ރައީސްގެ ދެކަނބަލުން، ލަންކާގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާގެ ޤައުމީ ދާރުލްއާސާރު (ކޮލަމްބޯގެ ނެޝަނަލް މިއުޒިއަމް) އަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތަކީ އެމަނިކުފާނު ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ސަގާފީ ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ކުރެއްވި ޒިޔާރަތެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދާރުލްއާސާރަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެތަނުގެ އިސްވެރިންނެވެ. މި ޒިޔާރަތުގައި ދާރުލްއާސާރުގެ އެކި ގެލެރީތައް ބައްލަވާލައްވައި، ސްރީލަންކާގެ މުއްސަނދި ތާރީޚާއި، ސަގާފީ ތަރިކަ […]
ކޮލޮމްބޯގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާގެ ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ހިމެނިގެންނެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ޙާލުއަޙުވާލު އޮޅުންފިލުއްވައި، ކަންބޮޑުވުންތަކާއި ޝުޢޫރުތައް އަޑުއައްސަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ދިވެހި ސަރުކާރުގެ ބައެއް ވަޒީރުންނާއި، އިސް އޮފިޝަލުންވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު […]
މިފްކޯގެ އުފެއްދުންތައް ސްރީލަންކާއަށް ތަޢާރަފުކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ އުފެއްދުންތައް، އަވަށްޓެރި ސްރީލަންކާގައި ތަޢާރަފުކުރުމުގެ ގޮތުން އެ ޤައުމުގެ ވެރިރަށް ކޮލަމްބޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތުގައި، މިފްކޯގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، އެ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސަގާފީ ’މަލާފަތެއް‘ ވަނީ ތަޢާރަފުކޮށް ދައްކާލާފައެވެ. މިއީ މިފްކޯގެ ”ވެލިއު-އެޑެޑް“ މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ރަސްމިއްޔާތުގައި ސްރީލަންކާގެ މިނިސްޓަރ އޮފް ޓްރޭޑް، ކޮމާސް، […]
ރާއްޖެ އެދޭ އިޤުތިޞާދީ މަންޒިލަށް ވާސިލުވުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރަނީ މުހިންމު ދައުރެއް

ރާއްޖެ އެދޭ އިޤުތިޞާދީ މަންޒިލަށް ވާސިލުވުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޯލްޑިވްސް- ސްރީލަންކާ ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރައްވައިފިއެވެ. ސްރީލަންކާގެ ކޮލޮމްބޯގައި މިއަދު ކުރިއަށްގެންދިޔަ މި ފޯރަމުގައި އެމަނިކުފާނު ވިދާޅުވީ، 2040 ގެ ތަސައްވުރަކީ އާރުކާޓީއެއްކަމުގައި ބަލައިގެން، ދިވެހިރާއްޖެ މި ވަގުތު މި އޮތީ، ތަރައްޤީގެ ދަތުރުގެ މުހިންމު ފައްތަރެއްގައިކަމަށެވެ. އަދި ފުރިހަމައަށް ތަރައްޤީވެފައިވާ، ޝާމިލު އަދި ދެމެހެއްޓެނިވި ޤައުމެއް ބިނާކުރެއްވުމުގެ އަޒުމުގައި ދެމިހުންނެވިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. 2040 ގެ ތަސައްވުރުގެ […]
އިސްދޫ ދަރިކޮޅު

އިސްދޫ ދަރިކޮޅަކީ ދިވެހިރާއްޖޭގައި ފަސްވަނައަށް ރަސްކަންކުރެއްވި ދަރިކޮޅެވެ. މި ދަރިކޮޅުގެ ކުރިން ރަސްކަން ކުރެއްވީ އުތީމު ދަރިކޮޅެވެ. އިސްދޫ ދަރިކޮޅުގެ ބާނީއަކީ އައްސުލްޠާން ޢަލީ (ހަތްވަނަ) ސިރީ ކުލަ ރަންމުތް މަހާރަދުންނެވެ. މިއީ ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރިން އަލްވަޒީރު ޢަލީ ޝާހް ބަންދަރެވެ. މިރަދުންނަކީ އައްސުލްޠާން މުޙައްމަދު ދެއްވަދޫ ރަސްގެފާނުގެ ބޮޑު ޅިޔަނެވެ. އިސްދޫ ދަރިކޮޅުގެ ބާނީ އައްސުލްޠާން ޢަލީ (ހަތްވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތީ ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން، އެ ރަދުންގެ އަނބިކަނބަލުންނަށް ޒަޚަރު […]
ފަރަންސޭސި އިސްތިޢުމާރީން ހިންގި އެންމެބޮޑު އެއް ޖަރީމާ!

ސަހާރާ ސަހަރާއަކީ ދުނިޔޭގެ އެންމެ ބޮޑު، އަދި އެންމެ ހޫނުގަދަ ސަހަރާއެވެ. އުތުރު އެފްރިކާގެ ހުރިހާ ހިސާބަކަށް ފެތުރިފައިވާ، ސަހާރާ ސަހަރާގެ ބޮޑުމިނަކީ ގާތްގަނޑަކަށް 3.6 މިލިއަން އަކަ މޭލު ނުވަތަ 9.2 މިލިއަން އަކަ ކިލޯމީޓަރެވެ. އެ ސަހަރާއަކީ އެފްރިކާ ބައްރުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައެވެ. އެޓްލާންޓިކް ކަނޑުން ފެށިގެން ރަތް ކަނޑާ ހަމައަށް ދެމިގެން ގޮސްފައިވާ، އެ ސަހަރާއަކީ އިންތިހާއަށް ހޫނު، ހިލަ ފަރުބަދަތަކާއި، ވާދީތަކާއި، ބޮޑެތި ވެލިފަރުބަދަތައް ހުންނަ ތަނެކެވެ. އެތަނުގެ ހޫނުމިން […]
އީރާނުން އެމެރިކާގެ މަނަވަރަކަށް ދިން ހަމަލާ ދުނިޔެ ސިއްސުވާލި އަމަލެއް

އިސްލާމީ އުންމަތުގެ ހިތްވަރުގަދަ އީރާނުން މިވަނީ، މުޅި ދުނިޔެ ސިއްސުވާލައި، އެމެރިކާގެ ކިބުރުވެރިކަމަށް ވަރުގަދަ ހަމަލާއެއް ދީފައެވެ. ޖާސްކް ރަށް ކައިރިން ދަތުރުކުރަމުންދިޔަ އެމެރިކާގެ އަސްކަރީ މަނަވަރުތަކަކަށް އީރާނުން ހަމަލާދިން ވީޑިއޯއެއް އާންމުކޮށްފިއެވެ. މިހަމަލާގައި އީރާނުން ވަނީ އެ މަނަވަރަށް އަމާޒުކޮށް، ވަރުގަދަ ދެ މިސައިލް ފޮނުވާލައިފައެވެ. ހަމަލާ ވަނީ ސީދާ އަމާޒަށް އަރައިފައެވެ. މިއީ ތާރީޚީ ގޮތުން ބަލާއިރު، އެމެރިކާގެ އަސްކަރީ ބާރުތަކަށް މިފަދަ ސީދާ ގޮތަކަށް ދީފައިވާ ފުރަތަމަ ހަމަލާ ކަމަށްވަނީ ފާހަގަކުރެވިފައެވެ. މިއީ […]
އީރާނުގެ ކުރީގެ ބޮޑުވަޒީރު މުޙައްމަދު މުޞައްދިޤު

1953 ގައި އީރާނުގައި، އެ ޤައުމުގެ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެވުނު ވަޒީރުލްއައުޡަމެއް ހުއްޓެވެ. އީރާނުގެ އާންމު ރައްޔިތުން އޭނާއަށް ވޯޓް ދިނެވެ. އަދި އީރާނުގެ ޤާނޫނުހަދާ މަޖިލީހުން، އޭނާ ބޮޑުވަޒީރަކަށް އައްޔަން ކުރިއެވެ. އަދި އޭނާގެ ބޮޑުވަޒީރު ކަމުގައި ވަރަށް މުހިންމު ނިންމެވުމެއް އޭނާ ނިންމެވިއެވެ. އެގޮތުން، އީރާނުގެ ތެލަކީ، އީރާނުގެ ރައްޔިތުންގެ އެއްޗަކަށް ހެއްދެވުމަށް ނިންމެވިއެވެ. އޭނާ، އެ ނިންމެވުން، ނިންމެވިތާ 28 ދުވަސް ފަހުން އޮންނެވީ ޖަލުގެ ކުޑަ ގޮޅީގައެވެ. އެމެރިކާގެ ސެންޓްރަލް […]
ތިއޮޑޯރ ހަރޒެލްގެ ޑައިރީ!

1897 ގައި މީހަކު، އޭނާގެ ޑައިރީގައި ލިޔުނެވެ. ”މިއަދު އަހުރެން ޔަހޫދީ ދައުލަތުގެ ބިންގާ އަޅައިފީމެވެ.“ ދުނިޔޭގެ އެއްވެސް މީހަކަށް އެކަމެއް ނޭނގެއެވެ. 51 އަހަރު ފަހުން އެކަން ޙަޤީޤަތަކަށް ވިއެވެ. ތިއޮޑޯރ ހަރޒެލްއަކީ އޮސްޓްރިޔާގެ ޖަރނަލިސްޓެކެވެ. އޭނާއަކީ ސިފައިންގެ މީހެއް ނޫނެވެ. އޭނާއަކީ ރަސްކަލެއް، ރައީސެއްވެސް ނުމެ ނޫން މެއެވެ. އަދި، މާބާރުގަދަ މީހެއްވެސް ނޫނެވެ. އޭނާގެ އަތުގައި އޮތީ ހަމައެކަނި ޤަލަމެކެވެ. 1897 ގައި، ސްވިޒަރލޭންޑުގެ ބޭޒަލްގައި، ސަހުޔޫނީ ފުރަތަމަ ކޮންގްރެސް ބޭއްވިއެވެ. 200 […]
