ވެނެޒުއެލާއަށް ބަޣާވާތެއް ގެނައުމަށް އެމެރިކާއިން ރިޝްވަތު ހުށަހަޅައިފި

ވެނެޒުއެލާގެ ރައީސް މަޑޫރޯގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށް އެމެރިކާއިން 50 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅައިފި އެވެ. ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ ވެރިކަމުން ދުރުކުރުމަށް އެހީތެރިވެދެވޭނެ މައުލޫމާތެއް ދޭ މީހަކަށް 50 މިލިއަން ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް އެމެރިކާއިން ބުނެއެވެ. ވޮޝިންޓަން އިން ބުނާ ގޮތުގައި މި ފިޔަވަޅަކީ މަޑޫރޯގެ ސަރުކާރުގެ ތެރެ ރޫޅަލައި އެތެރޭގެ ހަމަނުޖެހުމަށް ހިތްވަރު ދިނުމެވެ. އެމެރިކާއަކީ ދެކުނު އެމެރިކާގައި ބަޣާވާތްތައް ގެނަސްގެންނާއި ވެރިން މަރާލައިގެން ސަރުކާރު ބަދަލު ކުރުމުގެ […]

ލިބޭ 82،500 ރުފިޔާއިން އަނބިމީހާއަށް ދިނީމަ މެމްބަރުންނަށް ބާކީ އެއްޗެއް ނުވޭ: އައްބާސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މުސާރައިގެ ގޮތުގައި ލިބޭ ފައިސާއިން އަނބިމީހާއަށް ދޭންޖެހޭ ބައި ދިނުމަށް ފަހު އަތުގައި އެއްވެސް އެއްޗެއް ބާކީ ނުހުންނަ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ. މެމްބަރު މިހެން ވިދާޅުވީ ކުރީގެ ރައީސުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތަކާ ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުންނެވެ. މެމްބަރުންގެ މުސާރައިގެ ތަފުސީލު ހިއްސާކުރައްވަމުން އައްބާސް ވިދާޅުވީ، ޓެކްސް އުނިކުރުމަށް ފަހު މެމްބަރުންނަށް ލިބެނީ ގާތްގަނޑަކަށް 82،500 ރުފިޔާ ކަމަށެވެ. […]

ސެންޓަ އެންޓަޕްރައިސަސްގެ މައްސަލަ: ސްޕްރީމް ކޯޓުގައި އިޖުރާއީ މައްސަލައެއް

ސެންޓަ އެންޓަޕްރައިސަސްއަށް ދައުލަތުން ދައްކަން ޖެހޭ ކަމަށް ކަނޑައެޅި 32 މިލިއަން ރުފިޔާގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަނިކޮށް އިޖުރާއީ މައްސަލައެއް ފެންމަތިވެ، ޝަރީއަތް ހުއްޓާލައިފި އެވެ. މިކަން ދިމާވީ އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ސަލީމަކީ އެ މައްސަލައާ ގުޅިގެން ހައި ކޯޓުން ނެރުނު އަމުރުގައި ވެސް ސޮއިކުރެއްވި ފަނޑިޔާރެއްކަން ފާހަގަވުމުންނެވެ. ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ފަނޑިޔާރު ސަލީމް […]

ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ދެވަނަފޭސްގެ ދެބެޗްގެ ކިޔެވުން ފަށައިފި

ގައިދީން އިސްލާހުކޮށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ދެވަނަ ފޭސްގެ ދެ ބެޗް، މާފުށީ ޖަލުގެ އަންހެން ޤައިދީންނަށް ފަށައިފި ކަމަށް ކަރެކްޝަނުން ވިދާޅުވެއްޖެއެވެ. މިއީ ތިން މަސްދުވަހަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ދެބެޗަކީ ނުވަނަ ބެޗާއި ދިހަވަނަ ބެޗެވެ. ދެ ބެޗްގައި ޖުމްލަކޮށް 12 ގައިދީން ބައިވެރިވެފައިވެއެވެ. ފްރޭމްވަރކްގެ ދެވަނަ ފޭސްގައި ކުރިއަށްދާނީ “ސައިކޮލޮޖީ ޕްރޮގްރާމް”ތަކެވެ. މި ފޭސްގެ މަގްސަދަކީ ޤައިދީންނަކީ ނަފްސާނީ ގޮތުން ވަރުގަދަ […]

އޯޓީޕީ ހޯދައިގެން އެކައުންޓްތައް ލޫޓުވަނީ ސަމާލުވޭ!

އޯޓީޕީ ހޯދައިގެން އެކައުންޓް ”ކޮންޕްރޮމައިޒް“ ކޮށްގެން ހިންގާ ސްކޭމްތައް އަނެއްކާވެސް އިތުރުވަމުންއަންނަ ކަމަށާއި އެހެން ކަމުން އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މިމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 100 އަށްވުރެ ގިނަ މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަތަކުގައި ޖުމްލަ 1,051,290.33 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ފުލުހުން ވިދާޅުވެފައިވަނީ ސްކޭމް ކޯލެއް އަތުވެއްޖެނަމަ ފޯން ކަނޑާލުމަށް ފަހު އެ ނަންބަރު ބްލޮކް ކޮށްލުމަށެވެ. އަދި ފޯނަށް އަންނަ […]

ޑިމޮކްރެޓިކް ވެށި ހަރުދަނާ ކުރުމުގެ ޕްރޮގްރާމެއް ހިންގަނީ

ދިވެހިރާއްޖޭގެ ޑިމޮކުރެޓިކު ވެށި ހަރުދަނާކުރުމުގެ ގޮތުންނާއި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދެ އިންތިޚާބާ ގުޅިގެން ބައްދަލުވުންތަކެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. ޑިމޮކްރެޓިކް ވެށި ހަރުދަނާ ކުރުމަށާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން މި ބާއްދަލުވުންތައް ބާއްވާނީ ރާއްޖޭގެ 12 އަތޮޅެއްގެ 36 ރަށެއްގައި ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ. ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ މި ޕްރޮގްރާމް ނުވަތަ ބައްދަލުވުންތައް ކުރިއަށް ގެންދާނީ މިހިނގާ ނޮވެންބަރު މަހު 28 […]