ހުރުމޫޒު ކަނޑުއޮޅިއެއް ނޫން، ޓުރަމްޕު ކަނޑުއޮޅި!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
މެއި 2, 2026

އޭޕްރީލް 29 ވަނަ ދުވަހު ”ޓުރުތު ސޯޝަލް“ ގައި ޑޮނަލްޑް ޓުރަމްޕް ވަނީ ޕޯސްޓެއް ޙިއްޞާ ކޮށްފައެވެ. އެ ޕޯސްޓުގައި ޓުރަމްޕު ވަނީ ހުރުމޫޒް ކަނޑުއޮޅީގެ ނަން ”ޓުރަމްޕު ކަނޑުއޮޅި“ ނުވަތަ ”ސްޓްރެއިޓް އޮފް ޓުރަމްޕް“ އަށް ބަދަލު ކުރުމަށް ހުށަހަޅާފައެވެ. އަދި، އެ ޕޯސްޓާއެކު، އެ ކަނޑުއޮޅީގެ ނަން ”ޓުރަމްޕު ކަނޑުއޮޅި“ އަށް ބަދަލުކޮށް، އެ ބަދަލު ދައްކުވައިދޭ ޗާޓެއްވެސް ހުށަހަޅާފައިވެއެވެ.

އެ ޕޯސްޓާއެކު ހުށަހަޅާފައިވާ ނަމުގެ ދަށުން، ކަނޑު ދަތުރުފަތުރުގެ މުހިންމު އަދި އިސްތިރާޖީ ގޮތެއްގައި ދަތިއުނދަގޫ އެ މަގުގެ ޗާޓެއް ހިމަނާފައިވީ ނަމަވެސް، އެއީ އެމެރިކާގެ ރަސްމީ އެއްވެސް ސިޔާސަތަކާ ގުޅުން ހުރި އެއްޗެއްަ ނޫނެވެ. އަދި، އެއީ ގާނޫނީ އެއްވެސް ބުރަދަނެއް ލިބިގެންވާ ހުށަހެޅުމެއްވެސް ނުމެނޫންމެއެވެ.

ހުުރުމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ ޚުޠޫރަތްތެރި އެއް މަގެވެ. އަދި، ޢާލަމީ ހަކަތައިގެ ޝިޕްމަންޓްތަކުގެ ދަތުރުތަކުގެ މުހިންމު ޙިއްޞާއެއް އަދާކުރާ މަގުވެސް މެއެވެ.

މިކަމެއް ފެށިފައި މިވަނީ، އެމެރިކާއާއި އީރާނުގެ ހަމަނުޖެހުންތައް އިތުރު ވެފައިވާ، އަދި ކަނޑު ދަތުރުފަތުރަށް ބުރޫއަރާފައިވާތީ ހަކަތައާ މެދު ކަންބޮޑުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މާކުރިއްސުރެވެސް، އެ ކަނޑުއޮޅިއަކީ، އެތަނުގެ މަގާމާއި، އަދި ހަކަތައިގެ އަހައްމިއްޔަތު ކަމަށް ބަލާއިރު، ޢާލަމީ ވިޔަފާރިއާއި، އިސްތިރާޖީ އަންދާޒާތަކުގައި، މުހިންމު މަގެކެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *