އެސްއޯއީ ތަކުގެ މުވައްޒަފުން މަދުކުރަން އަންގައިފި

އެސްއޯއީ ތަކުގެ މުވައްޒަފުންގެ 33 އިންސައްތަ މަދުކުރަން ފިނޭންސް މިނިސްޓްރީން ޕީސީބީއަށް އަންގައިފިއެވެ. އެމިނިސްޓްރީން ޕީސީބީއަށް މިކަން އެންގީ އެތަނުގެ ރައީސަށް ފޮނުވި ސިޓީއަކުންނެވެ. މީގެ ކުރީން ޕީސީބީން ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ އިރުޝާދު އެސްއޯއީތަކަށް ފޮނުވި ސާކިއުލަރއެއް މެދުވެރިކޮށް ދީފައެވެ. ޕީސީބީން ބުނެފައިވަނީ ރަސްމީ ގަޑިތަކުގައި މަސައްކަތްތައް ނިންމުމާއި، އިތުރު މުވައްޒަފުންތައް ނުނެގުމާއި. މުސާރައާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި، އިތުރުގަޑީގެ އެލަވަންސް ކޮންޓްރޯލް ކުރުމާއި ކޮންމެހެން ބާއްވަންޖެހޭ ހަރަކާތެއް ނޫނީ ނުބޭއްވުމަށެވެ. […]

މީހެއްގެ ކަރަށް ހަމަލާދީ ޒަޚަމްކޮށްލައިފި

ބަނގްލަދޭޝްގެ ރައްޔިތެއްގެ ކަރަށް ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ އެމީހާއަށް ހަމަލާދީފައިވަނީ މާލެ، ކަރަންކާ މަގުގައި ހުއްޓާ ކަމަށެވެ. އަނިޔާވެފައިވަނީ އުމުރުން 38 އަހަރުގެ މީހަކަށެވެ. އޭނާއަށް މިހާރުދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ވެސް ފުލުހުން ވިދާޚުވިއެވެ. އޭނާއަށް ކަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2026 އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރު 01:08 އެހައިކަންހާއިރު ކަމަށް ފުލުހުންވަނީ ހާމަކުރައްވައިފައެވެ. އެ […]

އީރާނުން ހުރްމުޒު ކަނޑުއޮޅި އަލުން ބަންދުކޮށްފި

އީރާނުގެ ބަނދަރުތައް އެމެރިކާއިން ހިސާރު ކޮށްފައިވާތީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އަލުން ހޮރްމުޒު ކަނޑުއޮޅު ބަންދުކޮށްފިއެވެ. އީރާނުން ބުނެފައިވަނީ އަލުން ހޮރްމުޒު ކަނޑުއޮޅި ހުޅުވަން ދެން ވިސްނާނީ ވެސް އެމެރިކާގެ ހިސާރު އެއްކޮށް ނައްތާލުމުން ކަމަށެވެ. އެހެންނަމަވެސް ގޮތްދޫނުކުރާ އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ ބަނދަރުތަކުގެ ހިސާރު ދޫކޮށްލާނީ އެމެރިކާއާއި އީރާނުގެ ވާހަކަތައް ކާމިޔާބުވުމުން ކަމަށެވެ. އީރާނުން ހޮރްމުޒު ކަނޑުއޮޅި މުޅިން ހުޅުވާލީ ރޭގެ ވަގުތެއްގައެވެ. އެއީ އިޒްރޭލުން ލުބުނާނަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލުމުން […]

ޖުވާކުޅެންތިބި އަށުތިރީސް ބިދޭސީއަކު އަތުލައިގެންފި

ޖުވާކުޅެންތިބި 38 ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ ”މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުންފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.“ މި މީހުންނަކީ ބަނގަލަދޭޝަށް ނިސްބަތްވާ މީހުންނެވެ. މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މިފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، 2026 އޭޕްރީލް 16 ވަނަ ދުވަހު […]

ކުޑަ ކުއްޖަކު ގަހެއްގައި ބަނދެފައިވާ މައްސަލައެއް ބަލަން ފަށައިފި

ފުލުހުންގެ މައި މަރުކަޒު/ފޮޓޯ ހިރި

އަޕަރ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެފައިވާ މައްސަލަ ބަލަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މިއީ އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ކަމަށެވެ. މިމައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން […]

ތުރުކީއާއި އީރާނުން ދަނޑުވެރިކަމާބެހޭ ގޮތުން ގުޅުން ބަދަހިކުރަނީ

ތުރުކީ އާއި އީރާނާ ދެމެދު ދަނޑުވެރިކަމާއި ބޯޑަރު ގުޅުން އިތުރަށް ފުޅާ ކުރުމަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އީރާނުގެ އެގްރިކަލްޗ މިނިސްޓަރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު އޮފް އެގްރިކަލްޗަރަލް ޖިހާދު ޣުލާމްރޭޒާ ނޫރީ މިހެން ވިދާޅުވީ ދާދިފަހުން ތުރުކީއަށް ކުރެއްވި ދަތުރުފުޅާއި ކިރްގިސްތާނުގައި ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ އެގްރިކަލްޗަރ މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު އެކަމުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރައްވަމުންނެވެ. ތުރުކީގެ އަގްރީ އަދި އިގްދީރް ޕްރޮވިންސްގެ ގަވަރުނަރުންނާ ބައްދަލު ކުރައްވައި ބޯޑަރު […]

ހަނގުރާމައިން ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭނެ: އިރާން

އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ހަމަލާދީ އެގައުމަށްދީފައިވާ ގެއްލުމުގެ ބަދަލު އެގައުމުތަކުން ދޭންޖެހޭނޭ ކަމަށް އީރާނުގެ ޖުޑިޝަރީ ޗީފް ޣުލާމް ހުސައިން މުހްސެނީ-އެޖެއީ ވިދާޅުވެއްޖެއެވެ. އަދި އެ ދެގައުމު ވަނީ އިރާނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގާފައި ކަމަށާއި އެހެން ކަމުން އެ ދެ ސަރުކާރު ގާނޫނީ ގޮތުން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މުހްސެނީ މިހެން ވިދާޅުވީ އީރާނުގެ ވެރިރަށް ތެހެރާނުގައި މިހާރު ކުރިއަށްދާ ހައި ކައުންސިލް އޮފް ދަ ޖުޑިޝަރީގެ […]

މުއްސަނދި ކޮށްފައިވާ ޔޫރޭނިއަމް އެމެރިކާއާ ހަވާލެއް  ނުކުރާނަން: އީރާން

އީރާނުގެ ނިއުކްލިއަރ ފައިލްއާ ގުޅޭ މައްސަލަތައް ހައްލު ކުރުމަށް އެމެރިކާއާއެކު މަޝްވަރާ ކުރިއަށް މުއްސަނދި ކޮށްފައިވާ ޔޫރެނިއަމް އެމެރިކާއާ ހަވާލު ނުކުރާނޭ ކަމަށް އީރާނުން ބުނެފިއެވެ. އެ ތަކެތި އެމެރިކާއަށް ބަދަލުކުރުމާ މެދު އެއްވެސް މަރުހަލާއެއްގައި ވިސްނާފައި ނުވާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން އިސްމާއީލް ބަޣާއީ ވިދާޅުވިއެވެ. ބަޣާއީ މިހެން ވިދާޅުވީ އީރާނާއި ވޮޝިންޓަންއާ ދެމެދު މަޝްވަރާތައް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މި މަޝްވަރާތައް ވެސް ކުރިއަށްދާނީ […]

ޓްރަމްޕްގެ ދޮގު ވާހަކަތަކުން ނެރެވޭނޭ ނަތީޖާއެއް ނެތް: ޣަލިބާފް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދައްކަވާ ދޮގުވާހަކަތަކުން ނެރެވޭނޭ އެއްވެސް ނަތީޖާއެއްނެތް ކަމަށް އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވެފައިވަނީ މިހާތަނަށް ވެސް ޓްރަމްޕް ވަނީ އެތައް ދޮގެއް ހަދާފައި ކަމަށާއި، ހަނގުރާމައިގެ ދުވަސްވަރުގައްޔާއި، ސުލްހައިގެ މަޝްވަރާތައް ހިނގަމުންދިޔައިރު ވެސް ޓްރަމްޕް ދިޔައީ ދޮގުވާހަކަ ފަތުރަމުންން ކަމަށް އޭނާ ވިދާޅުވިއެވެ. ދޮގު ވާހަކަތަކެއްގެ ތެރެއިން ބެރެވޭނޭ ނަތީޖާ ނޯންނާނޭ ކަމަށް މުޙައްމަދު ބާޤިރު ޣަލިބާފް ވިދާޅުވިއެވެ. ”އެމެރިކާގެ ރައީސް އެއް ގަޑިއިރުގެ ތެރޭގައި ހަތް […]

ހޮރްމުޒު ހުޅުވާލުމުން ދުނިޔޭގެ ލީޑަރުން މަރުހަބާ ކިޔަން ފަށައިފި

ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލިކަން އީރާނުން އިއުލާން ކުރުމުން ދުނިޔޭގެ ގައުމުތަކުން އެކަމަށް މަރުހަބާ ކިޔަން ފަށައިފިއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް މިކަމާ ގުޅިގެން ވިދާޅުވީ މިއީ މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ނުތަނަވަސްކަމަށް ލިބިގެންދާނޭ ލުޔެއް ކަމަށެވެ. ”ސްޓްރޭޓް އޮފް ހޮރްމޫޒް މުޅިން ހުޅުވާލެވިފައިވާ ކަމަށް އީރާނުން އިއުލާން ކުރުމުން މަރުހަބާ ކިޔަން. މިއީ ރަނގަޅު ދިމާއަކަށް އެޅި ފިޔަވަޅެއް،“ ގުޓަރެސް އޭނާގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ […]