ތެޔޮސާފުކުރާ ބޮޑެތި ކާރުޚާނާތަކުގައި އަލިފާންރޯވުން!

ދުނިޔެއަށް މިވަނީ ކިހިނެއް ހެއްޔެވެ؟ ދުނިޔޭގެ، ތެޔޮސާފުކުރާ ބޮޑެތި ހުރިހާ ކާރުޚާނާތަކުގައި، އެއްދުވަސް ވަރެއްގައި އަލިފާން ރޯވުން، މިއީ ހަމަ އިއްތިފާޤެއް ހެއްޔެވެ؟ ދެން އަލިފާން ރޯވީ ކޮންކޮން ތަންތަނެއްގައިތޯ ބަލަމާ ހިނގާށެވެ. މާރިޗް މަހުގެ 02 ވަނަ ދުވަހު، ސަޢޫދީ ޢަރަބިއްޔާގެ ”ރަސް ތަނޫރާ“ ތެޔޮސާފުކުރާ ކާރުޚާނާއަށް، އީރާނުން ޑްރޯން ޙަމަލާއެއް ދިނުމުން އަލިފާންރޯވެ އަނދައި ހުލިވިއެވެ. އީރާނުން ބުނަނީ އެއީ، އެމީހުން ދިން ޙަމަލާއެއް ނޫން ކަމަށެވެ. ހަނގުރާމައިގެ ފައިދާ ނަގައިގެން އިޒުރޭލުން، މެދުއިރުމަތީގެ […]
އިތުރު ތިންއަތޮޅެއްގެ ޔުޓިލިޓީ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެ

އިތުރު އަތޮޅުތަކެއްގައި ޔޫޓިލިޓީގެ ޚިދުމަތް ދިނުމާ ފެނަކައިން ހަވާލުވެއްޖެއެވެ. މިފަހަރު ހަވާލުވީ ބ، ޅ އަދި މ އަތޮޅާއެވެ. މިއީ ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް، ސަރުކާރުން ކުރައްވާ ކަމެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބ. އަތޮޅުން ފެށިގެން މ އަތޮޅުގެ ރަށްތަކުގެ ހުރިހާ ޔޫޓިލިޓީ ޚިދުމަތެއް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ބަދަލުކުރުމަށް ނިންމަވާފައެވެ. މި ނިންމެވުމާ ގުޅިގެން، މި […]
މައްސަލަ ކޯޓަށް ވެއްދީ ރައީސް ނަޝީދުގެ ފަރާތަކުން ނޫން

އެމްޑީޕީއަށް ދައުވާކޮށް ސިވިލްކޯޓަށް މިއަދު ހުށަހެޅި މައްސަލައަކީ ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވީ މައްސަލައެއް ނޫންކަމަށް އެމަނިކުފާނުގެ ކެންޕޭން ޓީމުން ވިދާޅުވެއްޖެއެވެ. މި މައްސަލައަކީ ރައީސް ނަޝީދުގެ ކެންޕޭން ޓީމުން ހުށަހެޅި މައްސަކައެއް ކަމަށް ބުނެ ފަތުރަމުން ގެންދަނީ ދޮގުވާހަކަތަކެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދުގެ ކެންޕޭން ޓީމުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އަސްލެއްނެތް މިބާވަތުގެ ދޮގުވާހަކަ ފެތުރުމަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކަށް އޮންނައިތުބާރު ގެއްލޭނޭ ކަމެއް ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ މަސްލަހަތަށް ހިޔަނިއެޅޭނޭ […]
އަށް އަންހެނަކަށް މަރުގެ އަދަބު ނުދިނީ އަހަރެން އެދިގެން: ޓްރަމްޕް

އީރާނުގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުގެ ތެރޭގައި ހިމެނޭ އަށް އަންހެނަކަށް މަރުގެ އަދަބު ތަންފީޒުކުރަން ނިންމި ނިންމުން ބަދަލުކޮށް އެކަން އީރާނުން ހުއްޓާލީ ޓްރަމްޕު އެދިގެން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. ”މިއީ ވަރަށް އުފާވެރި ޚަބަރެއް! އަޅުގަނޑަށް ޚަބަރު ލިބިފައިވަނީ، މިރޭ އީރާނުގައި މަރުގެ އަދަބު ދިނުމަށް ހަމަޖެހިފައިވާ 8 އަންހެނަކު ދެން މަރާނުލާނެކަން. އޭގެ ތެރެއިން ހަތަރު މީހަކު ވަގުތުން ދޫކޮށްލާފައިވޭ،“ ޓްރަމްޕް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ އޭގެ ތެރެއިން ހަތަރު މީހަކަށް […]
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެގެން ކަނޑުއޮޅި ނުހުޅުވޭނެ: އީރާން

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާ އަދި އިޒްރޭލުން ޚިލާފުވާހާ ހިނދަކު ހޮރުމުޒް ކަނޑުއޮޅި ނުހުޅުވާނޭ ކަމަށް އީރާނުން ބުނެފިއެވެ. އެ ގައުމުން ބުނެފައިވަނީ މީގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް މިވަނީ ހުރަސް އެޅިފައެވެ. އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރް ޣަލިބާފް ވިދާޅުވީ، ހަނގުރާމަ ހުއްޓާލެވޭނީ ކަނޑުގެ ހިސާރު ނައްތާލައިގެންނާއި އިޒްރޭލުން ހިންގާ ހަނގުރާމަވެރި ހަރަކާތްތައް ހުއްޓައިގެން ކަމަށެވެ. ”ދާއިމީކޮށް ހަނގުރާމަ ހުއްޓާލެވޭނީ އެމެރިކާގެ ހިސާރު ނައްތާލުމާއި، އިޒްރޭލުން ލުބުނާނާ ދެކޮޅަށް […]
އިޒްރޭލުގެ ހަމަލާ ތަކުގައި ލުބުނާނުން ހަތަރު މީހަކު ޝަހީދުވެއްޖެ

ލުބްނާނުގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް ޔަހޫދީ ދައުކަތުގެ ސިފައިން ދިން އުދުވާނީ ހަމަލާތަކުގައި ހަތަރު މީހަކު ޝަހީދު ވެއްޖެއެވެ. ލުބްނާނުގެ ނޭޝަނަލް ނިއުސް އޭޖެންސީ (އެންއެންއޭ) އިން ބުނީ އިޒްރޭލުން ދިން ޑްރޯން ހަމަލާއެއްގައި އެ މީހުން ޝަހީދު ވުމުގެ އިތުރުން އިތުރު ބަޔަކު ވަނީ ޒަޚަމް ވެފައި ކަމަށެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޯޓުތަކުން ފެންނަ ގޮތުގައި އިޒްރޭލުގެ ސިފައިންގެ މިހަމަލާގެ ސަބަބުން ކުކަންތާރާ ޓައުންގެ އުދަރެހުން ފެންނަމުންދިޔައީ މުށި ކުލައިގެ ދުންތަކެކެވެ. އީރާނުން އިޒްރޭލަށާއި […]
