އިގްތިސާދު ރަނގަޅުވަމުންދާ ވަރަކަށް މަހުގެ އަގުބޮޑުވާނެ: ނާއިބު

ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އެޅެމުންދާ މިންވަރަކުން މަސްވެރީންގެ އަތުން މަސްގަންނަ އަގު ސަރުކާރުން ބޮޑުކޮށްދެއްވާނެ ކަމަށް ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ސަރުކާރަށް ދެއަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސަނގު ޓީވީއަށް ދެއްވި އިންޓަވިއެއްގައި ނާއިބު ރައީސް ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ އިގްތިސާދު ވަނީ ފުނޑިފައި ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރުވެސް ގެންދަވަނީ އެކަން ރަނގަޅު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ކަމަށް ހުސައިން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމާއި […]
ބޮޑެތި ހޮސްޕިޓަލްތައް އައިޖީއެމްއެޗާ އެއްފެންވަރަށް ގެންނަނީ

މިސަރުކާރުން ގެންދަވަނީ ރައްޔިތުންނަށް ސިއްޙީ ފަރުވާ އެންމެފުރިހަމައަށް ލިބޭނޭގޮތް ހެއްދެވުމަށް މަސައްކަތް ކުރައްވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ސަންގު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު ވިދާޅުވީ އަތޮޅުތެރޭގައި ހުރި ބޮޑެތި ހޮސްޕިޓަލްތައް އައި.ޖީ.އެމް.އެޗާ އެއްފެންވަރަށް ތަރައްގީ ކުރުމަށް 2026ގެ ބަޖެޓުގައި ކަނޑައަޅުއްވާފައި ވާނޭ ކަމަށެވެ. އެ ހޮސްޕިޓަލުތައް ތަރައްގީ ކުރެވުމުން ސިއްޙީފަރުވާއަށް ބޭރަށް މީހުން ފޮނުވަން ޖެހޭ ޢަދަދު މަދުވެގެން ދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ފާއިތުވި ދެއަހަރުގެ ކާމިޔާބީއާ ބެހޭގޮތުން […]
ޑްރަގުގެ މައްސަލަތަކުގައި އަތުލައިގަންނަ މީހުންނަށް ހައްގު އަދަބު ދޭނެ: ނާއިބު ރައީސް

މަސްތުވާ ތަކެތިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށްޓަކައި ރީހެބިލިޓޭޝަންދޭ މަރުކަޒުތައް މިސަރުކާރުން މިހާރުވަނީ ގާއިމްކޮށްފައި ކަމަށް ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ އެއީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން އެޅުއްވި ފިޔަވަޅެއް ކަމަށެވެ. އެމަސައްކަތުގެ ދަށުން ޑްރަގު ނެޓްވޯރކުގެ ތެރެއިން ހައްޔަރު ކުރެވޭ މީހުންނަށް ޝަރީއަތް ކުރެވި ހައްގު އަދަބު ލިބޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިޖުތިމާޢީ ހަމަހަމަކަން އިތުރަށް ފުޅާ ކުރެއްވުމަށްޓަކައި، ތެލަސީމިއާ ކުދިންނާއި އެކަނިވެރި […]
ކުރިއަށް އޮތީ ބާރު ސްޕީޑްގައި މަޝްރޫޢުތައް ކުރިއަށްދާނޭ ތިން އަހަރު

ކުރިއަށް އޮތް ތިން އަހަރަކީ ތަރައްގީގެ މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިއަށްގެންދަވާނެ ތިން އަހަރުކަމަށް ދިވެހިރާއްޖޭގެ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި ޕީއެސްއެމްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. ވޭތުވެދިޔަ ދެއަހަރު ކުރިއަށް ގެންދަވާފައިވާ މަސައްކަތްތަކާއި ލިބިވަޑައިގެންފައިވާ ކާމިޔާބީތަކަށް ބައްލަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރާ ހަވާލުވެ ވަޑައިގެންނެވިއިރު ގައުމުގެ ހާލަތު އޮތް ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން، ވެރިކަމުގެ ފުރަތަމަ ދެތިން މަހުގެ ތެރޭގައި، އޭރު […]
ޝެއިޚު ހަސީނާގެ ކައިވެންޏަށް 58 ފުރުނު ދުވަހު ވީ ކިހިނެއް؟

ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިޚު ހަސީނާ ކައިވެނި ބައްލަވައި ގަތީ މީގެ 58 އަހަރު ކުރިންނެވެ. މިއަދަކީ އޭނާގެ ކައިވެނީގެ އަހަރީ މުނާސަބާއެވެ. މިއަދު ބަންގްލަދޭޝް އިންޓަރނޭޝަނަލް ޓްރައިބިއުނަލުން ވަނީ ހަސީނާއަށް މަރުގެ ނިޔާ އިއްވާފައެވެ. ޑާކާގައި 3 ފަނޑިޔާރުންގެ ބެންޗަކުން މިއަދު ޙުކުމް އިއްވިއިރު ރިއާސަތުގައި އިންނެވީ ފަނޑިޔާރު ޣުލާމް މުރުތަޟާ މާޒޫމްދާރު އެވެ. އަދި އޭނާއާއެކު ފަނޑިޔާރު ޝަފީޢުލް އާލަމް މަޙުމޫދު އާއި ފަނޑިޔާރު މުޙީޠުލް ހައްޤު އިނާމް ޗައުދްރީ ވބައިވެރިވެ ވަދައިގަތެވެ. […]
މިސްރުގެ ކްރިސްޓިއަނަކަށް އުމްރާ ދަތުރު ލިބުމުން ހެދީ ކިހިނެއް؟

މިޞްރުގެ އިޖުތިމާޢީ އެއްބައިވަންތަކަމާބެހޭ ވުޒާރާގައި މުވައްޒަފުންގެ އަގު ވަޒަންކޮށް ހޮވޭ ފަރާތްތަކަށް އުމުރާ ދަތުރު ލިބޭނެ ކަމަށް އިއުލާން ކުރުމުން ކްރިސްޓިއަން މުވައްޒަފަކު ވަނީ އެ ދަތުރު އޭނާއަށް ލިބިއްޖެނަމަ އުމުރާއަށް ދާ ހިތުން އުޅޭ މުސްލިމަކަށް ދޭން ނިންމާފައެވެ. އެހެންނަމަވެސް ވޮވުނު މީހުންގެ ތެރޭގައި އެހެން ކްރިސްޓިއަނަކު ހިމެނުނެވެ. އޭނާ ވަނީ ކެމެރާ ކުރިމަތީގައި ވަޒީރުގެ ހާޒިރުގައި އޭނާގެ އުމުރާ ދަތުރުގެ އިނާމް އެކުގައި މަސައްކަތް ކުރާ މުސްލިމަކަށް ދީފައެވެ. އަދި ވަޒީރު ވަނީ ދެން […]
މިސަރުކާރު ރައްޔިތުންނާއެކު ދެމިއޮންނާނެ: ނާއިބު ރައީސް

މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ދަށުގައި ކަމަށާއި އެކަން އެހެން އޮތަސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި މިސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި ސަންގު ޓިވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. އެމަނިކުފާނު ވިދާޅުވީ މިސަރުކާރު ފެށިގެން އައިއިރު ރާއްޖެ އޮތީ ދަރަނިވެރި ވެފައި ކަމަށެވެ. އޭރު ރާއްޖެއަށް ފުދޭވަރަށް ބޭރުފައިސާވެސް ނެތްކަމަށް ވިދާޅުވިއެވެ. އެ ދަތިތަކާ […]
ޢާއިލީ ބޯހިޔާވަހިކަމުގެ ދެ ސްކީމް އިއުލާން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ”ބޯހިޔާވަހިކަން އެންމެނަށް – ޢާއިލީ ބޯހިޔާވަހިކަން“ އިއުލާން ކުރައްވައިފިއެވެ. ޢާއިލީ ބޯހިޔާވަހިކަމުގެ ދެ ސްކީމް: އެކެއް: މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ސްކީމް މި ސްކީމްގެ ދަށުން ދެ ކެޓަގަރީއެއް ހިމަނާފައި ވެއެވެ. ފުރަތަމަ ކެޓަގަރީ: މާލޭގައި ރަށްވެއްސަކަށް ވުން: އެއީ (1) އުފަންވީއްސުރެ މާލޭގެ ރަޖިސްޓްރީގައި ޖެހިފައިވާ ފަރާތްތައް (2) މާލޭ ރަށްވެހިންގެ ދަފުތަރުގައި ޖެހިފައިވާ ފަރާތްތައް (3) ފަހުން މާލޭގެ ގެއެއްގައި ރަޖިސްޓްރީ ވެފައިވާ […]
ޕަލަސްތީނުގެ ރައްޔިތުންނޭ ކިޔާ ބަޔަކު ނުތިބޭނެ ކަމަށް ޔަހޫދީ ދައްޖާލަކު ބުނެފި

ޔަހޫދީ ޓެރަރިސްޓް ދައުލަތް ކަމަށްވާ އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ހެރިޓޭޖް މިނިސްޓަރު އަމިހާއި އިލިޔާހޫ ބުނަނީ ފަލަސްޠިނު ރައްޔިތުންނޭ ކިޔާ ބަޔަކު ނުތިބޭނެ ކަމަށެވެ. މިއީ އާންމުކޮށް ޔަހޫދީންގެ ޖެނޮސައިޑް ސަރުކާރުގެ ވިސްނުން ހުންނަ ގޮތެވެ. ޓެރިޒަމަށް ތާއީދުކުރާ ޔަހޫދީންގެ ހަރުކަށި ފަރާތްތަކުން ފަލަސްޠީނު މީހުންނާ މެދު ބުނާ މިފަދަ ވާހަކަތަކަކީ ޕަލަސްތީނުގެ ޝަޚުސިއްޔަތު ގެއްލުވާލައި އެމީހުންގެ ހައްގުތައް ނިގުޅައި ގަތުމަށް ދައްކާ ވާހަކައެކެވެ. ޖެނޮސައިޑް ހިންގާ އިޒްރޭލަކީ، ޔޫރަޕުން ބިކަ ހާލުގައި އައި ޔަހޫދީ ޓެރަރިސްޓް ޖަމާއަތްތަކުން […]
