ބޮޑު ”ހުކުރެއް“ އަންނަކަން އިއުލާން ކުރަމުން މުޒާހަރާ ނިންމާލައިފި

ބޮޑު ”ހުކުރެއް“ އަންނަކަން އިއުލާން ކުރަމުން އެމްޑީޕީން މިރޭ ބޭއްވި މުޒާހަރާ ބާރަޖަހަން ގާތްވެފައި ވަނިކޮށް ނިންމާލައިފިއެވެ. މުޒާހަރާ ނިންމާލަމުން ބުނެފައިވަނީ އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން މާލެތެރެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއަށްވުރެ ކުރިން މުޒާހަރާ ނިންމާލީ ސަރުކާރުން އެކަން އެމްޑީޕީގެ ބޮލުގައި އަޅުވާނެތީ ކަމަށް ވެސް ބުންޏެވެ. މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ސިލްސިލާކޮށް މުޒާހަރާ ކުރިއަށްދާނޭ ކަމަށް އެމްޑީޕީން ބުންޏެވެ. ގިނައަދަދެއްގެ މީހުން ބައިވެރިވި މުޒާހަރާގައި ކުރީގެ ރައީސް، އިބްރާހީމް […]
މުޒާހަރާއި ފުލުހުންނާ ދިމާއަށް ގަލާއި ފެންފުޅި އުކި: ފުލުހުން

މިރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ފުލުހުންނާ ދިމާއަށް ބައިވެރިން ވަނީ ގަލާއި ފެންފުޅު އުކައި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެ އަމަލު ހިންގި ފަރާތްތައް ހޯދައި ގާނޫނޫ ފިޔަވަޅު އަޅާނޭ ކަމަށެވެ. އޭގެ އިތުރުން ފުލުހުން ވިދާޅުވެފައިވަނީ އެމްޑީޕީން މިރޭ މުޒާހަރާ ކުރަން ދިމާކުރީ ކުރިން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް ކަމަށެވެ. އެއާ ޚިލާފަށް މަޖީދީ މަގުން ކުރިއަށްދާން އުޅުމުން އެގޮތަށް އަމަލު ނުކުރުމަށް އެންގި ކަމަށް […]
އެމްޑީޕީން މިރޭ ނިކުންނަނީ ސަރުކާރު ވައްޓާލަންތަ؟

އެމްޑީޕީން މިރޭ މުޒާހަރާއަށް ނުކުންނަނީ ސަރުކާރު ވައްޓާލާކަށް ނޫނެވެ. ރައްޔިތުންގެ އަޑު އިއްވާށެވެ. މިއީ އެޕާޓީގެ ވިސްނުން ކަމަށްވިޔަސް މިއަދުގެ ސަރުކާރުގެ އިސްވެރިން މި މުޒާހަރާ ބާއްވާތީ ކަންބޮޑުވެގެން އުޅޭތަން ފެންނަކަމަށް އެމްޑީޕީގެ ލީޑަރުންނާއި އެކްޓިވިސްޓުން ދަނީ ބުނަމުންނެވެ. ސަރުކާރަށް ތާއިދުކުރާ އެކްޓިވިސްޓުންނަށް ނޭނގި ނަމަވެސް މި މުޒާހަރާ ނުވަތަ އެއްވުން ޕްރޮމޯޓުވާ ކަހަލަ ޕޯސްޓަރުތަކާއި ޓުވީޓުތައް ދަނީ ސޯޝަލް މީޑިއާއަށް އޮއްސަމުންނެވެ. އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވަނީ އެޕާޓީން އެއްވެސް އިރެއްގައި ގާނޫނީ ސަރުކާރެއް […]
ބިރަކަށް ނުގުޑާނޭ ކަމަށްބުނެ މުޒާހަރާއަށް މީހުން އަންނަނީ

އެމްޑީޕީން މިރޭ މާލޭގައި ބާއްވާ މުޒާހަރާއަށް ރަށްރަށުން މީހުން އަންނަމުންދާ ކަމަށް އެޕާޓީން ބުނެފިއެވެ. މިއަދުގެ އެކިވަގުތުތަކުގައި އެކި އަތޮޅުގެ އެކި ރަށްރަށުން މީހުން އަންނަނީ މާލެއަށް އަރަމުންނެވެ. އަންނަ މީހުންގެ އަތުގައި އެމްޑީޕީ ރަމްޒުކޮށްދޭ ދިދަވެސް ހުރެއެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވަނީ މިރޭގެ މުޒާހަރާއަށް ރަށްރަށުން އެތައް ސަތޭކަ މީހުން މާލެއަށް އަންނާނޭ ކަމަށެވެ. މާލެއަށް އަންމުން އެމްޑީޕީގެ ސަޕޯޓަރުން ބުނަމުންދަނީ މިރޭގެ މުޒާހަރާއަށް ހުރަސް އެޅުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. […]
މާލޭގެ އެކިސަރަހައްދުތައް ބަންދު ކުރަނީ

ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި މާލޭގެ އެކި ސަރަހައްދުތައް ބަންދު ކުރާނޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ބަންދުކުރާނީ ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިރެއަކީ އެމްޑީޕީން މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ހަމަޖައްސާފައިވާ ރެއެކެވެ. މިއެއްވުމަށް ރަށްރަށުން ވެސް މީހުން މާލެ އެބައާދެއެވެ. އެހެންނަމަވެސް މިރޭ މާލޭގެ އެކި ސަރަހައްދުތައް އެކި ވަގުތުތަކުގައި ބަންދު ކުރަނީ ކޮންކަހަލަ އޮޕަރޭޝަނަކާ ގުޅިގެން ކަމެއް ފުލުހުން ވިދާޅެއް […]
ފަތުރުވެރިކަން ތަރައްގީ ކުރުމުގައި ރީތި އާދަތައް ހިމާޔަތް ކުރަންޖެހޭ: ރައީސް

ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް ހިމާޔަތްކޮށްގެން ކުރިއަށްދިއުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ އެންމެހައި ފަރާތްތަކަށް، ރައީސް މިކަމަށް އިލްތިމާސްކުރެއްވީ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖުގައެވެ. ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި މި ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ގިނަ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމާއި، ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް […]
ވައުދުވިޔަސް ފައިސާއެއް ނުދޭނެ، ދެއްކެންޏާ އެގޮތެއް ބުނެދީ: އަމީރު

ކުރިއަށްއޮތް ފަސް ހަފްތާތެރޭގައި ކޮންޓްރެކްޓަރުންނަށް ސަރުކާރާއި ކުންފުނިތަކުން ދޭންހުރި ފައިސާ ދައްކައި ޚަލާސް ކުރައްވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިޔަސް އެމަނިކުފާނު އެކަން ނުކުރައްވާނޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. އަމީރު ވިދާޅުވެފައިވަނީ މީގެ ކުރިން ވެސް ރައީސް ވަނީ މިފައިސާ ދެއްވާނޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި ކަމަށެވެ. ”ނޮވެމްބަރު 2024 ގަ ދިން މި އިންޓަރވިއުއެއްގައި މި ބުނަނީ ކުރިޔަށް އޮތް 2 މަސް ތެރޭ ހުރިހާ ފައިސާއެއް […]
އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ ވެރިކަން ހޯދަން: ގާސިމް

އެމްޑީޕީން މިރޭ ބާއްވާ ”ލޫޓުވައިފި ލޫޓުވައިފި“ މުޒާހަރާ ބާއްވާތީ ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކެތް ނުވެގެން ބަސް ބުނެފިއެވެ. އޭނާ ބުނެފައިވަނީ މިރޭގެ މުޒާހަރާއަށް ޖޭޕީގެ އެއްވެސް މެންބަރަކު ނިކުމެގެން ނުވާނޭ ކަމަށެވެ. އެހެން ބުނެ އާދައިގެ މަތީން އޭނާ ވަނީ މުޒާހަރާއަށް ނުދިޔުމަށް އާދޭސް ކޮށްފައެވެ. އޭނާ ބުނެފައިވަނީ އެމްޑީޕީން މިރޭ ބާއްވާ މުޒާހަރާއަކީ ބިނާކުރަނިވި މުޒާހަރާއެއް ނޫންކަމަށާއި އެއީ ފަނާކުރަނިވި މުޒާހަރާއެއް ކަމަށެވެ. ”އެއީ ވެރިކަން ހޯދަންކުރާ ބޮޑު ނުބައި ކަމެއް،“ އޭނާ […]
އެމްޑީޕީން މިރޭ ނުކުންނަނީ ގައުމު ހަލަބޮލި ކުރަން: ޚަލީލް

އެމްޑީޕީން މިރޭ މަގުމައްޗަށް ނުކުންނަނީ ގައުމު ހަލަބޮލުކުރަން ކަމަށް މިސަރުކާރުގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ޚަލީލް އެކްސްގައި ވިދާޅުވެފައިވަނީ އެމްޑީޕީ ވެރިކަމުގައި އޮތްއިރު އެޕާޓީގެ ވެރީން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް މިސަރުކާރުން ބަލާނެ ކަން އެމްޑީޕީއަށް މިހާރު ވަނީ ކަށަވަރު ވެފައި ކަމަށެވެ. ގައުމު ހަލަބޮލިކުރަން މިރޭ ނުކުންނަނީ އެހެންވެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ”އެމްޑީޕީގެ ވެރިން ހިންގާފައިވާ ކޮރަޕްޝަނުގެ ބޮޑެތި އަމަލުތައް ބަލާނެކަން ކަށަވަރުވުމުން އަނެއްކާވެސް އެދިމާކުރީ ގައުމު ހަލަބޮލިކުރަން. ފުލުހުންނަށް ހަމަލާދީ […]
