އެމްޑީޕީގެ މެންބަރުންނާ ބައްދަލުކޮށްފައިނޫނީ ދުލެއް ނުކުރާނަން: ސައްޕެ

އެމްޑީޕީގެ މެންބަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށް މެންބަރުންގެ ޖޯޝާއި ފޯރި ގަދަކުރުމަށްޓަކައި ޕާޓީގެ އެންމެހާ މެންބަރުންނާ ބައްދަލުކޮށް ސަލާމް ކުރުމަށްފަހު ނޫނީ (އިރާދަކުރެއްވިއްޔާ)“ދުލެއް ނުކުރާނަން“ ކަމަށް އެޕާޓީ ފައުންޑިން މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. ސައްޕެ ވިދާޅުވީ އޭނާއާއި އޭނާގެ ޓީމުގެ އަޒުމަކީ މިކަން މިގޮތަށް ނުކޮށް ދުލެއް ނުކުރުން ކަމަށެވެ. މިކަން ކުރުމަށްޓަކައި (އެމްޑީޕީ ވަރުގަދަ ކުރުމަށް) އެންމެންވެސް ތިބޭނީ ”އެކުގައި ގަދަކޮށް“ ކަމަށެވެ. މި ”މަސައްކަތްތަކުގެ ތެރެއިން އެމްޑީޕީގެ […]

ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންގައި ޓްރަމްޕްގެ މަސްލަހަތު

ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަން ވިއްކާލަނީ އިޒްރޭލާ ގާތް ގުޅުމެއް އޮންނަ އޮރެކަލްގެ ސިލްވަރ ލޭކް ކުންފުންޏަށާއި އަބޫދާބީގެ ސޮވަރިން އޭއައި ފަންޑް އެމްޖީއެކްސް އަށެވެ.  މި އެއްބަސްވުމުގައި ސޮއި ކުރާނީ 22 ޖެނުއަރީ 2026 ގަ އެވެ. އެތެރޭގެ މެމޯއެއްގައިވާ ގޮތުން އާ އިންވެސްޓަރު ގްރޫޕުގެ މިލްކުވެރިއަކަށް ވާނީ އެމެރިކާއާއި ޔޫއޭއީންނެވެ. މި ދެ ފަރާތަށް 50 ޕަސެންޓު ލިބޭނެއެވެ. މިހާރުގެ އޯނަރު ބައިޓްޑާންސްގެ އިންވެސްޓަރުންނާ ގުޅުން ހުރި ކުންފުނިތަކަށް 30.1 ޕަސެންޓެވެ. އަދި ޗައިނާގެ ބައިޓްޑާންސް […]

މިސްރުގެ ނުސީދާ އިންޒާރު ޔޫއޭއީއަށް

ސޫދާންގައި އެއްވެސް ބޭރުގެ ފަރާތަކުން ހުރަސްކޮށްގެން ނުވާނެ ރަތް ރޮނގުތަކެއް ހުރިކަމަށް ބުނެ މިސްރުން ނުސީދާ އިންޒާރެއް ދީފިއެވެ. މިސްރުގެ އިންޒާރު އައިސްފައި ވަނީ ބުރާސްފަތި ދުވަހު މިސްރުގެ ރިއާސީ ގަނޑުވަރުން އިއުލާން ކުރި 6 ނުކުތާގެ ބަޔާނެއްގައެވެ. މިސްރުން މިބަޔާން ނެރެފައި ވަނީ ސޫދާންގެ އިންތިގާލީ މަޖިލީހުގެ ރައީސް ރަބްދުލްފައްތާޙު ބުރުހާން އާއި މިސްރުގެ ރައީސް އަބްދުލްފައްތާޙު ސީސީއާ ބައްދަލު ކުރެއްވުމަށްފަހުއެވެ. މިސްރުން ތާއީދު ކުރަނީ ސޫދާންގެ ސިފައިންނަށެވެ. ސައޫދީ އަރަބިއްޔާއިންވެސް ތާއީދުކުރަނީ ސޫދާން ސިފައިންނަށެވެ. […]

އިސްރާއީލު ބަނޑަށް ޖެހުމުން ސަލާމަތް ކޮށްދިނީ މިސްރު

ފަލަސްޠީނަށް ސަޕޯޓު ކުރާ މީހުން ޒަޔަނިސްޓުންނަށް ވާގިވެރިވާ އުފެއްދުންތައް ބޯއިކޮޓްކޮށް، ޒަޔަނިސްޓުނަށް ވިޔަފާރި ދިނުމަށް ދެކޮޅު ހަދަމުން ދަނިކޮށް މިސްރުން އިސްރާއީލުގެ އިގްތިސާދު ދިރުވައިފިއެވެ. މިސްރުން ވަނީ ހިފާފައިވާ ފަލަސްޠީނުގައި ވެރިކަން ކުރާ ޖެނޮސައިޑް ބާގައިގެ މީހުންނާއެކު 35 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ޒަޔަނިސްޓު ބާގައިގެ މީހުން ހިފާފައިވާ ފަލަސްޠީނުގެ ގޭސް މިސްރަށް ވިއްކާނެއެވެ. ”އިސްރާއީލުގެ ތާރީހުގައި ވެސް ސޮއިކޮށްފައިވާ އެންމެ ބޮޑު ގޭސް އެއްބަސްވުން“ ޒަޔަނިސްޓު ބާގައިގެ ބޮޑު […]

އިސްކޮޅުން ދިގު ރައީސަކާއި ކުރު ބޮޑު ވަޒީރެއް

އިޓަލީވިލާތުގެ ބޮޑު ވަޒީރާ ޖޯޖިއާ މެލޯނީ މޮޒަމްބީކްގެ ރައީސް ޑެނިއެލް ޗާޕޯއާ ބައްދަލު ކުރެއްވި އިރު ދެ ބޭފުޅުންގެ އިސްކޮޅުގެ ތަފާތު ފާހަގަ ކުރެވިގެން އެވާހަކަ މީޑިއާގައި އަނބުރަން ފަށައިފިއެވެ.

އިލޮން މަސްކުގެ ފެންވަރު ދެރަ ސެޓެލައިޓުތަކުގެ ނުރައްކާ

ގިނަ އަދަދެއްގެ ސެޓެލައިޓްތައް ދުނިޔޭގެ މަދާރުގައި ބަހައްޓައިގެން މުވާސަލާތީ ޚިދުމަތް ދޭ ސްޓާލިންކު ކުންފުނީގެ ސެޓެލައިޓެއް ކޮންޓްރޯލުން ބޭރުވެއްޖެއެވެ. މަސްކުގެ ކުންފުނިން އުފައްދާފައިޥާ ފެންވަރު ދެރަ ސެޓެލައިޓް ދުނިޔެއަށް މިސްރާބު ޖަހާފައިވާ ކަމަށް ބުނެއެވެ. ސްޓާލިންކުން ދަނީ ނާސާއާ ގުޅިގެން މިސެޓެލައިޓް ވެއްޓޭނެ ދިމާ ބަލަމުންނެވެ. ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް ބުނެއެވެ. އަދި މި ސެޓެލައިޓް ދުނިޔޭގެ ފަށަލައަށް ވަންނައިރު އަނދައިގެން ދާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ. މީގެ އިތުރުން މި ސެޓެލައިޓް ތިރީ މަދާރެއްގައި […]

ފުލުހުން ރަޝީދާގެ ގެ ބަލައި ފާސްކޮށްފި

ފްރާންސްގެ ފުލުހުން އެގައުމުގެ ސަގާފަތާ ބެހޭ ވަޒީރު ރަޝީދާ ދާތީގެ ގެއާއި އޮފިސްތައް ބަލައި ފާސްކޮށްފިއެވެ،. ރަޝީދާއަށް ތުހުމަތު ކޮށްފައި ވަނީ ޔޫރަޕްގެ ޕާލަމެންޓްގައި މެމްބަރަކަށް ހުންނެވިއިރު ރިޝްވަތު ހޯދުމާއި މަނީލޯންޑާ ކުރެއްވި ކަމަށެވެ. މިއީ އަލްޖަޒާއިރުގެ ދަރިކޮޅުގެ ބޭފުޅެކެވެ.

މޮރޮކޯ ރަސްގެފާނުގެ ކައިވެނީގައި އެޕްސްޓީން

މޮރޮކޯގެ މިހާރުގެ ރަސްގެފާނު މުހައްމަދު 6 ވަނަގެ ކައިވެނީގެ ހަފްލާއަށް އެމެރިކާގެ އެއިރުގެ ރައީސް ބްލިން ކްލިންޓަން ރަސްމީ ދައުވަތެއް ނެތި، އޭނާގެ މެހުމާނުންގެ ގޮތުގައި ދައްލާލް ޖެފްރީ އެޕްސްޓީން އާއި އޭނާގެ ބައިވެރިޔާ ގިސްލޭން މެކްސްވެލް ގެންދިޔަކަން ބޭޒާރުވުމުން އޭނާގައި އެކަމާ މެދު ބަހުސްކުރަން ފަށައިފިއެވެ. ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކްލިންޓަންއާއި މުހައްމަދު 6 އާ ދެމެދު ގުޅުން ބަދަހިވީ އެހާދިސާގެ 3 އަހަރު ކުރިން ހަސަން ރަސްގެފާނުގެ ޖަނާޒާއަށް ކްލިންޓަން ވަޑައިގަތުމުންނެވެ. އެމރިކާ […]

ސައޫދީ ފޭކް ޕްރިންސް ލުބުނާން ލީޑަރުންނަށް ލަނޑުދީފި

ލުބުނާނުގެ ގަރާޖެއްގައި މަސައްކަތް ކުރާ މީހަކު ސައުދީ ޕްރިންސަކަށް ހެދިގެން ލުބުނާންގެ އެންމެ މަތީ ފަންތީގެ ސިޔާސީ ލީޑަރުންނަށް ލަނޑުދީފިއެވެ. މިމިހާ އުޅުނީ ސައޫދީ ޕްރިންސް ’އަބޫ ޢުމަރު‘ ގެ ނަމުންނެވެ. އޭނާ ވާހަކަ ދެއްކީ ފޭކލް ސައުދީ ބަދަވި ބަހުރުވައަކުންނެވެ. ލުބުނާންގެ ސިޔާސީ ލީޑަރުން މިމީހާގެ ދަންތުރައިގައި ޖައްސައިގެން ގެންގުޅެން ފެށީ މީގެ 10 އަހަރު ކުރިންނެވެ. އޭނާއަށް މި ކަމުގައި އެހީ ވެދިނީ ކުރިން ޝަރުއީ މައުޒޫނަކަށް އުޅުނު ޝޭޚު ޚަލްދޫން އަރީމާތު ކެވެ. […]