ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފު އިސްތިއުފާ ދެއްވައިފި

ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފު އަބްދުއްރަހީމް އެމަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. މިކަމާ ގުޅިގެން ޑރ. އަޝްރަފަށް ގުޅާލުމުން އިސްތުއުފާ ދެއްވިކަން ވަނީ ޔަގީން ކޮށްދެއްވައިފައެވެ. އެހެންނަމަވެސް ސަބަބެއް ވިދާޅެއް ނުވެއެވެ. މުދައްރިސެއްގެ ގޮތުގައި އެތައް ދަރިވަރުންނެއްގެ ލޯބި ހޯއްދަވައިފައިވާ ޑރ. އަޝްރަފު އެކަޑަމީއާ ހަވާލުވެ ވަޑައިގެންނެވީ 2021 ވަނަ އަހަރު އޮގަސްޓް މަހުގައެވެ. ޑރ. އަޝްރަފަކީ ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. މޮޅު އަދީބެކެވެ. އަދަބީ ފާޑުކިޔުއްވުންތަކަށް އަރާހުންނެވި ބޭފުޅެކެވެ. އޭނާގެ ދަރިވަރުންނަށް އަބަދުވެސް ދެއްވާ […]
”ޕްރޮޖެކްޓް އައިލާ“ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ކަނޑައަޅުއްވައިފި

”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ކަނޑައަޅުއްވައިފި ކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ. ދިވެހިރާއްޖޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ގެ ގޮތުގައި ގާއިމުކުރާ ”ސަސްޓެއިނަބަލް ޓައުންޝިޕް“ ތަކުގައި އިންވެސްޓް ކުރުމުގެ އެންމެ ކުޑަ އަދަދު، 10 ނޮވެންބަރު 2025 ގައި ޢަމަލުކުރަން ފެށި ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އަށް 1 ވަނަ އިސްލާޙު ގެނައުމުގެ […]
ބަނގުރާ އުފައްދައި، އޭގެ ވިޔަފާރިކުރަމުންދިޔަ ފަސްމީހަކު ހައްޔަރު ކޮށްފި

ބަނގުރާ އުފައްދައި، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި ފަސް މީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިއީ އިންޑިއާގެ ފަސް މީހެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މީހުން ހައްޔަރު ކޮށްފައިވަނީ މި ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. ”އެ މީހުން ހައްޔަރުކޮށްފައިވަނީ […]
ސަތޭކައާ ގާތްކުރާ އަދަދަަކަށް މަސާޖުޕާލާތައް ބަންދުކޮށްފި: ރައީސް

މިހިނގާ ޑިސެންބަރު ނުވައެއްގައި ފެށި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 96 މަސާޖުޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާޙިޝް ޢަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން މަސާޖު ޕާލާތައް ހިންގަމުންދާ ކަމަށެވެ. އެހެންވެ އެފަދަ ތަންތަން ބަންދު ކުރުމަށް 9 ޑިސެންބަރު 2025 ގައި ”ފެށި އޮޕަރޭޝަން ގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ވަނީ […]
މުވައްޒަފުން ހެދުންއަޅާގޮތް ބަދަލުކުރަނީ ރައްޔިތުން ކޮންޓްރޯލްކުރަން: ފަޔާ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ހުރިހާ ކަމެއް ކުރައްވަމުން ގެންދަވަނީ ޚުދުމުޚުތާރުކަން ދައްކަވައި ރައްޔިތުންގެ މައްޗަށް ވެރިވެގަތުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައީސް ސާލިހުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިހެން ވިދާޅުވީ ސަރުކާރުން ސިވިލް ސާވިސް ގަވާއިދު ބަދަލުކޮށް މުވައްޒަފުން ހެދުން އަޅާ ގޮތް ބަދަލުކުރަން ސަރުކާރުން ނިންމަވައި އެކަން ކުރައްވަން ފެށްޓެވުމުން އެކަމުގައިހުރި ބައެއްކަންކަމަށް ފާޑުވިދާޅުވެ ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ މިއީ […]
ހިމަރަދޫ މީހުން ބަދަލުކުރަނީ އިންތިޚާބަށް ނުފޫޒު ފޯރުވަން: އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ދިމާކޮށް ހދ. ހިރިމަރަދޫ މީހުން އެއަތޮޅު ހަނިމާދުއަށް ބަދަލުކުރަން ނިންމީ މި ސަރުކާރުން އެ އިންތިހާބުގެ ނަތީޖާއަށް ނުފޫޒުފޯރުވުމަށް ކަމަށް އެމްޑީޕީން ބުނެފިއެވެ. އެޕާޓީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިއީ ހދ. ހިރިމަރަދޫ އަދި ހދ. ހަނިމާދޫގެ އެންމެހާ ރައްޔިތުންގެ އިންތިޚާބީ ހައްޤާއި، ލާމަރުކަޒީ އުސޫލުން ރަށް ހިންގުމުގެ ހައްޤާއި މިނިވަން ޑިމޮކްރެޓިކް އިންތިހާބެއްގައި ވޯޓުލުމުގެ ހައްގަށް ހީނަރުކަން އަންނާނޭ ކަމެއް ކަމުގައި ގަބޫލުކުރާ […]
ޕީ.އެސް.އައި.ޕީ. މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ހަލުއިވާން ފަށައިފި

ފަތުރުވެރިކަމުގެ ދާއިރާގެ ތަކެއްޗާއި ޚިދުމަތްތަކުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ.) އިތުރުވުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ޕީ.އެސް.އައި.ޕީ. މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ހަލުއިވާން ފަށާފައިވާ ކަމަށް 18 ޑިސެމްބަރ 2025 ގެ ނިޔަލަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނެފިއެވެ. 18 ޑިސެމްބަރ 2025 ގެ ނިޔަލަށް، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ ވަނީ 36.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ، 2024 […]
ކޮޅުމަޑުލުން ފެށިގެން އައްޑުއަށް ހުދުސަމާލު ނެރެފި

ތ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށް ހުދުސަމާލު ނެރެފިއެވެ. މެޓުއޮފީހުން ވިދާޅުވީ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އަށް ކަމަށެވެ. މިވަގުތުގައި ބޯކޮށް ވާރޭވެހޭނެ ކަމަށާއި އަދި ގުގުރާނޭ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ. ވިލާގަޑުގައި 45 މޭލަށް ވައިގަދަވާނޭ ކަމަށް ލަފާކުރައްވާފައި ވެސް ވެއެވެ. މިއީ ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ދުވަސް ކޮޅެކެވެ. އެހެން ކަމުން ކަނޑުދަތުރު ކުރުމުގައި ސަމާލުވާންޖެހެއެވެ.
ބޭރުގައި ކިޔަވާ ދިވެހި ކުދިންނަށް ފައިސާ ނުލިބޭ: ޝާހިދު

ދައުލަތުގެ ސްކޮލަޝިޕް/ލޯނުގައި ބޭރަށް ފޮނުވި ކުދިންނަށް (ވަޢުދުވެވަޑައިގެންނެވި ފައިސާ) ނުލިބޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވެފައިވަނީ އެފަދަ ކުދިންނަށް ޓިއުޝަން ފީ އާއި ސްޓައިޕެންޑް ނުލިބިގެން ކޯސް ކެންސަލްވެފައި ތިބި ކުދިން އެބަތިބި ކަމަށެވެ. މިކަންކަމާ ގުޅިގެން ”މިނިސްޓްރީއަށް ގުޅަނީ – ފޯނަށް ޖަވާބެއް ނުދޭ ނުވަތަ ”މިބަލަނީ“ ވިދާޅުވޭ،“ މީޑިއާއިން ސުވާލުކޮށްފިއްޔާ އެއީ ދޮގެއް ކަމަށާއި އެފަދަ ކަމެއް ނުހިނގާ،“ ކަމަށް ބުނެ […]
ސަރުކާރުތެރޭގައި އޮތީ ދެބުޅަލުގެ އަރާރުން: ޝާހިދު

ނިމިގެން މިދާ 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިޔަސް އަހަރު ނިންމާލީ އެންމެ ގައުބުރިއެއް ވެސް ނުބާއްވައި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިޅުވެއްޖެއެވެ. ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ނިމިގެން މިދާ އަހަރު މިސަރުކާރުން ”އެންމެ ގާބުރިއެއްވެސް އެންމެ އުވަހަންޖެއްވެސް ނުބާއްވާ. 2025 ވަނަ އަހަރަކީ ބޯހިޔާވަހި ކަމުގެ އަހަރެއް ކަމުގައި ރައީސް އިއުލާންކުރެއްވި.މުޅި ރާއްޖެއަށް ބޯހިޔާވަހިކަން ދެއްވާނެކަމުގައި ވިދާޅުވި 50.56 ބިލިއަން ރުފިޔާގެ […]
