ދުނިޔެ
ބާރަށް މަސްތުވެފައިވާ އެމެރިކާއިން ދަމަހައްޓަމުން އައި، ސުޕަޕަވަރުގެ ބޮޑާކަމާއި، ކިބުރުވެރިކަން އީރާނުން މިވަނީ ފުނޑުފުނޑު ކޮށްލާފައެވެ! މެދުއިރުމަތީގެ ހޫނުގަދަ ހަނގުރާމައިގެ މައިދާނުން، މިޒަމާނުގައި ބަޔަކަށް ފެންނާނެ އެންމެ ބޮޑު އަދި އެންމެ ބިރުވެރި ޙަޤީޤަތް މިވަނީ ފެންމަތިވެފައެވެ. ބާރުގެ މަސްތުގައި ލޯމަރާލައިގެން އެމެރިކާއިން ފެށި މި ހަނގުރާމައިގައި، އެމެރިކާ މިހާރު އޮތީ ނުރައްކާތެރި، ދަތި އުނދަގޫ ވަޅުގަނޑެއްގެ ތެރޭގައި ތާށިވެފައެވެ. އެ ވަޅުގަނޑުން އަރައިގަނެވޭނެ ގޮތެއް އަދި އެމެރިކާއަކަށް ނުފެނެއެވެ.....

