ޔޫރަޕްގެ ސަރުކާރުތައް ވައްޓާލަން އެމެރިކާއިން ފަންޑުކުރާ ވާހަކަ ތެދެއްބާ؟

ޔޫރަޕްގެ ސިޔާސީ މަސްރަހަށް އެމެރިކާއިން ނުފޫޒު ފޯރުވަމުންދާ ކަމަށާއި، ސަރުކާރުތައް ވައްޓާލުމަށް އެ ބައްރުގެ ހަރުކަށި ކަނާތު ފިޔައިގެ ޖަމާއަތްތަކަށް ވޮޝިންޓަނުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ކުރެވޭ ތުހުމަތުތައް އެމެރިކާގެ ޚާރިޖީ ވުޒާރާގެ އަންޑަ ސެކްރެޓަރީ ސާރާ ރޮޖާސް ދޮގުކުރައްވައިފިއެވެ. މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ހަވާސާގައި ’ޕޮލިޓިކޯ‘ އަށް ދެއްވި އިންޓަވިއުއެއްގައި ރޮޖާސް ވިދާޅުވީ، ޔޫރަޕްގެ ކަނާތު ފިޔައިގެ ޕާޓީތަކަށް އެހީވުމަށް އެމެރިކާއިން ސިއްރު ފަންޑެއް ގެންގުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް […]

ޓްރަމްޕަށް ދޭ އަދަބު ވެގެންދާނީ ނަމޫނާއަކަށް: އީރާން

އީރާނުގެ އަސްކަރީ އަދި ސިޔާސީ އިސްވެރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރުގަދަ އިންޒާރުތަކެއް އާދީއްތަ ދުވަހު ދެއްވައިފިއެވެ. އީރާނުން ވަނީ ޓްރަމްޕް ދެއްވަމުންދާ އިންޒާރުތަކަކީ ”ޒިންމާދާރުކަން ކުޑަ“ އިންޒާރުތަކެއްގެ ގޮތުގައި ސިފަކޮށް، އީރާނާ ދެކޮޅަށް ކުރިމަތިލުމަކަށް ހިނގައްޖެނަމަ އެއީ ޓްރަމްޕަށް ލިބޭނެ ވަރުގަދަ ”އިބުރަތަކަށް“ ވާނެ ކަމަށް ބުނެފައެވެ. އަދި އުމުރަށް ލަދުގަންނާނެފަދަ އަދަބެއް ޓްރަމްޕަށް ތައްޔާރުކޮށްފައިވާ ކަމަށް އީރާނުން ބުނެއެވެ. އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެގައުމުގެ ސިފައިންގެ ޗީފް އޮފް […]

އޭލިއަނުންނާ އުޅޭކަމަށް ވިދާޅުވެ އޮބާމާ ދެއްކެވި ވާހަކަފުޅުތަކަކުން ބޮޑު ބަހުސެއް އުފެދިއްޖެ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، އޭލިއަނުން ނުވަތަ ދުނިޔެއިން ބޭރުގެ މަހްލޫގުންނާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ބޮޑު ބަހުސެއް އުފެދިއްޖެއެވެ. ނޫސްވެރިޔާ ބްރަޔަން ޓައިލާ ކުއިންގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުން އޮބާމާ ވިދާޅުވީ އޭލިއަނުންނަކީ ހަގީގަތެއް ކަމަށާއި، ނަމަވެސް އެސޮރުމެން ތިބި ތަނެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އޮބާމާ ވިދާޅުވި ގޮތުގައި އޭލިއަނުންނަކީ ހަގީގަތެއް ނަމަވެސް އޭނާއަށް ދުވަހަކުވެސް އެފަދަ އެއްޗެއް ފެނިވަޑައިގެންފައެއް ނުވެއެވެ. މި މައުޟޫއުގައި ވާހަކަދައްކަވަމުން އޭނާ ވަނީ އޭލިއަނުންނާ ގުޅޭގޮތުން ދެކެވޭ ބައެއް […]

އިޒްރޭލު ސިފައިންނަށް ޑްރޯން ފޯރުކޮށްދޭ ކުންފުންޏެއް ނިއުޔޯކުން ބޭރުކޮށްލައިފި

އެމެރިކާގެ ނިއުޔޯކް ސިޓީގެ މުނިސިޕަލްޓީގެ ބެލުމުގެ ދަށުގައި އޮންނަ ސިނާއީ ސަރަހައްދެއް ކަމަށްވާ ’ބްރޫކްލިން ނޭވީ ޔާޑް‘ އިން، އިޒްރޭލު ސިފައިންނަށް އަސްކަރީ ސާމާނާއި ޑްރޯން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ ’އީޒީ އެއީރިއަލް‘  ބޭރުކޮށްލައިފި ކަމަށް އެމެރިކާގެ މީޑިއާން ރިޕޯޓްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ނިއުޔޯކުގެ މޭޔަރުކަމުގެ މަގާމާ ޒަހުރާން މަމްދާނީ ހަވާލުވެވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ރިޕޯޓްތައް ބުނާގޮތުން، އެ ސިނާއީ ސަރަހައްދު ބަލަހައްޓާ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ އެ ކުންފުންޏާއެކު ވެފައިވާ ކުލީގެ އެއްބަސްވުން […]

ކޮއްކޮ އިޕްސްޓީނަށް ދިން ޔޫއޭއީގެ ހިންދު އަލްއުވައިސް މަގާމުން ވަކިކޮށްފި

އެމެރިކާގެ ދައްލާލު ޖެފްރީ އިޕްސްޓީންއާ ގުޅޭ ގޮތުން ބޭޒާރުވި ލިޔެކިޔުންތަކުގައި ނަން ހިމެނުމާ ގުޅިގެން، ޔޫއޭއީގެ ހިއުމަން ރައިޓްސް ކައުންސިލްގެ އިސް މަގާމެއްގައި ހުރި ހިންދު އަލްއުވައިސް މަގާމުން ވަކިކޮށްފިއެވެ. ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން މި ނިންމުން ނިންމާފައިވަނީ އެ ގައުމުގެ ހިއުމަން ރައިޓްސް ބޯޑު އަލުން އެކުލަވާލުމަށް ނިންމި ނިންމުމުގެ ތެރެއިންނެވެ. ފަޅާއަރާފައިވާ ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި، ހިންދު އަލްއުވައިސް ވަނީ އިޕްސްޓީންއާ އަމިއްލަ ގޮތުންނާއި ރަސްމީ ގޮތުން މުއާމަލާތްތަކެއް ކޮށްފައެވެ. މީގެ އިތުރުން، އޭނާގެ […]

ހުޅަނގުން އީރާންގައި ޓެރަރިޒަމް ހިންގުމަށް ވާގިވެރިވޭ: އައިއާރްޖިސީ

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އަކީ ”ޓެރަރިސްޓް“ ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް ޔޫރަޕްގެ އިއްތިހާދުން (އީޔޫ) ނިންމި ނިންމުމަށް އީރާނުން ފާޑުކިޔައިފިއެވެ. އީރާނުން ބުނެފައިވަނީ މިއީ ގާނޫނީ އެއްވެސް އަސާސެއް ނެތް، އަދި ސިޔާސީ ގޮތުން އޮޅުވާލައިގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. މިކަމާ ގުޅިގެން އައި.އާރް.ޖީ.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބްރަސަލްސްއިން މިފަދަ ނިންމުމެއް ނިންމީ އެމެރިކާގެ ފިއްތުންތަކަށް ތަބާވުމުގެ ގޮތުން ކަމަށެވެ. އަދި ހުޅަނގު އޭޝިއާގެ ހަގީގީ ހާލަތަށް ޔޫރަޕުން ބޮލާލާޖަހާފައިވާ […]

ތާރިޤް ރަޙްމާން ޖަމާއަތޭ އިސްލާމީގެ އަމީރާ ބައްދަލުކުރައްވައިފި

ބަންގްލަދޭޝްގެ ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) ގެ ޗެއާމަން ތާރިޤް ރަޙްމާން، ޖަމާއަތޭ އިސްލާމީގެ އަމީރު ޝަފީޤުއްރަޙްމާނާ މި ރޭ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ ބަޝުންދަރާ ރެސިޑެންޝަލް އޭރިއާގައި ހުންނަ ޖަމާއަތޭ އިސްލާމީގެ އަމީރުގެ ގޭގައެވެ. ތާރިޤް ރަޙްމާން އެގެއަށް ވަޑައިގަތީ މިރޭ 7:10 ހާއިރުއެވެ. މިއީ ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ބީ.އެން.ޕީން ހޯދި ބޮޑު ކާމިޔާބީއަށްފަހު، އާ ސަރުކާރު އެކުލަވާލުމުގެ ދެ ދުވަސް ކުރިން ބޭއްވި މުހިންމު ސިޔާސީ ބައްދަލުވުމެކެވެ. މީގެ އިތުރުން، […]

ވަގުތީ ސަރުކާރުގެ ދައުރުގައި އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައި ނުވާނެ: ސައީދާ ރިޒްވާނާ

ވަގުތީ ސަރުކާރުގެ 18 މަސްދުވަހުގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ ސަބަބުން ނުވަތަ ސަރުކާރަށް ފާޑުކިޔުމުގެ ސަބަބުން އެއްވެސް ނޫސްވެރިއަކު ޖަލަށްލާފައި ނުވާނެ ކަމަށް ބަންގްލަދޭޝްގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އެޑްވައިޒަރު ސައީދާ ރިޒްވާނާ ހަސަން ވިދާޅުވެއްޖެއެވެ. މިއަދު ބަންގްލަދޭޝް ސެކްރެޓޭރިއަޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރިޒްވާނާ ވިދާޅުވީ، ވަގުތީ ސަރުކާރުގެ ދައުރުގައި އެއްވެސް ނޫސްވެރިއަކު ފާޑުކިއުމަކާ ގުޅިގެން ހައްޔަރުކޮށްފައިވާކަން އެކަމަނާއަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ބައެއް ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައިވާނީ ލިބިފައިވާ މައުލޫމާތުގެ […]

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ރަޝިޔާ، ޗައިނާ އަދި އީރާނުން މަޝްވަރާކޮށްފި

ވިއެންނާގައި ހުންނަ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ އީރާނު، ރަޝިޔާ އަދި ޗައިނާގެ ސަފީރުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ އެންމެ ފަހުގެ ކުރިއެރުންތަކާ ބެހޭގޮތުން އާ ބުރެއްގެ މަޝްވަރާތައް ބާއްވައިފިއެވެ. އޮސްޓްރިއާގެ ވިއެންނާގައި ކުރިއަށްދިޔަ މި ބައްދަލުވުމާ ގުޅޭގޮތުން ރަޝިޔާގެ ދާއިމީ މަންދޫބު މިޚައިލް އުލިޔަނޯވް އެކްސްގައި ވިދާޅުވީ، ތިން ގައުމުގެ ދާއިމީ މިޝަންތަކުން ގުޅިގެން އީރާނުގެ ނިއުކްލިއާ މައްސަލަތަކާ ގުޅޭގޮތުން ތިން ފަރާތުގެ ދެމެދުގައި އިތުރު މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށެވެ. މި ތިން ގައުމުގެ […]

ޓްރަމްޕްގެ ޣައްޒާ ’ބޯޑް އޮފް ޕީސް‘ ގައި ޓޯނީ ބްލެއާ ހިމެނުމުން ފާޑުކިޔުންތައް އަމާޒުވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާ ބަނޑު ދަށުލުމަށް އުފެއްދެވި ’ބޯޑް އޮފް ޕީސް‘ ގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ހިމެނުމާ ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފިއެވެ. މި ބޯޑަކީ ޖެނުއަރީ 2026 ގައި ވައިޓް ހައުސްއިން އިއުލާނުކުރި 20 ނުކުތާގެ ޕްލޭނެއްގެ ދަށުން ޣައްޒާ ޓްރަމްޕްގެ ވިޔަފާރި ކުންފުނިން އަލުން އާބާދުކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް އުފެއްދި ބޯޑެކެވެ. މި ބޯޑުގައި ބްލެއާގެ އިތުރުން މާކޯ ރޫބިއޯ، ޖެރެޑް ކުޝްނާ، ސްޓީވް ވިޓްކޮފް، މާކް ރޯވަން، އަޖޭ […]