ބްރިޓިޝް އެއަރވޭޒްގައި ގިފިލި ބަލައިފާނެ ކަމުގެ ބިރު

ބްރިޓިޝް އެއަރވޭޒްގެ ބޯއިން 747 މަރުކާގެ އުދުހޭ ބޯޓުތަކުގައި އަންހެނުންގެ ގިފިލި ބަލައިފާނެ ބިރު އޮތް ކަމަށް ބުނެ ޝަކުވާ ކޮށްފިއެވެ. ބްރިޓިޝް އެއާވޭޒްގެ ފަސްޓް ކްލާސްގައި ދަތުރުކުރާ ފަސިންޖަރުން ބޭނުން ކުރާ ގިފިލިއަށް ވަނީ ބަދަލު ތަކެއް ގެނަސްފައެވެ. މިހާރު ގިފިލި ބޮޑުކޮށްފައިވާއިރު ކުޑަ ދޮރުތަކުގައި ފަރުދާ ލާފައެއް ނުވެއެވެ. ބްރިޓިޝް އެއާވޭޒްގެ އުދުހޭ ބޯޓެއްގައި ނިއުޔޯކަށް ދަތުރުކުރި އިނގިރޭސި އަންހެނަކު ވަނީ މިފަދަ ކުޑަދޮރުތަކުގައި ފަރުދާ ނެތުމުން ގިފިލި ބަލައިފާނެ ކަމަށް ބުނެ ނުތަނަވަސްކަން […]

ޗެޓްޖީޕީއަށް ޔަހޫދީ ތަރުބިއްޔަތެއް ދެނީ

މަސްނުއީ ބުއްދި (މަބުގެ)ގެ ވަސީލަތެއް ކަމަށްވާ ޗެޓްޖީޕީޓީ ހަމަބުއްދިން ވިސްނައި ތެދުބަހުން ވާހަކަ ދައްކާތީ އެސޮރަށް ޔަހޫދީ ތަރުބިއްޔަތެއް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޖެނޮސައިޑް ހިންގާ ބާގައިގެ މީހުންނަށް ހެޔޮބަސް ބުނެ، މައުލުމާތު އޮޅުވާލައި ފަސާދަ އުފައްދުމަށް ދަސްކޮށްދޭން އިސްރާއީލުން ވަނީ 6 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިހާރު ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް މަބުގެ ނިޒާމުތަކުގައި ހިމެނޭ ޗެޓްޖީޕީޓީއަށް ޔަހޫދީ ތަރުބިއްޔަތު ދިނުމަށްފަހު އެސޮރު ވިސްނައި ބަސްމޮށެ އުޅޭނީ […]

ފަހު ޒަމާނުގެ އަލާމާތެއް: ޔޫއޭއީގައި ފެންބޮޑުވުން

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ކާރިސާއެއް ކުރިމަތިވެއްޖެއެވެ. ދުބާއީއަށް ބުރާސްފަތި ދުވަހުގެ ރޭ ފެށިގެން ބޯކޮށް ވާރޭވެހިފައި ވެއެވެ. އަބޫދާބީއަށްވެސް އެވަރަށް ވެހިފައި ވެއެވެ. އެކަމުގެ ސަބަބުން ސިޓީތަކުގައި ފެންބޮޑުވެ، އާންމު ދިރިއުޅުމަށް ބުރޫ އަރާފައި ވެއެވެ. ބައެއް އަޑި ހިސާބުތަކުގައި ފެންގަނޑު ވަނީ ކާރުގެ މަތިން އަރާފައެވެ. ޕްރައިވެޓް ކުންފުނިތަކާއި ސަރުކާރުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އަންގާފައިވެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގޮނޑުދޮށްތަކާއި، ޕާކުތަކާއި، ފަތުރުވެރިކަމުގެ ތަންތަން ވަގުތީ […]

ކިމް ޖޮން އުންގެ ދައްތަގެ އަގު ބޮޑު ފޯނު

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ދައްތަ ކިމް ޔޯ ޖޮންގްގެ ތިއްތި ފޯނު ފެނިގެން މީޑިއާގައި އެވާހަކަ އެނބުރެން ފަށައިފިއެވެ. މިކަން ހާމަވެފައިވަނީ އަލަށް ހުޅުވި ހަސްފަތާލެއް ބައްލަވައިލެއްވުމަށް ރަސްމީ ވަފުދަކާއެކު އެކަމަނާ ވަޑައިގެންނެވި ދަތުރެއްގެ ތެރެއިންނެވެ. މިފަދަ ފޯނަކީ އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އުތުރު ކޮރެއާއަށް ވެއްދުން މަނާތަކެއްޗެވެ. މި ފޯނަކީ ޗައިނާގެ ”އޮނަރ“ ކުންފުނިން އުފައްދާފައިވާ ”އޮނަރ މެޖިކް ވީ3“ (Honor Magic V3)  މަރުކާގެ ފައްޖަހާލެވޭ ފޯނެކެވެ. މި […]

ވެރިމީހާއަށް ލިބޭ ހަދިޔާތައް ބެހެއްޓުމާއި ނީލަން ކިޔުމާ ދެމެދު

މެލޯނީއަށް ލިބިވަޑައިގަތް ޑިޕްލޮމެޓިކް ހަދިޔާތައް ނީލަމުގައި ވިއްކާލަންނިންމަވައިފިއެވެ. ރަސްމީ ދަތުރުފުޅުތަކުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންގެ ފަރާތުން އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއަށް ލިބިވަޑައިގެންފައިވާ ޑިޕްލޮމެޓިކް ހަދިޔާތައް ނީލަމުގައި ވިއްކާލައްވައި، އެއިން ލިބޭ އާމްދަނީ ޚައިރާތަށް ހޭދަކުރުމަށް ނިންމެވިކަން އެކަމަނާ އިއުލާނު ކުރައްވައިފިއެވެ. މިކަން ފެށުނީ އިދިކޮޅު މެންބަރެއް ކަމަށްވާ ފްރެންޗެސްކޯ ބޮނިފަޒީ، މެލޯނީ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ލިބިވަޑައިގަތް ހަދިޔާތަކުގެ ލިސްޓެއް ހާމަކުރުމަށް އެދިވަޑައިގަތުމުންނެވެ. ބޮނިފަޒީ ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް 270 ހަދިޔާ މެލޯނީއަށް ލިބިވަޑައިގެންފައި ވާނެއެވެ. […]

ކަންދެއްކުމަކީ، ދީނުގައި ނަހީކޮށްފައި އޮންނަ ކަމެކެވެ.

ކަންދެއްކުމަކީ، ދީނުގައި ނަހީކޮށްފައި އޮންނަ ކަމެކެވެ. އެކަމަކު މިވެރިންގެ އަޚުލާގު ބައްޓަން ކުރަން އެމީހުންނަށް ކޮން ދީނެއް ހެއްޔެވެ؟ މުއްސަނދިކަމާއި ފައިސާގެ ގޮތުން އެހެން މީހުންނަށްވުރެ މަތިވެރިކަން ދެއްކުމަކީ، އަބަދުވެސް ސާދާގަރުން ކުރާ ކަންކަމެވެ. އެއަށް ފާޑުކިޔައިފިނަމަ ކޮންމެ ގާރޫނަކުވެސް ބުނާނީ ތިމަންގެ މުއްސަނދިކަމާ ހެދި ތިބާ މޭކަރަންވީ ކީއްވެގެން ހެއްޔެވެ! ދޮގެއްވާ ނޫނެވެ! ދިރިއުޅުމުގެ ގޮންޖެހުންތައް ހުރެ، އިޤްތިޞާދީ ގޮތުން ބޮޑެތި ތަފާތުތައް ހުންނައިރު މުއްސަނދިންގެ ކަންދެއްކުމަށް މީހުން ފާޑު ކިޔާނެއެވެ. އެކަން ގަބޫލުކުރަން ވާނެއެވެ. […]

މެޑެލި ބަރި ލިބިފައި ނެތަސް ހަގީގީ ފިރިހެނުން

ތިބާއަކީ މައުލޫމާތުގެ ރަސްމަގުގައި އަތްފުނާ އަޅައި އުޅޭ މީހެއް ކަމުގައި ވާނަމަ މި ފޮޓޯ ތިބާގެ ކުޑަ އިސްކިރީނާއި ބޮޑު އިސްކިރީންގައި އައިސްގޮސްފައި ވާނެއެވެ. ހިނދު ކޮޅަކަށް ކަޅި ހުއްޓާލައިގެން މި ފޮޓޯއާ މެދު ވިސްނާލުމަށް ސިކުނޑިއަށް ވަގުތުކޮޅެއް ދެމާ ހެއްޔެވެ؟ މި ތަސްވީރުގެ ފަހަތުގައި ވާކަންކަން ސާދާ ބަސްތަކަކުން މިކިޔައި ދެނީއެވެ. ތަނަކީ ޣައްޒާއެވެ. ތާރީޚަކީ 29 އޮކްޓޫބަރު 2000 ވަނަ އަހަރެވެ. ޔައުނީ، މީގެ 25 އަހަރު ކުރިއެވެ. ފޮޓޯގައި މިފެންނަ ފިރިހެން ބަޠަލަކީ، […]

ފެންނަމުންދަނީ ބަހާރު މޫސުމުގެ ތެރެއަށް އެމްޑީޕީ ވަދެގެންދާތަން: ސައްޕެ

މިހާރު ފެންނަމުންދަނީ ބަހާރު މޫސުމުގެ ތެރެއަށް އެމްޑީޕީ ވަދެގެންދާތަން ކަމަށް އެޕާޓީގެ ފައުންޑަރިން މެންބަރެއް ކަމަށް އަހުމަދު ޝަފީގު ވިދާޅުވެއްޖެއެވެ އޭނާ މިހެން ވިދާޅުވީ ލޯކަލް ކައުންސިލް ކެންޕޭނުގައި ރައީސް ނަޝީދާއި ރައީސް ސާލިހު ގުޅިގެން މަސައްކަތް ކުރައްވާނޭ ކަމަށެވެ. އެއީ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ”ރަންރީދޫ ބޮޑު ބިޔަލަޝްކަރަށް ރޯޝަންކަމާއި އުޖާލާކަން ލިބިގެންދަނީ ! ރަންޒަމާނަކަށް އެމްޑީޕީ ފައްކާވަނީ،“ އޭނާ ވިދާޅުވެފައިވެއެވެ. ސައްޕޭ ވިދާޅުވަމުން ގެންދެވީ ރައީސް ނަޝީދާއި […]

އަލީ އާޒިމްގެ މޭޔަރު ކަމުގައި މާލެ ބަދަލުކޮށްލާނެ: ރައީސް ނަޝީދު

އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވަފައިވާ ކެންޑިޑޭޓުންގެ ތެރެއިން އަލީ އާޒިމް މޭޔަރު ކަމަށް ހޮވައިފި ކަމަށްވާނަމަ އޭނާ މުޅި މާލެ ބަދަލުކޮށްލާނޭ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭއަށް ވެހޭ ފެން ހިންދާލާނޭ ގޮތް އަލީ އާޒިމަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މާލެސިޓީ އެންމެ ރީތި އެއްސިޓީގެ ގޮތުގައި ތަރައްގީ ކުރާނޭ ގޮތުގެ ވިސްނުން ވެސް އަލީ އާޒިމްގެ އެބަހުރި […]