ޚަބަރު

ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި، ޙަރަކާތްތައް ޤާނޫނާ ޚިލާފަށް ހިންގަމުންދާ ކަމަށްވާނަމަ ޕީއެންއެފްއާ ދެކޮޅަށް ފިޔަވަޅު އަޅާނޭ ކަމުގގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެޕާޓީއަށް ދީފިއެވެ. އީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ޙަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަކީ ޤާނޫނުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ މެންބަރުން ނުވަތަ އެޕާޓީއަކަށް ތާއިދުކުރާ ބަޔަކު އެހެން....