އައްޑޫ ސިޓީ ހިތަދޫގައި އެންސްޕާއާއި، އާސަންދަ އޮފީހެއް ހުޅުވައިފި

އައްޑޫ ސިޓީ ހިތަދޫގައި އެންސްޕާއާއި، އާސަންދަ އޮފީހެއް މިއަދު ހުޅުވައިފިއެވެ. މި އޮފީސް ހުޅުވައިދެއްވީ، އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ. މި ރަސްމިއްޔާތުގައި، ވަޒީރު ޑރ.އައިޝަތު ޝިހާމްއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއިބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން، އާސަންދަ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، ހިތަދޫގައި މިފަދަ އޮފީހެއް ހުޅުވިގެންދިއުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނޭ ކަމެއް […]
ކައުންސިލް އިމާރާތް ކުރުމުގެ މަސައްކަތާމެދު ހިތްހަމަޖެހޭ: މިނިސްޓަރ

ސަރުކާރުން ކުރިއަށް ގެންދާ ކައުންސިލް އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކްވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ސަރުކާރުން ގެންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 55 އިމާރާތެއް ކުރަމުންނެވެ. މިއީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރަމުންދާ ތަންތަނެވެ. މިތަންތަނުގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވީ އެތަންތަނަށް ވަޑައިގެން ބެއްލެވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެކްސްގައި މިނިސްޓަރ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ […]
އީރާނުގެ ދިފާއީ ސިނާއަތުގެ މައިމަރުކަޒު އިސްފަހާނަށް ހަމަލާދީފީ

އީރާނުގެ ދިފާއީ ސިނާއަތުގެ މައި މަރުކަޒު ކަމަށްވާ އިސްފަހާނަށް އެމެރިކާ-އިޒްރޭލުން ވަރުގަދައަށް ބޮން އަޅައިފިއެވެ. އިސްފަހާން ޕްރޮވިންސްގެ ގަވަރުނަރުގެ އޮފީހުން ބުނެފައިވަނީ އިސްފަހާނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާކަމަށެވެ. އެހެންނަމަވެސް ހަމަލާތައް އަމާޒުކޮށްފައިވަނީ ކޮންތަންތަނަކަށް ކަމެއް އެ އޮފީހުން ހާމައެއް ނުކުރެއެވެ. އީރާނުގެ މަސްއޫލުވެރީންނާ ހަވާލާދީ ފަރސް ނޫހުން ބުނެފައިވަނީ ހަމަލާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނޭނގޭ ކަމަށެވެ. އެހެންނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީ އެއްކުރަމުންދާ ކަމަށް ބުނެފައިވެއެވެ. އިސްފަހާން ޕްރޮވިންސަކީ އީރާނުގެ ދިފާއީ ނިޒާމުގެ ވަރަށްމުހިންމު […]
ޔޫއޭއީގެ ބަނދަރުގައި އޮތް ތެޔޮ ޓޭންކަރަކަށް އީރާނުން ހަމަލާދީފި

ޔޫއޭއީގެ ބަނދަރުގައި އޮތް ކުވައިތުގެ ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާއެއް ދީފިއެވެ. މިހަމަލާގައި އެ ޓޭންކަރުގައި ވަރަށްބޮޑަށް އަލިފާން ރޯވިއެވެ. އެހެންނަމަވެސް ރޯވި އަލިފާންގަނޑު މިހާރުވަނީ ނިއްވާލައިފައެވެ. ކުވައިތު ޕެޓްރޯލިއަމް ކޯޕަރޭޝަން (ކޭޕީސީ) އިން ބުނީ އަލް ސަލްމީ ޓޭންކަރަށް ހަމަލާ ދީފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބަނދަރުގައި އޮއްވައި ކަމަށެވެ. މިހަމަލާއަށްފަހު ކޭޕީސީން ބުނެފައިވަނީ ޓޭންކަރުން ލީކުވަމުންދާ ތެޔޮ ކަނޑުގެ ސަރަހައްދުތަކަށް ފެތުރިދާނޭ ކަމުގެ ބިރުއެބައޮތް ކަމަށެވެ. ދުބާއީން ބުނެފައިވަނީ […]
އީރާނުގެ ފޯޓީތަކާއި ވީޑިއޯ ދުޝްމަނުންނަށް ފޮނުވާ މީހުންނަށް މަރުގެ އަދަބުދެނީ

މިހާރު މެދުއިރުމަތީގައި ހިނަގަމުންދާ ހަނގުރާމައިގައި އީރާނަށް ލިބޭ ގެއްލުންތަކުގެ ފޮޓޯއާއީ ވީޑިއޯއާ އަދި އެއްވެސްކަހަލަ މައުލޫމާތެއް އިޒްރޭލާއި އެމެރިކާއަށްދޭ ފަރާތްތަކާމެދު ހަރުކަށިފިޔަވަޅު އަޅާނޭ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ޖުޑިޝަރީގެ ތަރުޖަމާން އަސްގަރު ޖަހަންގީރު ވިދާޅުވީ އެފަދަކަމެއް ކޮށްފި ކަމަށްވާނަމަ އެކަންކުރި މީހެއްގެ މުދާ އަތުލުމަށްފަހު މަރުގެ އަދަބު ދެވިދާނޭ ކަމަށެވެ. މިދިޔައަހަރު އޮކްޓޯބަރުމަހު އީރާނުންވަނީ ޖާސޫސު ކުރުމާ ބެހޭ ގާނޫނެއް ފާސްކޮށްފައެވެ. އެ ގާނޫނުގެ ދަށުން ”ދުޝްމަނުންގެ ސަރުކާރުތަކަށް“ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ފޮނުވުމަކީ ހުރިހާ […]
ހޮރުމުޒު ކަނޑުއޮޅި ނުހުޅުވުނަސް ހަނގުރާމަ ނިންމާލަން ޓްރަމްޕް ވިސްނަނީ

އީރާނުގެ ފުރިހަމަ ކޮންޓްރޯލް ދަށުގައި މިހާރުއޮތް ހޮރުމުޒު ކަނޑުއޮޅި ނުހުޅުވުނަސް ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަމުންދާ ކަމަށް ބޭރުގެ ބައެއް ރިޕޯޓުތައް ބުނެފިއެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައަކީ ފެބުރުވަރީ 28 ވަނަ ދުވަހު އިޒްރޭލާއި އެމެރިކާ އިސްވެތިބެ އީރާނަށް ހަމަލާދިނުމުން ފެށިފައިވާ ހަނގުރާމައެކެވެ. އެހަމަލާގައި އީރާނުގެ އޭރުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އާއި ސީނިއަރ އެތައް މަސްއޫލުވެރިންނެއް ވަނީ ޝަހީދުވެފައެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ގެންދަނީ […]
ބާބުލް މަންދަބު ކަނޑުއޮޅި: ކަރުނައިގެ ދޮރޯށި

ބާބުލް މަންދަބް (باب المندب) ކަނޑުއޮޅިއަކީ ދުނިޔޭގެ އިގުތިސާދާއި ކަނޑު ދަތުރުފަތުރުގެ ނިޒާމުގައި އެންމެ މުހިންމު އެއް މަގެވެ. މިއީ ރަތްކަނޑާއި (ރެޑްސީ) އަދަނު ކަނޑުއޮޅި (ގަލްފް އޮފް އަޑަން) ގުޅުވައިދޭ ހަނި ކަނޑުއޮޅިއެކެވެ. މި ކަނޑުއޮޅި އޮންނަނީ އެފްރިކާ ބައްރާއި އަރަބި ބައްރު ގުޅޭ ހިސާބުގައެވެ. މި ކަނޑުއޮޅީގެ އެއްފަރާތުގައި އޮންނަނީ ޔަމަނެވެ. އަނެއް ފަރާތުގައި އޮންނަނީ އެފްރިކާގެ ޖިބޫތީ އާއި އެރިތްރިއާއެވެ. ޔަމަނާއި ޖިބޫޓީއާ ދެމެދުގެ އެންމެ ހަނި ހިސާބުގައި މި ކަނޑުއޮޅީގައި ހުންނަނީ […]
