ހުރުމޫޒު ކަނޑުއޮޅިން އެމެރިކާ ސިފައިންތަކެއް ހައްޔަރުކޮށްފި!

އެމެރިކާގެ ސެންޓްރަލް ކޮމާންޑް ޔުނިޓާއި ގުޅުން ހުރި އެލީޓް ޔުނިޓްތައް ހިމެނޭ ގޮތަށް، އެމެރިކާގެ 50 އަށް ވުރެ ގިނަ ސިފައިން، ހުރުމޫޒު ކަނޑުއޮޅިން ހައްޔަރު ކޮށްފައިވާ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ އެ ބަޔާނުގައި ވަރަށް ހަރުކަށި އިންޒާރެއްވެސް ވަނީ ދީފައެވެ. ”އީރާނަކީ ވެނެޒުއެލާއެއް ނޫން“ ކަމަށާއި، އަދި އެމެރިކާއިން އަޅާ ކޮންމެ ނުބައި ފިޔަވަޅަކާއި މެދު ގޮތްނިންމާނޭ ބާރަކުން ކުރިމަތިލާނެ ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ. ނަމަވެސް، މި ޙާދިސާ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން […]

އާސަންދަ މެދުވެރިކޮށް އެމްބިޔުލާންސް ޚިދުމަތް ލިބޭގޮތް ހަދައިފި

މިހާރު އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ ދާއިރާ ފުޅާކުރައްވައި، 1 އެޕްރީލް 2026 އިން ފެށިގެން އިތުރު ހާލަތްތަކުގައި އާސަންދަ މެދުވެރިކޮށް އެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ އާސަންދަ ސްކީމް މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުންދާ އުސޫލަށް ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ. 1 އެޕްރީލު 2026 އިން […]

ސިޔާސީންގެ އަމިއްލަ އެދުމާއި، ދިމިޤުރާޠިއްޔަތު

ހުޅަނގުގެ ދިމިޤުރާޠީ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ސިޔާސީން ވެރިކަމުގައި، ތާއަބަދަށް ބަގުޑި ބައްދައިގެން ތިބުމަށްޓަކާ ކުރާ ހަނގުރާމައަކަށް، އެ ނިޒާމު ހަދާފައިވުމެވެ. ގިނަ ސިޔާސީންނަކީ ވެރިކަން ދެމެހެއްޓުމަށްޓަކާ ކޮންމެފަދަ ކަމެއްވެސް ކުރަން ތައްޔާރަށް ތިބޭ ބައެކެވެ. ދޮގުހެދުމާއި، ދޮގު ވަޢުދުތައްވުމާއި، ހަނގުރާމަ ފަދަ ގެއްލުން ބޮޑު ނިންމުންތައް ނިންމުންވެސް މިކަމުގައި ހިމެނެއެވެ. އެފަދަ ނިންމުންތަކުގެ ސަބަބުން ވަގުތީ މަޤުބޫލުކަމެއް އެމީހުންނަށް ލިބުނު ކަމުގައިވިޔަސް، އޭގެސަބަބުން ބޮޑު އަގެއް، އެ ޤައުމަކުން ދައްކަން ޖެހެއެވެ. ދެވަނަ […]

މައިކް ހަކަބީގެ އަނބިގޮއްޔެ އިޒުރޭލު

އެމެރިކާއިން އިޒުރޭލަށް ކަނޑައަޅާފައިވާ ސަފީރު މައިކް ހަކަބީ ބުނާގޮތުން އިސްރާއީލަށް ފުރައްސާރަ ކުރުމަކީ އޭނާގެ އަނބިމީހާއަށް ފުރައްސާރަ ކުރުން ފަދަ ކަމެކެވެ. މައިކް ހަކަބީ ވަނީ ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުން އަލުން އައު ގޮތަކަށް ބަޔާންކޮށް، ދެ ޤައުމުގެ ގުޅުން ސިޔާސަތުގެ ދާއިރާއިން، ޝަޚުޞީ ޝަރަފުވެރިކަމުގެ ދާއިރާއަށް ބަދަލުކޮށްފައެވެ. އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ 200 އަށް ވުރެ ގިނަ މެމްބަރުންނާއި މުޚާޠަބުކޮށް ދިން ވަރުގަދަ ޚިޠާބެއްގައި ހަކަބީ ވަނީ އެމެރިކާ އާއި އިޒުރޭލާ ދެމެދު […]

ގޯތި ލިބިފައިވާ ފަރާތްތަކަށް، ޝަރުޠުތަކަކާއެކު ހައުސިންގ ޔުނިޓަށް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން މާލޭ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ޝަރުޠުތަކަކާއެކު ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުޞަތު، ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ހުޅުވާލެއްވުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ސަރުކާރުގެ ބިންވެރިޔާ މަޝްރޫޢުން މާލޭ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި، ގޯތީގައި ގެދޮރު އިމާރާތްކުރާނޭ ތަނަވަސްކަން ނެތް ފަރާތްތައް ތިބިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެފަދަ ފަރާތްތަކަށް ހައުސިންގ […]

ހަނގުރާމައިން ލިބުނީ އިތުރު ހިތްވަރެއް: ރައީސް

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ލިބިވަޑައިގެންނެވީ އިތުރު ހިތްވަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރީންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ހަނގުރާމައާއެކު އެދާއިރާއިން ރާއްޖޭގައި ވުނަކުރަން ބޭނުންވާ ފަރާތްތަކުގެ އަދަދު އިތުރުވެފައިވާކަން ފާހަގަ ވެފައި ކަމަށެވެ. އެހެން ކަމުން މި ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މިފަދަ ކަންކަމުގައި ދިވެހި ސަރުކާރުން ގެންގުޅުއްވަނީ […]

ޓުރަމްޕް އެންމެފަހުން އިޢުތިރާފުވެއްޖެ!

އެމެރިކާގެ އެޕްސްޓައިން ރައީސް ޑޮނަލްޑް ޓުރަމްޕް ވަނީ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫ.އެސް.އެސް ޖެރާލްޑް އާރު ފޯޑަށް އީރާނުން ދިން ޙަމަލާ ކަށަވަރު ކޮށްދީފައެވެ. ޑޮނަލްޑް ޓުރަމްޕް ބުނީ އީރާނުން ދިން ޙަމަލާއަކީ ވަރަށް ވަރުގަދަ ޙަމަލާއެއް ކަމަށާއި، ބޯޓުގައި ތިބި ފަޅުވެރިން މަސައްކަތް ކުރީ ފުރާނަ ސަލާމަތް ކުރެވޭތޯ ކަމަށެވެ. އަދި އީރާނުގައި އެކަށީގެންވާ ވަޞީލަތްތަކާއި، ބާރު ނެތް ކަމަށާއި، ވީމާ އީރާނުގެ ފަހަތުގައި އޮތީ ކޮން ބާރެއްތޯ ނުވަތަ ބާރުގަދަ ކޮން އަތްތަކެއްތޯ ތަޙުޤީޤު […]

އެންމެ ބޮޑު ދެއިންތިޚާބު އެއްދުވަހެއްގައި ބާއްވަން ނުފެނޭ: އުމަރު

އުމަރު ނަސީރު/ފޮޓޯ ޕީއެސްއެމް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލުމަށް ނުވަތަ އެއްދުވަހެއްގައި ބޭއްވުމަށް ނުފެންނަ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު ވިދާޅުވެފައިވަނީ ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ތާއިދު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެގޮތަށް ބާއްވަންވާނީ މަޖިލިސް އިންތިޚާބާއި ލޯކަލްކައުންސިލް އިންތިޚާބު ކަމަށް އޭނާ ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބަކީ މުޅިގައުމުގެ ކުރިމަގު ކަނޑައެޅުމާ ގުޅޭ އެންމެބޮޑު އިންތިޚާބު ކަމަށްވަމުން އެއިންތިޚާބު ބާއްވަންޖެހޭނީ ވަކީން ކަމަށް އޭނާ ވިދާޅުވިއެވެ. އަނެއް ދެ އިންތިޚާބަކީ ވަކިވަކި […]

އީންގެ ފަހުބަސް: ޚިދުމަތް ކޮށްދޭނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް!

އައްޑޫސިޓީ ޑަބްލިޔުޑީސީއަށް ޕީއެންސީގެ ފަރާތުން ކުރިމަތިލައިފައިވާ ކެންޑިޑޭޓު، ފޭދޫ ފަރިމާގޭ، އާމީނަތު އީނާ ނަސީރު (އީން) އިންތިޚާބުގެ ކުރިން އިއްވާ އޭނާގެ ފަހުބަސް އިއްވައިފިއެވެ. ”ރައްޔިތުންނާއި، ސިޓީއަށް، ޚިދުމަތް ކޮށްދޭނީ ރައްޔިތުން އެދޭގޮތަށް. ރައްޔިތުންގެ ވިންދާ އެއްގޮތަށް. ކެންޕޭން ތެރޭގައި ދެއްކި ވާހަކަތަކާ އެއްގޮތަށް އެންމެން އެކައްޗެއް ކިޔައިގެން ގުޅިގެން. ގުޅިގެން ކުރާ މަސައްކަތަކުން ނެރެވޭ ނަތީޖާ ފޮނިވާނެ. އެހެންވީމާ މުޅިސީޓީ އެއްކޮށް ނުކުމެ އީންއަށް ވޯޓުދެއްވާ،“ ހުރިހާ ވާހަކައެއް ކުރުކޮށް ފޮނިކޮށް މިއޮތީ ބުނެފައެވެ. ދިގު […]