޭނާ ފެނުނީ މޫދުގައި އުޅެނިކޮށެވެ. މިމައްސަލައަކީ ޔަހޫދީ ޖެނޮސައިޑް ފޯސްއިން ވަގަށް ނަގާފައިވާ ފަލަސްތީނުގެ އަސީރަކު ރޭޕް ކޮށް ލިވާޠު ކުރާ ވީޑިއޯ ލީކުކުރުމާ ގުޅޭ މައްސަލައެކެވެ. ޕްރޮސެކިއުޓަރު މޭޖަރ ޖެނެރަލް ޔިފަތް ތޯމަރ-ޔެރުޝަލްމީ ބުނެފައި ވަނީ އެ ވީޑިއޯ ލީކުކޮށްފައި ވަނީ އޭނާ […]
ތުރުކީ އާއިލާއެއް: ކޮންމެ ތަނަކަށް ދިރިއުޅުން ބަދަލު ކުރިއަސް އެތަނެއްގައި ރޯވަނީ

ތުރުކީގެ ދެކުނުގެ ޝަންލީއުރްފާ ސިޓީގައި ނުތަނަވަސްކަން އުފެދިފައިވަނީ އެއް އާއިލާއެއްގެ މީހުން ކޮންމެ ތަނަކަށް ބަދަލުވިއަސް އެމީހުން ތިބޭ ތަނުން އަލިފާން ރޯވާތީއެވެ. އަދި މިކަން މެދުވެރިވަނީ ކީއްވެގެން ކަން އެއްވެސް ގޮތަކަށް ހޯދިފައެއް ނުވެއެވެ. ތުރުކީގެ މީޑިއާ ބުނާ ގޮތުގައި އެ އާއިލާ ކުރިން އުޅުނު ގޭގައި ވެސް ދުވާލަކު 3 ފަހަރަށް އަލިފާން ރޯވެފައި ވެއެވެ. އަދި އެއަށްފަހު އަވަށްޓެރިންގެ ގެއަށް ބަދަލު ވުމުން އެތަންތާނގައިވެސް އަލިފާން ރޯވެފައި ވެއެވެ. އަދި މިމީހުންނަށް ހިޔާވަހިކަން […]
މެކްސިކޯގެ ރައީސަށް މީހަކު ޖިންސީ ގޯނާކޮށްފި

މެކްސިކޯ ސިޓީގެ ޒޯކަލޯ މައިދާނުގައި އާންމުން ބައިވެރިވި ހަރަކާތެއްގައި މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބަމް ބައިވެރިވެ ވަޑައިގެން އުޅުއްވަނިކޮށް މީހަކު އެކަމަނާއަށް ޖިންސީ ގޯނާކޮށްފިއެވެ. މީސްމީޑއާގައި އެނބުރެމުންދާ މަންޒަރުތަކުން ފެންނަނީ ކާކުކަން ނޭނގޭ މީހަކު ފަހަތުން އައިސް ރައީސާ ބައްދާލައި އޭނާގެ މޭމައްޗަށް އަތްފޯރުވައި ބޮސްދޭން އުޅޭ މަންޒަރެވެ. ހިނދުކޮޅެއްގެ ތެރޭގައި ޝެއިންބަމް ވަގުތުން ދެއަތް އުފުއްލަވައި އޭނާއާއެކު ހުންނެވި އެހެން އަންހެނެއްގެ ގައިގައި ބައްދައި ލެއްވިއެވެ. އަދި އެއަށްފަހު ގޯނާ ކުރި މީހާއާ ދިމާއަށް އެނބުރިވަޑައިގެން […]
ފިރުއަނު ޒަމާނުގެ ބަސް މިސްރުގައި ކިޔަވައިދޭން އުޅެނީ ބާ؟

މިސްރުގެ 5200 އަހަރު ވެފައިވާ ފިރުއަނުގެ ހަޟާރާގެ ހިރޮގްލަފީ ބަސް ކިޔަވައިދޭން އުޅޭ ކަމަށް ބައެއް ފަރާތްތަކން ބުނެފިއެވެ. މިސްރުގެ ކުރީގެ އާސާރާ ބެހޭ މިނިސްޓަރު ޒާހީ ހައްވާސް ވަނީ މި ބަސް ކިޔަވައި ދޭން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި ސާނަވީގެ އެންމެ މަތީ 3 ކިލާހުގައި ހިރޮގްލަފީ ބަސް ކިޔަވައި ދޭން އުޅޭ ކަމަށް ބުނެ ބައެއް ޚަބަރުތައްވެސް ފަތުރާފައި ވެއެވެ. މިސްރުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެފަދަ ވިސްނުމެއް ނެތް ކަމަށް ބުނެފައެވެ. […]
އިންސާނުންނަށް އޫރެއްގެ ކިޑްނީ ލައްވައިގެން ޓެސްޓްތައް ކުރަނީ

އޫރެއްގެ ކިޑްނީ ގައިގެން އިންސާނެއްގެ ހަށިގަނޑުގައި އެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަކީ ހަގީގަތުގައި ވެސް ފުރާނަ ސަލާމަތް ކުރެވޭނެ ކަމެއްތޯ ބެލުމަށް ފުރަތަމަ ކްލިނިކަލް އަޖުމަބެލުން މިއަދު ފަށައިފިއެވެ. މިއީ ޖަނަވާރުންގެ ގުނަވަން އިންސާނުންނަށް ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަ ދިނުމުގެ އެންމެ ފަހުގެ ފިޔަވަޅެވެ. ވިރާސީގޮތުން ބަދަލު ގެނަސްގެން އޫރުގެ ކިޑްނީތައް އިންސާނުންގެ ބޭނުމަށް އުފައްދާ ކުންފުންޏެއް ކަމަށްވާ އެމެރިކާގެ ޔުނައިޓެޑް ތެރަޕިއުޓިކްސް އިން އިއުލާން ކުރި ގޮތުގައި އަޖުމަ ބެލުމުގެ ގޮތުން ކުރިއަށް ގެންދާ ފުރަތަމަ […]
އަންހެނަކު މަތިންދާބޯޓަށް އަރުވަން ދެކޮޅު ހަދައިފި

ވިއެޓްނާމްގެ އަންހެނަކު ވަނީ ބަރު އަތް ދަބަހަކާއެކު މަތިންދާބޯތަށް އަރަން އުޅެފައެވެ. އާންމުކޮށް އަތް ދަބަސް 7 ކިލޯއަށް ވުރެން އިތުރު ވެއްޖެނަމަ މައްސަލައަކަށް ވެއެވެ. މި ކަނބުލޭގެ ބަރު އަތް ދަބަހާ ހެދި އެއާލައިންސްގެ މުވައްޒަފުން މައްސަލަ ޖެއްސުމުން ބިންމަތީގައި ފައިންތަޅައި މުވައްޒަފުންނާ ޒުވާބުކޮށްފައި ވެއެވެ. މިމީހާގެ ވީޑިއޯ މިހާރު ވަނީ މީސްމީޑިއާގައި ވައިރަލް ވެފައެވެ. މި އަންހެންމީހާ އުޅުނީ 21 ކިލޯގެ ބަރުދަން ހުރި އަތް ދަބަހަކާއެކު ބޯޓަށް އަރާށެވެ!
ޖެނޮސައިޑާ ހެދި މީހުން ކަން ކުރިގޮތުން ސްޓާބަސްކް އިފްލާސް ވަނީ

ސްޓާބަކްސް އިން ޗައިނާގައި ހިންގާ އެކުންފުނީގެ ފިހާރަތަކުގެ 60 އިންސައްތަ ހިއްސާ ވިއްކާލަން ނިންމައިފިއެވެ. ހޮންކޮންގުގެ އިންވެސްޓްމަންޓް ކުންފުނި ބޮޔޫ ކެޕިޓަލް އަށް ހަތަރު ބިލިއަން ޑޮލަރަށް ހިއްސާތައް ވިއްކާލުމަށް ވެފައިޥާ އެއްބަސްވުމުގެ ދަށުން މުޅި ޗައިނާގައި ސްޓާބަކްސްގެ 8،000 ފިހާރަ ހިންގާނީ އައު ކުންފުންޏަކުންނެވެ. މިއީ ޗައިނާގައި 26 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރުމަށްފަހު ސްޓާބަކްސްއަށް ދިމާވެފައިވާ ވިޔަފާރީގެ މައްސަލަތަކާ ގުޅިގެން ގެންނަ ބަދަލެކެވެ. ޗައިނާއަކީ ސްޓާބަކްސްގެ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު […]
