ޔަމަނުގެ މައްސަލައިގައި ސައުދީ އާއި ޔޫއޭއީގެ ގުޅުން

ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާ ދެމެދު އޮތް ގުޅުން ގޯސްވެ، ޔަމަނުގެ ހަނގުރާމައިގެ ތެރެއިން ދެ ގައުމުގެ މެދުގައި އޮތް އިތުބާރު ކުޑަވެފައިވާކަން ހާމަވެއްޖެއެވެ. މިކަން ބޮޑަށް ފާހަގަވެގެން ދިޔައީ ޔޫއޭއީން ތާއީދުކުރާ ސަަަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ) އަށް އަމާޒުކޮށް ސައުދީން ދިން ހަމަލާއަކާ ގުޅިގެންނެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ކުރިމަތިލުމުން ފެންނަނީ އަބޫދާބީން ސަރަހައްދީ ގޮތުން ގެންގުޅޭ މިނިވަން ހަންފެތުރުމުގެ އެޖެންޑާއާ މެދު ރިޔާޟުން ކަންބޮޑުވާ […]

އެމެރިކާ މިސްރާބު ޖަހަނީ ކޮން ދިމާއަކަށް ބާ؟

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް، މިނިއަޕޮލިސްގައި އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އައިސް އޭޖެންޓަކު ބަޑިޖަހައި މީހަކު މަރާލި ހާދިސާއާ ގުޅިގެން މީޑިއާން އަމަލުކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ބުރާސްފަތި ދުވަހު ވާހަކަދައްކަވަމުން ވެންސް ވަނީ އެ ހާދިސާގެ ރިޕޯޓިންއަކީ ”ބޮޑު ލަދުވެތި އަމަލެއް“ ގެ ގޮތުގައި ސިފަކުރައްވާފައެވެ. މި ހާދިސާ ހިނގާފައިވަނީ އައިސް އިން ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި، އުމުރުން 37 އަހަރުގެ ރެނީ ނިކޯލް ގުޑް ދުއްވަން އިން އުޅަނދަށް އޭޖެންޓުން ބަޑިޖަހައި […]

އެމެރިކާގެ ރަބީއު ފަށައިފި

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް، މިނިއަޕޮލިސްގައި އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އައިސް އޭޖެންޓަކު ބަޑިޖަހައި މީހަކު މަރާލި ހާދިސާއާ ގުޅިގެން މީޑިއާން އަމަލުކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ބުރާސްފަތި ދުވަހު ވާހަކަދައްކަވަމުން ވެންސް ވަނީ އެ ހާދިސާގެ ރިޕޯޓިންއަކީ ”ބޮޑު ލަދުވެތި އަމަލެއް” ގެ ގޮތުގައި ސިފަކުރައްވާފައެވެ. މި ހާދިސާ ހިނގާފައިވަނީ އައިސް އިން ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި، އުމުރުން 37 އަހަރުގެ ރެނީ ނިކޯލް ގުޑް ދުއްވަން އިން އުޅަނދަށް އޭޖެންޓުން ބަޑިޖަހައި […]

ތަރުތީބު ގެއްލިފައިވާ މާލެ ތަރުތީބު ކުރުން ޢަލީ ޢާޒިމަށް ޗެލެންޖެއް؟

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓު ޢަލީ ޢާޒިމަށް އެ މަގާމް ލިބިއްޖެ ކަމަށްވާނަމަ މާލޭ ތަރުތީބު ކުރުމަކީ އޭނާގެ ވަރަށް މުހިންމު ލަނޑުދަނޑިއެކެވެ. މާލޭގެ ހުރިހާ ކަމެއްހެން މިހާރުވަނީ ތަރުތީބު ގެއްލިފައެވެ. ޚާއްސަކޮށް މަގުތަކުގައި ތަރުތީބެއް ނެތެވެ. އަމާންކަން ވަނީ ގެއްލިފައެވެ. ހިނގާ މީހުންނަށް ރައްކާތެރިކަމެއް ނެތެވެ. ދުއްވާ މީހުންނަށް ރައްކާތެރި ކަމެއްނެތެވެ. މުދާބަލާ އަރުވާ މީހުންނަށް ހަމަޖެހުމެއްނެތެވެ. އޭނާ މޭޔަރު ކަމަށް ވަޑައިގަންނަވަނީ މިކަންކަން ހައްލުކޮށް މާލޭގައި އުޅޭ މީހުންނަށް […]

މާލެ ސްމާޓު ސިޓީއަކަށް ބަދަލު ކުރެވޭނެ: ޢަލީ ޢާޒިމް

މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ޢަލީ ޢާޒިމް ވަރަށް ތަފާތެވެ. އޭނާ ވިދާޅުވީ ނުވާނޭ ކަމެއް ނޯންނާނޭ ކަމަށެވެ. ހުރިހާކަމެއް ވެސް ވާނޭ ކަމަށެވެ. ކަމެއް ނުވާނޭ ވާހަކަ އޭނާ ގާތުން ދައްކައިގެންވެސް ނުވާނެެއެވެ. މާލޭ ސިޓީ މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ބަދަލު ނުކުރެވޭނޭ ވާހަކަ އެއްވެސް މީހަކު ދައްކައިގެން ނުވާނޭ ކަމަށް ވިދާޅުވިއެވެ. އޭނާގެ ތަސައްވުރަކީ އޭނާގެ މޭޔަރުކަމުގެ ދަށުން މާލެ ސްމާޓު ސިޓީއަކަށް ބަދަލުކުރުމެވެ. އެގޮތުން […]

ޢަލީ ޢާޒިމް މާލޭސިޓީގެ  މޭޔަރު ކަމަށް: ބޯހިޔާވަހިކަން!

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭސިޓީގެ މޭޔަރުކަމަށް އެމްޑީޕީ ޓިކެޓަށް ވާދަކުރައްވާ އެއްބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވާރު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ޢަލީ ޢާޒިމެވެ. އޭނާ ވަނީ ފަންސަވީސް އަހަރު ގައުމަށް ޚިދުމަތް ކޮށްދެއްވައިފައެވެ. މާލޭގެ މޭޔަރުކަމަށް އޭނާ ހޮވައި ދެއްވައިފި ކަމަށްވާނަމަ ކޮށްދެއްވާނޭ މުހިންމު ކަންކަން މިހާރުވެސް އޭނާ ވަނީ އިޢުލާން ކުރައްވައިފައެވެ. އެގޮތުން މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވޭ ގޯތިވެރިންނަށް ސިޓީ ކައުންސިލުން އިކުއިޓީގެ ހަމަޖައްސައިދިނުމަކީ އޭނާ ވަރަށްބޮޑު ތަސައްވުރެކެވެ. މިކަން […]

ގޭސް ބޭނުންކޮށްގެން ފައްޅިއެއް ތަޅާލައިފި

ޗައިނާގެ ގުއަންޒީ ސަރަހައްދުގެ ހެޒޯގެ ޒޮންގްޝަން ކައުންޓީގައި ހުރި ފައްޅިއެއް ތަޅާލުމަށް ހިންގި އޮޕަރޭޝަނެއްގައި، ފުލުހުންނާއި އާންމުންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގައިފިއެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ އާންމުންނާ ދެކޮޅަށް ކަރުނަގޭސް ކަހަލަ ގޭސް ބޭނުންކޮށްފައެވެ. ޒޮންގްޝަން ކައުންޓީގެ ލޯންގްފޫ ފައްޅިއަކީ އެތައް އަހަރެއް ވަންދެން ވީރާނާވެފައި ހުރުމަށްފަހު، 2024 ވަނަ އަހަރު އެ އަވަށުގެ ރައްޔިތުން ގާނޫނީ އިމުގެ ތެރެއިން އަލުން ބިނާކުރި ތަނެކެވެ. ނަމަވެސް، ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ސަރުކާރުން ވަނީ […]

އިންޑިއާގެ ސްޓެލްތް ފައިޓާ ޕްރޮގްރާމް

އިނގިރޭސިވިލާތުގެ އިންޖީނު އުފައްދާ މަޝްހޫރު ކުންފުނި ރޯލްސް ރޮއިސް އިން، އިންޑިއާގެ އެޑްވާންސްޑް މީޑިއަމް ކޮމްބެޓް އެއާކްރާފްޓް (އޭއެމްސީއޭ) ސްޓެލްތް ފައިޓާ ޕްރޮގްރާމަށް ބޭނުންވާ ނެކްސްޓް ޖެނެރޭޝަން އިންޖީނުތައް އުފެއްދުމަށް ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުމުގެ ދަށުން އިންޑިއާއަކީ އެ ކުންފުނީގެ ދެވަނަ ”ހޯމް މާކެޓް“ ކަމުގައި ހެދުމަށް ވަނީ ނިންމާފައެވެ. ރޯލްސް ރޮއިސް އިން ބުނެފައިވަނީ އިންޑިއާގެ ތެރޭގައި އިންޖީނުތައް ޑިޒައިންކޮށް، ތަރައްގީކޮށް އަދި އުފެއްދުމަށް އެ ކުންފުނި ތައްޔާރަށް އޮތް ކަމަށެވެ. މީގެ އިތުރުން، […]

ދަރަނީގެ މަޅިއެއްގައި ޖެހިފައިވާ ކަމުގެ އިންޒާރު ދީފި

ބަންގްލަދޭޝްގެ އިސް އިގްތިސާދީ އޮފިޝަލުން ވަނީ އެ ގައުމު މިހާރު ވެސް ”ދަރަނީގެ މަޅިއެއްގައި“ ޖެހިފައިވާ ކަމަށް ބުނެ ވަރުގަދަ އިންޒާރުތަކެއް ދީފައެވެ. ބޭރުގެ ދަރަނިތައް ދެއްކުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން ގައުމުގެ ބަޖެޓަށް ބާރުބޮޑުވެ، މާލީ ގޮތުން ފިޔަވަޅު އެޅުމަށް އޮތް ފުރުސަތުތައް ވަނީ ހަނިވެފައެވެ. މީގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ޗައިނާގެ ލޯނުތަކެވެ. ނޭޝަނަލް ބޯޑް އޮފް ރެވެނިއުގެ ޗެއާމަން އެމް. އަބްދުއްރަހްމާން ޚާން ދާދި ފަހުން ބޭއްވި ސެމިނާރެއްގައި […]