ޞަލާޙުއްދީނުލް އައްޔޫބީގެ އޯގާތެރިކަން

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
މެއި 23, 2026

1183 ވަނަ އަހަރު، އުރުދުންގެ ކަރަކް ކިއްލާ ފަތަޙަ ކުރެއްވުމަށްޓަކާ ޙަމަލާ ދެއްވަމުން ދަނިކޮށް، ހަމަ އެ ކިއްލާގެ ތެރޭގައި ކައިވެނީގެ ރަސްމިއްޔާތެއް ހިނގަމުންދާ ކަން، ޞަލާޙުއްދީނުލް އައްޔޫބީއަށް އެނގިވަޑައިގަތެވެ.

ކައިވެނީގެ ޢަރޫސަކީ، ރަސްގެފާނު ބޯލްޑަވިން 4 ގެ، އެއްބަފާ ކޮއްކޯފުޅު، ޤުދުސްގެ އިޒަބެލް ކަމަށާއި، އަދި ޢަރީސަކީ ޓޯރޮންގެ ހަމްފްރީ 4 ވަނަ ކަމަށް ވެސް މަޢުލޫމާތު ލިބިވަޑައިގަތެވެ. އެއާއެކު، އެ ރަސްމިއްޔާތު ބާއްވަމުން ދިޔަ ޓަވަރަށް ޙަމަލާ ދިނުން ވަގުތުން ހުއްޓާލުމަށް، ޞަލާޙުދީނުލް އައްޔޫބީ، އޭނާގެ ސިފައިންނަށް އަމުރު ކުރެއްވިއެވެ. އަދި، ޞަލީބީންނާއި، މުސްލިމުންނާ ދެމެދު ހަނގުރާމަ ހިނގަމުން ދިޔަ ކަމުގައިވީ ނަމަވެސް، އެ ދެކަނބަލުންގެ ކައިވެނިފުޅުގެ ޝަރަފުގައި، ޞަލާޙުއްދީނުލް އައްޔޫބީ، އެ ދެކަނބަލުންނަށް ހަދިޔާއެއް ފޮނުއްވެވިއެވެ.

ޞަލާޙުއްދީނުލް އައްޔޫބީ ކަންތައްތައް ކުރެއްވި ގޮތުން، ޢަރޫސްގެ މަންމަ ސްޓެފަނީއަށް ޖަޒުބާތީ އަސަރުތަކެއް ކުރުވިއެވެ. އަދި ޞަލާޙުއްދީނުލް އައްޔޫބީ ދެއްކެވި އޯގާތެރިކަމުގެ ބަދަލުގައި، ޙިޞާރުކުރެވިފައިވާ އެ ކިއްލާގެ ތެރެއިން، ސަލާޙުއްދީނުލް އައްޔޫބީގެ ލަޝްކަރަށް ކާބޯތަކެތި ފޮނުއްވިއެވެ. ހަނގުރާމައިގެ ތެރޭގައިވެސް، ދެފަރާތުން ބަދަލުކުރެވުނު ހަދިޔާ ބަދިޔާއާއި، އޯގާތެރިކަން ވެގެން ދިޔައީ ނަޞާރާއިންނާއި، އަދި މުސްލިމުންގެ ބިންތަކުގައި ވެސް ވަރަށް ބޮޑަށް ފެތުރިގެން ދިޔަ ވާހަކަ އަކަށެވެ.

އާޚިރުގައި ހަނގުރާމަ ކުރިއަށް ދިޔަ ކަމުގައިވީ ނަމަވެސް، ޞަލާޙުއްދީނުލް އައްޔޫބީގެ ޢަމަލުފުޅުތަކުގެ ސަބަބުން، ކަރަކު ކިއްލާގައި، އޭނާގެ މާތްކަމާއި، މަތިވެރިކަމާއި، އަދި އޯގާތެރިކަމާ މެދު ފުން އިހުސާސްތަކެއް ކުރެވިގެން ދިޔައެވެ. ދުޝްމަނުންނާ މެދު ވެސް ރަޙުމާއި، ހަމްދަރުދީއާއި އަދި އޯގާތެރިކަމާއެކު ޢަމަލުފުޅު ކުރެއްވުމުގެ ޤާބިލުކަން ލިބިވަޑައިގެން ހުންނެވުމުން، މެދު ޒަމާނުގައި، ދުނިޔޭގެ އެންމެ އިޙުތިރާމު ލިބިވަޑައިގެން ހުންނެވި، އެއް ޝަޚުޞިއްޔަތަށް އޭނާ ވެވަޑައިގެންނެވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *