ޓިކްޓޮކްގެ އެމެރިކާ އޮޕަރޭޝަންތަކާ އޮރެކަލް ހަވާލުވުމުން ލެރީ އެލިސަންއަށް ފާޑުކިއުން އަމާޒުވެއްޖެ

ޗައިނާގެ ބައިޓްޑާންސް ކުންފުނިން ހިންގާ ޓިކްޓޮކް އެމެރިކާގައި މަނާކުރުމަށް ނިންމާފައިވާ ނިންމުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ތާއީދުކޮށް، އެ އެޕްގެ އެމެރިކާ އޮޕަރޭޝަންތަކާ އޮރެކަލް ކުންފުނިން ހަވާލުވުމުން އެ ކުންފުނީގެ ކޯ-ފައުންޑަރ ލެރީ އެލިސަންއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވާން ފަށައިފިއެވެ. އޮރެކަލްއިން ޓިކްޓޮކްގެ ކްލައުޑް ޕްރޮވައިޑަރެއްގެ ގޮތުގައި މަސައްކަތްކޮށް، އެމެރިކާގެ ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު ރައްކާކުރުމާއި، ޕްލެޓްފޯމްގެ އެލްގޮރިޒަމް ބެލެހެއްޓުމުގެ ޒިންމާ އުފުލާނެއެވެ. އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި މިއީ ބޭރުގެ ނުފޫޒުތަކުން އެޕް ސަލާމަތްކުރުމަށް […]
ފަލަސްޠީން އެކްޝަން ގްރޫޕް މަނާކުރުމަށް ނިންމި ނިންމުން ކޯޓުން ބާތިލްކޮށްފި

އިނގިރޭސިވިލާތުގެ ސަރުކާރުން 2024 ވަނަ އަހަރު ”ފަލަސްޠީން އެކްޝަން“ ގްރޫޕަކީ މަނާ ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅި ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ލަންޑަންގެ ހައިކޯޓުން ހުކުމްކޮށްފިއެވެ. ކޯޓުން ނިންމި ގޮތުގައި މި މަނާކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ، އަދި ހޯމް އޮފީހުގެ އަމިއްލަ ސިޔާސަތުތަކާ ވެސް ހިލާފު ނިންމުމެކެވެ. ކުރީގެ ހޯމް ސެކްރެޓަރީ އިވެޓް ކޫޕާގެ ދައުރުގައި މިދިޔަ ޖުލައި މަހު އެ ޖަމާއަތް މަނާކުރުމާ ގުޅިގެން، ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގާތްގަނޑަކަށް […]
އީރާނުގެ އިގްތިސާދު އިނދަޖައްސާލުމަށް އެމެރިކާގެ މުސްކުޅި އަންހެނަކު ދެއްކި ވާހަކަ

އީރާނުގެ އިގްތިސާދަށް ދޭ ފިއްތުންތައް އިތުރަށް ވަރުގަދަކޮށް، އެ ގައުމުގެ ރައްޔިތުންނަށް އޭގެ ތަދު އިހުސާސްކޮށްދިނުމަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ކުރީގެ ރައީސާ ނޭންސީ ޕެލޯސީ ގޮވާލެއްވި ގޮވާލެއްވުމަށް އީރާނުގެ ފޮރިން މިނިސްޓްރީން ފާޑުކިޔައިފިއެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ ރަށްފުށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ވެސް އޭގެ ތަދު އިހުސާސްވާ މިންވަރަށް އީރާނުގެ އިގްތިސާދު އިނދަޖައްސާލުމަށް ޕެލޯސީ އެމެރިކާ ސަރުކާރަށް ގޮވާލައްވާފައިވާ ކަމަށެވެ. ”ސިޔާސީ […]
ޓްރަމްޕްގެ ޑީޕޯޓޭޝަން ކެމްޕޭނާއެކު ކުޑަކުދިން ބަންދުކުރާ މިންވަރު އިންތިހާއަށް އިތުރުވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށްޓަވާފައިވާ މީހުން ގައުމުން ބޭރުކުރުގެ ކެމްޕޭނުގެ ދަށުން، އިމިގްރޭޝަން ބަންދުގައި ބައިތިއްބާ ކުޑަކުދިންގެ އަދަދު އިންތިހާއަށް އިތުރުވެއްޖެއެވެ. ރިޕޯޓްތައް ބުނާގޮތުން ޓެކްސަސްގެ ބޮޑު ފެސިލިޓީއެއްގައި އެތައް ސަތޭކަ ކުދިންނެއް މިހާރު ތިބި އިރު، އެތަނުގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. ޑީޕޯޓޭޝަން ޑޭޓާ ޕްރޮޖެކްޓުން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު އެވްރެޖްކޮށް ދުވާލަކު 175 ކުދިން އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އައިސް ގެ ބަންދުގައި ބައިތިއްބާފައިވެއެވެ. […]
ޔޫއެންގެ ރެޕަޓުއާ ފްރާންޗެސްކާ އަލްބަނީޒް އަށް ބޮޑު ތާއީދެއް

ފަލަސްތީނުގައި ޖެނޮސައޑް ހިންގާ ސަރަހައްދުތަކުގެ އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާ ފްރާންސެސްކާ އަލްބަނީޒް މަގާމުން އިސްތިއުފާ ދިނުމަށް ޔޫރަޕްގެ ބައެއް ޒަޔަނިސްޓް ގައުމުތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައި، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އޭނާއަށް ތާއީދުކޮށް އަޑުއުފުލަން ފަށައިފިއެވެ. ފްރާންސާއި ޖަރުމަނު ފަދަ ގައުމުތަކުން އަލްބަނީޒް މަގާމުން ވަކިވުމަށް ބާރުއަޅަމުންދަނީ އޭނާ ދާދިފަހުން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ. އެކްސް އާއި އެހެނިހެން މަންސަތަކުގައި ގިނަ އަދަދެއްގެ އާންމުންނާއި، އެކްޓިވިސްޓުން އަދި އިލްމީ ބޭފުޅުން ދަނީ އަލްބަނީޒް ކުރައްވަމުން […]
ބޮޑު ކާމިޔާބީއާ ގުޅިގެން ތާރިގު ރަހުމާނަށް ޗީފް އެޑްވައިޒަރު ޔޫނުސް މަރުހަބާ ވިދާޅުވެއްޖެ

ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ ޖާތިޔާ ސަންސަދު (ޕާލަމެންޓް) އިންތިޚާބުގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ހޯދި ބޮޑު ކާމިޔާބީއާ ގުޅިގެން، އެ ޕާޓީގެ ޗެއާމަން ތާރިގު ރަހުމާނަށް އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޕްރޮފެސަރު މުހައްމަދު ޔޫނުސް މަރުހަބާ ވިދާޅުވެއްޖެއެވެ. ތާރިގު ރަހުމާނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ޕްރޮފެސަރު ޔޫނުސް ވިދާޅުވީ، ތާރިގުގެ ލީޑަޝިޕްގެ ދަށުން ބީއެންޕީން ހޯދި ކާމިޔާބީއަށްޓަކައި އިޚްލާޞްތެރިކަމާއެކު މަރުހަބާ އާއި ހެޔޮ އެދުންތައް ފޮނުއްވާ ކަމަށެވެ. އަދި މި އިންތިޚާބުގައި […]
އިންތިޚާބުގައި ވާދަކުރި 41 ސިޔާސީ ޕާޓީއަކަށް އެއްވެސް ގޮނޑިއެއް ނުލިބޭ

ބަނގްލަދޭޝްގައި ބޭއްވި 13 ވަނަ އާންމު އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، އިންތިޚާބުގައި ވާދަކުރި 41 ސިޔާސީ ޕާޓީއަކަށް ގާނޫނުހަދާ މަޖިލީހުގެ އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މި އިންތިޚާބަކީ ބޮޑެތި އިއްތިހާދުތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވި އިންތިޚާބެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. އިންތިޚާބުގައި ޖުމްލަ 59 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީވެފައި އޮތްއިރު، އޭގެ ތެރެއިން 50 ޕާޓީއަކުން ވަނީ ކެންޑިޑޭޓުން ކުރިމަތިލާފައެވެ. ނަމަވެސް، އިއުލާންކުރި ނަތީޖާތަކަށް ބަލާއިރު މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރެވިފައިވަނީ އެންމެ 9 […]
