މައުރޫފު ބަންދުކުރަން ނިންމުމަކީ ކަންބޮޑުވާ ކަމެއް: ފައިސަލް

ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ސުލްޙަވެރިކަމާ އެކު އިހުތިޖާޖު ކުރަމުން ދަނިކޮށް، ހައްޔަރުކޮށްފައިވާ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ފަސް ދުވަހަށް ބަންދުކުރުމަކީ ކަންބޮޑުވާކަމެއް ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ފައިސަލް ވިދާޅުވެފައިވަނީ ”ސުލްޙަވެރިކަމާ އެކު ޚިޔާލު ފާޅު ކުރުމާއި، ޙައްގުތައް ހޯދަން ވަކާލާތު ކުރުމަކީ ޤާނޫނު އަސާސީ އިން ލިބިދީފައިވާ އަސާސީ ޙައްގެއް،“ ކަމަށެވެ. އެހެން ކަމުން މެމްބަރު މަޓޭ، މިހާރުން މިހާރަށް މިނިވަން ކުރުމަށް […]
ތަރުބިއްޔަތަކީ ހަރުކަށިކަމެއް ނޫން އެއީ އަޅާލުމެއް: ވަޒީރު މާރިޔާ

ތަރުބިއްޔަތަކީ ހަރުކަށިކަމެއް ނޫން ކަމަށާއި އެއީ އެކަކު އަނެކަކަށް ދެވޭ އަޅާލުމެއް ކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. އޭގެ އިތުރުން އެކަމަނާ ވިދާޅުވެފައިވަނީ އިހުތިރާމަކީ ބަލިކަށިކަމެއް ނޫން ކަމަށާއި ހަގީގީ ބާރަކީ އެއީ ކަމަށެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ މި ކުޑަ ޖަޒީރާ ގައުމުގައި، އުޅެމުންމިދާ އެންމެންނަކީ އެއް އާއިލާއެއް ކަމަށެވެ. ”ކޮންމެ ކުއްޖަކަށްވެސް ރައްކާތެރިކަން ލިބުން ހައްގުވެގެންވާއިރު، ކޮންމެ ދޮށީ ބޭފުޅަކަށް ގަދަރު ދިނުން ހައްގުވެގެންވެއެވެ. އަދި […]
އައްޑޫ މޭޔަރުކަމަށް ޑރ. އަދީލް ވާދަކުރައްވަނީ

އައްޑޫސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާނޭ ކަމަށް ޑރ. އަހުމަދު އަދީލް ނަސީރު ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި އޭނާ ވިދާޅުވެފައިވަނީ ”ކުރިޔަށް އޮތް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރުމުގެ މަގްސަދުގައި ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅި ވާހަކަ އިއުލާންކުރަން،“ ކަމަށެވެ. މިކަމަށް އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުންނާއި ޕީއެންސީގެ މެންބަރުންނާއި އެކިކަންކޮޅުތަކުގައި ތިބި އާއިލީ/އެކުވެރި/ހެޔޮއެދޭ އެންމެހާ ފަރާތްތަކުގެ ތާއިދަށާއި އެހީތެރިކަމަށް އެދިވަޑައިގަންނަވާ ކަމަށް ޑރ. އަދީލް ވިދާޅުވެފައިވެއެވެ. ޑރ. އަދީލް ފާހަގަ ކުރެވިފައިވަނީ ތައުލީމީ ދާއިރާގެ […]
މެންބަރު މައުރޫފު ފަސްދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފި

މަސްވެރިންގެ ދުވަހު ބޮޑުކަންނެލި މަސްވެރިންގެ ޖަމިއްޔާއިން އިސްނަގައިގެން ބޭއްވި އިހުތިޖާޖުގައި ހައްޔަރުކުރި 4 މީހެއްގެ ތެރެއިން ތިން މީހަކު ބަންދުކުރުމަށް ލޯޓުން އަމުރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެމީހުންގެ ތެރެއިން ކޮންމެ މީހަކުވެސް ފަސް ދުވަހަށް ބަންދު ކުރުމަށް ނިންމީ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން ކަމަށެވެ. ބަންދުކުރަން ނިންމި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫދާއިރާގެ މެންބަރު މައުރޫފު ޒާކިރުވެސް ހިމޭނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. ”މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން […]
މައުރޫފުގެ ހައްޔަރަކީ ހުތުރުކަން ގެނުވައިދިން ހައްޔަރެއް: އިންތި

ރާއްޖޭގެ މަސްވެރިންގެ ދުވަހާއި ހިޔުމަން ރައިޓްސް ދުވަސް ފާހަގަ ކުރެވިގެން ދިޔައީރައްޔިތުންގެ މަޖިލީހުގެ ކެންދީ ދާއިރާގެ މަޖިލީސް މެންބަރު މައުރުފް ޒާކިރުގެ ހައްޔަރާ އެކުގައެވެ. މަސްވެރިންގެ ދުވަހާއި ހިޔުމަން ރައިޓްސް ދުވަސް ފާހަގަކުރެވިގެން އެދިޔައީ. މި ދެދުވަހަށް ވެސް ހުތުރުކަން ގެނުވައިދިން ހައްޔަރެއް މި ހައްޔަރަކީ! Free MP @MateyZakir NOW pic.twitter.com/XDSZR4NIH9 — 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) December 12, 2025 އޭނާ ހައްޔަރުކޮށްފައިވަނީ ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންއާއެކު ކަނޑުމަތީގައި އިހުތިޖާޖު ކުރަމުން ދަނިކޮށްނެވެ. އޭނާ […]
މަސްވެރީން ހައްޔަރުކޮށްފައިވަނީ ގާނޫނުއަސާސީއާ ޚިލާފަށް: އެމްޑީޕީ

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ދިވެހި މަސްވެރިންގެ އިސްނެގުމުގެ މަތިން މާލެ ސަރަހައްދުގެ ކަނޑުމަތީގައި ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖުގައި ބައިވެރިވި ބައެއް މަސްވެރީން ހައްޔަރުކޮށްފައި ވަނީ ގޫނޫނުއަސާސީއާ ޚިލާފަށް ކަމަށް އެމްޑީޕީން ބުނެފިއެވެ. އެޕާޓީން ބުނެފައިވަނީ އެ އިޖުތިޖާޖު ފުލުހުން ރޫޅާލައިފައިވަނީ ވެސް ބާރުގެ ބޭނުންކޮށްގެން ކަމަށެވެ. ބާރުގެ ބޭނުންކޮށް އިހުތިޖާޖު ރޫޅާލުމަށްފަހު ފުލުހުންވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ވެސ ހައްޔަރުކޮށްފައެވެ. މެންބަރާއި މަސްވެރިންތަކެއް ހައްޔަރު ކުރި ކުރުން ކުށްވެރިކުރާ […]
ސުންނީ އުރައަށް ނަގާ ޓެކްސް ބޮޑު ކޮށްފި

ޖަނަވަރީ މަހުން ފެށިގެން ޗައިނާއިން ކޮންޑޮމަށް ނަގާ ޓެކްސް ބޮޑު ކުރުމަށް ނިންމައިފިއެވެ. ބެއިޖިންގ އިން ބޭނުން ވަނީ ޗައިނާގެ އާބާދީ އިތުރު ކުރުމުގެ މަސއްކަތުގައ ރައްޔިތުން ބައިވެރިވާށެވެ. އެހެންވެ، ޗައިނާ މީހުންގެ ދަރިފަނި މަރުވިޔަ ނުދިނުމަށްޓަކައި 13 އިން ސައްތައިގެ ޓެކުހެއް ސުންނީ އުރައަށް ނެގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިދިޔަ އަހަރު ޗައިނާގައި ވިހާފައި ވަނީ 9.2 މިލިއަން ބޭބީ އެވެ. މިއީ 2019 އަށް ފަހު ޗައިނާ މީހުން ވިހާ އަދަދު އެންމެ […]
މަޔާމީގައި ޓްރަމްޕް އެހާ މަގްބޫލެއް ނޫން

މަޔާމީގެ މޭޔަރުކަމުގެ މަގާމު ކާމިޔާބު ކުރީ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުންނެވެ. ޑިމޮކްރެޓިކް ޕާޓީގެ އެއިލީން ހިގިންސް މޭޔަރުގެ މަގާމަށް އިންތިޚާބު ވުމުން ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް މީހުން ދިން ރައްދެއް ކަމަށް ބެލެވެއެވެ. ޓްރަމްޕްގެ ވެރިކަމުގައި ތަކެތީގެ އަގު ބޮޑުވެ، މުހާޖިރުންނާ ދެކޮޅަށް ސިއްރު ފުލުހުން ބޭނުންކޮށް މީހުން ވަގަށް ނެގުމުގެ ކަންކަން އާންމު ވެފައި ވެއެވެ. އަދި މިއީ ދެކުނު ފްލޮރިޑާގައި ސިޔާސީ ވިސްނުމަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމެކެވެ. މި […]
ޖެން ޒީ ބަލްގޭރިއާގެ ސަރުކާރު ވައްޓާލައިފި

ޔޫރަޕްގައި ޖެނެރޭޝަން ޒީގެ ޒުވާނުން އިސްކޮށް ހިންގި މުޒާހަރާއަކުން ހޯދި ފުރަތަމަ ކާމިޔާބީއަކީ ބަލްގޭރިއާގެ ސަރުކާރު ވައްޓާލުމުގައި ހޯދި ކާމިޔާބީއެވެ. މިއީ ޒަމާނަށް މޫލާފައިވާ ވެރިންނަށް ގޮން ޖަހައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުންގެ ހަރަކާތްތަކުން ކުރިއަށް ގެންދާ ރާޅެއްގެ ބައެކެވެ. މި ހަރަކާތުގެ މައިގަނޑު ސަބަބުތަކާއި ނަތީޖާތައް: ހަރަކާތް ފެށުނު ގޮތް މުޒާހަރާ ފެށި މައިގަނޑު ސަބަބަކީ، ސަރުކާރުން 2026 ވަނަ އަހަރަށް ހުށަހެޅި ބަޖެޓެވެ. މި ބަޖެޓަކީ ކޮރަޕްޓް ސިޔާސީ ވެރިންގެ ބާރު އިތުރަށް […]
މިހުރިހައި ކަމަކުން ދޭހަވަނީ، ކަލެއްގެ ކަށަކުޅަދުންވަންތަ ކަމެވެ.

ބަސްނުމޮށެވޭ ބުޅާ އޭގެ އާދައިގެ މަތިން ޤަޟާހާޖަތް ކުރުމަށް ފަހު ހަމަވަގުތުން ދުއްވައެއް ނުގަނެއެވެ. އަދި ކިއެއްތަ؟ އެތަނުން ދުރަށްދަނީ، އެސޮރު ބޭރުކުރި ނަޖިހުގެ މައްޗަށް ވެލި އަޅާ ފޮރުވާލުމަށްފަހުގައެވެ. ބަސްނުމޮށެވޭ މި ކުޑަ ކުޑަ ހައިވާނަށް ރީތި ގޮތާއި، ހުތުރު ގޮތް އެނގުނީ ކިހިނަކުން ހެއްޔެވެ؟ ބައެއް ފަހަރު އެސޮރު ސާހިބުމީހާގެ ސުފުރާއިން މަސްކޮޅެއް ވަގަށް ނަގާފާނެއެވެ. އޭރުވެސް އެސޮރުގެ ދެލޮލުން އެކުރެވުނު ކުށުގެ އިހްސާސްތައް ފެންނަން ހުރެއެވެ. ސާހިބުމީހާ ބަލައިލުމާއެކު ފަހަތައް ސޮއްސާލަނީ އެހެން […]
