ބިޓްކޮއިން ވިޔަފާރީގެ ރާނީއަށް ހުކުމް ކޮށްފި

ޗައިނާގެ ބިޓްކޮއިން ރާނީގެ ނަމުން މަޝްހޫރުވެފައިވާ ޒިމިން ޗިއާން، 6 ބިލިއަން ޑޮލަރުގެ ބޮޑު ކްރިޕްޓޯ ސްކޭމްއެއްގައި ފައިސާ ލޯންޑާ ކުރުމުގެ ކުށުގައި އިނގިރޭސިވިލާތުގެ ކޯޓަކުން 11 އަހަރާއި 8 މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ. 47 އަހަރުގެ ޗިއާން ގެ މާލީ މަކަރާ ހެދި މީހުން އޭނާ ދަންނަނީ އަންހެން ލުޓޭރުގެ ނަމުންނެވެ. މި މައްސަލައަކީ 2014 އާއި 2017 އާ ދެމެދު ޗައިނާގައި ހިންގި ބޮޑު ޕިރަމިޑް ސްކީމެއްގެ ބައެކެވެ. މި ޗިއާންގެ މަކަރާ ހެދި 128,000 […]
އިންޑިއާއިން ވެނެޒުއޭލާއަށް 2.7 ޓަނުގެ ވެކްސިން ފޮނުވައިފި

އިންޑިއާއިން ވަނީ ލެޓިން އެމެރިކާގެ ގައުމެއް ކަމަށްވާ ވެނެޒުއޭލާއަށް 2.7 ޓަނުގެ ވެކްސިން ފޮނުވާފައެވެ. މިއީ ގްލޯބަލް ސައުތު އިނިޝިއޭޓިވްގެ ދަށުން ބައިނަލްއަޤްވާމީ ސިއްހީ އެއްބާރުލުން ވަރުގަދަ ކުރުމަށް އިންޑިއާއިން ވެދޭ އެހީއެއް ކަމަށް އެގައުމުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. އިންޑިއާގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވުޒާރާ އިން އިއުލާނުކުރި ގޮތުގައި މި ޝިޕްމަންޓަކީ ދެކުނު-ދެކުނު އެއްބާރުލުމުގެ ތެރެއިން ދެމުންގެންދާ އިންސާނީ އެހީގެ ބައެކެވެ. މި ވެކްސިންތަކުގެ މަޤްސަދަކީ ވެނެޒުއޭލާގެ އާންމު ސިއްހަތުގެ އޮނިގަނޑު ވަރުގަދަ ކުރުމާއި، އެތައް ހާސް ބަޔަކަށް […]
ޚަވާޖާ އާސިފް: ޕާކިސްތާން ހަނގުރާމައިގެ ހާލަތެއްގައި

ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފް، ވަނީ ޕާކިސްތާނު ހަނގުރާމައިގެ ހާލަތެއްގައިވާކަން އިޢުލާން ކުރައްވާފައެވެ. އޭނާ މިކަން އިޢުލާން ކުރެއްވީ އިސްލާމްއާބާދުގެ ޑިސްޓްރިކްޓް އަދި ސެޝަންސް ކޯޓްގެ ބޭރުގައި ހިނގި ބޮމުގެ ހަމަލާއަކަށްފަހުގައެވެ. މި ހަމަލާގައި 12 މީހުން މަރުވެ، 27 މީހުން ޒަޚަމްވެފައިވެއެވެ. މި ބަޔާނަކީ، ވެރިރަށް އިސްލާމްއާބާދަށް ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު، ޓެރަރިޒަމްއާ ދެކޮޅަށް ސަރުކާރުގެ ރާގު ހަރުކަށި ވެފައިވާކަން ދައްކުވައިދޭ ބަޔާނެކެވެ. އެކްސް ގައި އާސިފް ވިދާޅުވީ، މި ހަމަލާއަކީ ޤައުމަށް ލިބުނު ”ހޭލައްވާލުމެއް“ ކަމަށާއި، ޓެރަރިޒަމާ […]
ޓެސްލާ ސައިބަރޓްރަކްގެ ޗީފް އިސްތިއުފާ ދެއްވައިފި

ޓެސްލާ ކުންފުނީގެ ސައިބަރޓްރަކްގެ ޗީފް ސިދާންތު އަވަސްތީ، މަގާމުގައި 8 އަހަރު ހޭދަ ކުރެއްވުމަށްފަހު އިސްތިއުފާ ދެއްވައިފިއެވެ. އޭނާއަކީ ޓެސްލާގެ ސައިބަރޓްރަކް ޕްރޮގްރާމް ލީޑްކުރެއްވި އިންޑިއާއަށް އުފަން އިންޖިނިއަރެވެ. އޭނާ ފުރަތަމަ މަސައްކަތް ފެއްޓެވީ، 2017 ވަނަ އަހަރު އިންޓަރންއެއްގެ ގޮތުގައެވެ. އެއަށްފަހު ސައިބަރޓްރަކްގެ ޑިޒައިން އާއި ޕްރޮޑަކްޝަން ބެލެހެއްޓުމާ ހަވާލުވެ ވަޑައިގަތެވެ. ފަހުން މޮޑެލް 3 ޕްރޮގްރާމް ލީޑް ކުރެއްވިއެވެ. އޭނާ ވަކިވެވަޑައިގަތީ ސައިބަރޓްރަކް ރިކޯލް ކުރުން ގިނަވެފައިވާ އަދި ސޭލްސް ވަޅު ޖެހިފައިވާ ދަނޑިވަޅެއްގައެވެ. […]
އަންނަ އަހަރު ވެގެންދާނީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ އަހަރަކަށް: ރައީސް

ކުރިއަށް އޮތް 2026 ވަނަ އަހަރު ވެގެންދާނީ ރައްޔިތުންގެ ވެރިކަން އިތުރަށް ހަރުދަނާކުރެވި، ކޮރަޕްޝަންގެ ވަބާއިން ވީހާވެސް ބޮޑަކަށް ސަލާމަތްކުރެވިފައި އޮތް ނިޒާމެއްގެ ތެރެއިން އެންމެހާ ރައްޔިތުންނަށް ޚިދުމަތް ދެވޭ އަހަރަކަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ. 2026 ވަނަ އަހަރަށް ދަޢުލަތުން ހުށަހެޅުއްވި ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނެ އެއް ކަމަކީ މޯލްޑިވްސް 2.0 […]
”ވާނުވާ ބަންދުގައި“ ބަޔަކު ތިބެގެން ނުވާނެ: ރައީސް

”ވާނުވާ ބަންދުގައި“ ބަޔަކު ތިބެގެން ނުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ކޯޓު މަރުހަލާގެ ތެރެއިން ނިންމަންޖެހިފައި ހުރި މައްސަލަތައް ވީ އެންމެ އަވަހަކަށް ނިންމެވުމަށް ގޮވާލައްވައި، ޢަދުލުވެރިކަމާއި، އިންސާފުވެރިކަމާއެކު އެކަން އެގޮތަށް ކުރައްވާނެކަމުގެ ސައްތަ އިންސައްތަ ޔަގީންކަން ޖުޑީޝަރީގެ މައްޗަށް އެބައޮތް ކަމަށެވެ. ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ”ވާނުވާ ބަންދު“ގެ މައްސަލައަށް ނިމުން ގެނެސްދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއް […]
ރަސްމާލެއިން ފަނަރަ ހާސް، މާލޭ ސަރަހައްދުން ތިންހާސް: ރައީސް

މިހާރު ހިއްކަމުންދާ ރަސްމާލެއިން ވަރަށް ފަނަރަހާސް ގޯތި ދޫކުރުމަށް އިއުލާން ކުރައްވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އޭގެ އިތުރުން މާލެ ސަރަޙައްދުގައި 3000 ހައުސިންގް ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ފަށާނޭ ކަމަށެވެ. އޭގެ އިތުރުން އިންޑިއާގެ ލައިން އޮފް ކްރެޑިޓުން އިތުރު 4000 ހައުސިންގް ޔުނިޓް ހަމަޖެހިފައިވާކަމުގައި ވެސް އެމަނިކާފުނު ވިދާޅުވިއެވެ. މިކަންކަމުގެ ތަފްސީލުތައް ދާދި އަވަހަށް […]
ތެޔޮބޯޓެއްގައި ރޯވެ މީހެއްގެ އަތާއި ފައި ފިހިއްޖެ

ހުޅުމާލޭ ފަޅުތެރޭގައި އޮތް ”ހޯކްސް ރޯދި“ ނަމަކަށް ކިޔާ ތެޔޮ އުފުލާ ބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ. މިހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރުން ވަނީ އެތަނަށް ގޮސް އަލިފާން ނިއްވާލައިފައެވެ. އަލިފާން ނިއްވާލެވުނީ ބޭޭނުން ނުކުރެވޭވަރަށް ބޯޓު އެނދިފަހުންނެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު 13:00 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ބުނެފައިވެއެވެ. މިހާދިސާގައި އެކެއްގެ އަތްތާއި ފައި ވަނީ ފިހިފައެވެ. އެއީ ބަނގްލަދޭޝްގެ ރައްޔިތެކެވެ. އޭނާއަށް މިހާރުވަނީ ހުޅުމާލޭ […]
ސިއްޙީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތީޝަރަފު، މޫސާ އަންވަރަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ގ. ބަރޯސާ، މޫސާ އަންވަރަށް އަރުވައިފިއެވެ. މޫސާ އަންވަރަށް މި ޢިއްޒަތް އަރުވާފައިވަނީ، ޒުވާނުންގެ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އައްޑުއަތޮޅު މީދުއަށް އުފަންވެވަޑައިގަތް މޫސާ އަންވަރު ޞިއްޙީ ދާއިރާއާ ގުޅިވަޑައިގެންނެވީ، އައްޑުއަތޮޅު ގަމުގައި އިނގިރޭސީން ތިބި ދުވަސްވަރު، ގަމުގައި ހުރި ރީޖަނަލް މެޑިކަލް ސެންޓަރުގެ ތަރުޖަމާނެއްގެ ހައިސިއްޔަތުންނެވެ. އެ ވަޒީފާގައި ހުންނަވައިގެން ދާއިރާއިން ލިބެންހުރި […]
ދަރްމެންދްރާ އަދި މަރެއް ނުވޭ

އަދާހަމަކޮށް: ހެމާމާލިނިއާއި އީޝާ ޑިއޯލް ބުނަނީ ދަރްމެންދްރާ މަރުނުވާކަމަށް. އާއިލާއިން ވަނީ ޑިސެމްބަރުގައި 90 އަހަރު ފުރޭ ތަރި މަރުވި ކަމަށް މީޑިއާއިން ވާހަކަ ފެތުރުމުން އެކަން ކުށްވެރިކޮށްފައި. އޭނާ ވެންޓިލޭޓަރަށް ވެސް ލި. އެކަން އާއިލާއިން ސިއްރު ކުރި ކަމަށް ވޭ. ހަގީގަތަކީ ދަރޭ އޮތީ ވަރަށް ހާލުގައި.
