މިއަދުގެ އޮޕަރޭޝަނުގައި ހަތަރު މީހަކު ހައްޔަރުކޮށްފި

”އޮޕަރޭޝަން އަލިމަގު“ ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި މިއަދު ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 10 ތަނެއް ބަލައިފާސްކޮށް، 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ”ހައްޔަރު ކޮށްފައިވަނީ ގއ.ވިލިނގިލި، ޝެވޯނާ، ޝައްފާޙް ލަޠީފް (28އ) ހަމައެރަށު، މިޔުޒިކީއާގެއަޙްމަދު މަދީޙު (33އ) އާއި، އެރަށު، އައިޒަން އަޙްމަދު އަނާމް އިބްރާހީމް (30އ) އާއި، އަރާއިރުގެ ނޫރުއްނިޡާމް (35އ) ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް […]
ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް: މަމްދާނީ

ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ، ކުއީންސްގައި ބޭއްވި ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާއެއްގެ ތެރެއިން ހަމާސް ޖަމާއަތަށް ތާއީދުކޮށް ގޮވި ގޮވުންތައް ހުކުރު ދުވަހު ކުށްވެރިކުރައްވައިފިއެވެ. މޭޔަރު ވިދާޅުވީ ”ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކޮށް ގޮވާ ގޮވުންތަކަށް މި ސިޓީގައި ޖާގައެއް ނެތް“ ކަމަށެވެ. މި މުޒާހަރާ ބާއްވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ’ޔަންގް އިސްރާއީލް އޮފް ކިއު ގާޑަން ހިލްސް‘ ސިނަގޮގް ކައިރީގައެވެ. ’ޕަލެސްޓީނިއަން އެސެމްބްލީ ފޯ ލިބަރޭޝަން‘ އިން އިންތިޒާމުކުރި މި މުޒާހަރާއަކީ ގުދުސް އާއި ހުޅަނގު […]
އީރާނަކީ އަމއިްލައަށް ފައިމައްޗަށް ތެދުވާން ދަންނަ ގައުމެއް

ހުޅަނގުގެ ގައުމުތަކުން ބޭނުންކުރާ ގިނަ ޓެކްނޮލޮޖީ ޕްލެޓްފޯމްތަކަށް ބަލާއިރު، އީރާނުން ވަނީ އެ ގައުމުގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން އެފަދަ ހިދުމަތްތައް އުފައްދާފައެވެ. އީރާނުގައި އަމިއްލަ އެމެޒޯން، އޫބާ އަދި ނެޓްފްލިކްސް ފަދަ ވަރުގަދަ ޕްލެޓްފޯމްތައް ހުރިއިރު، މިއީ ހަމައެކަނި ކޮޕީކޮށްގެން އުފައްދާފައިވާ އެއްޗެއް ނޫނެވެ. މި ޕްލެޓްފޯމްތަކަކީ އީރާނުގެ އެތެރޭގައި ތިބި ގާބިލު އިންޖިނޭރުންނާއި ސައިންސްވެރިންގެ ބުރަ މަސައްކަތުން އުފައްދާފައިވާ، ފުރިހަމައަށް މަސައްކަތްކުރާ ނިޒާމުތަކެކެވެ. މި ކުރިއެރުމުގެ ފަހަތުގައި ވަނީ އީރާނުގެ ވަރުގަދަ ޓެކްނިކަލް ޔުނިވަރސިޓީތަކެވެ. […]
އީރާނުގެ ވެރިކަން ބަދަލުކުރުމަށް ކުރާ ގޮނޑިކޮއްކޮ މަސައްކަތް

2026 ވަނަ އަހަރުގެ ކުރީކޮޅު އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގައި ހިނގަމުންދާ މުޒާހަރާތަކާ އެކު، އީރާނުގެ އެންމެ ފަހުގެ ރަސްގެފާނުގެ ދަރިކަލުން ރިޒާ ޕަހްލަވީގެ ނަން އަނެއްކާވެސް ވަނީ ސިޔާސީ މައިދާނުގައި ގަދަވެފައެވެ. އީރާނުގެ އިދިކޮޅު ފަރާތްތަކާއި، ބޭރު ގައުމުތަކުގައި ދިރިއުޅޭ އީރާނުގެ ރައްޔިތުން އަދި ދައުލަތުގެ މީޑިއާގައި ވެސް ”ޕްރޮޖެކްޓް ރިޒާ ޕަހްލަވީ“ އަކީ މިއަދު އެންމެ ބޮޑަށް ބަހުސް ކުރެވޭ އެއް މައުޟޫއެވެ. 1979 ވަނަ އަހަރުން ފެށިގެން ގައުމުން ބޭރުގައި ދިރިއުޅޭ ރިޒާ ޕަހްލަވީ […]
ގްރީންލެންޑް ހިފަންދާން ސިފައިން ތައްޔާރަށް ތިބުމަށް ޓްރަމްޕް އަންގައިފި

ގްރީންލެންޑް ހިފަންދާން ސިފައިން ތައްޔާރަށް ތިބުމަށް ޓްރަމްޕް އަންގައިފި
އެމެރިކާގެ މުޒާހަރާތައް އީރާނަށް ވުރެން މާވަރުގަދަ

އެމެރިކާގެ އެކި ސިޓީތަކުގައި އިމިގްރޭޝަން ސިޔާސަތުތަކާ ދެކޮޅަށް ކުރިއަށްދާ މުޒާހަރާތަކަކީ އީރާނުގައި ހިނގާ މުޒާހަރާތަކަށް ވުރެ ވަރުގަދަ މުޒާހަރާތަކެއްގެ ގޮތުގައި ސިފަކޮށް، އެމެރިކާގެ ޑިމޮކްރަސީގެ ފުށުއެރުންތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. މި މުޒާހަރާތައް މައިގަނޑު ގޮތެއްގައި ފެށިފައިވަނީ މިނިއާޕޮލިސްގައި އައިސް އިން ހިންގި ބަޑިޖެހުމުގެ ހާދިސާއަކާ ގުޅިގެންނެވެ. މިނިއާޕޮލިސްގެ ޕައުޑަރހޯން ޕާކަށް 1،000 އާއި 5،000 އާ ދެމެދުގެ އަދަދަކަށް މީހުން އެއްވެފައިވާއިރު، ފުލުހުން ވަނީ ވަގުތުން ހަރުކަށި ފިޔަވަޅުތަކެއް އަޅައި 29 މީހަކު ހައްޔަރުކޮށްފައެވެ. މީގެ […]
ދުބާއީގެ ހޮޓާތަކުގައި އޮރިޔާން ބަލަނީ

ދުބާއީގެ ލަގްޒަރީ ހޮޓާތަކުގައި އަންހެނުން ސިއްރުން ފިލްމުކުރުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވީޑިއޯތަކާ ގުޅިގެން ބޮޑު ހައިޖާނެއް އުފެދިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ދުބާއީ ފުލުހުންގެ ކުރީގެ ވެރިޔާ ދާހީ ޚަލްފާން ތަމީމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ގާނޫނީ ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އަރަބި ބަހުން ޝާއިރުކުރާ ”މަޖައްލާ މީމް“ އިން އެކްސް ގައި އާންމުކުރި ޕޯސްޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ދުބާއީގައި ހިންގަމުންދާ މި އަމަލަކީ […]
ކާމްރާން 25 އަހަރަށް ޖަލަށް!

ޕާކިސްތާންގެ ޖިއޯ ޓީވީން ދައްކަމުން އައި މަގުބޫލު ޑްރާމާ ސިލްސިލާ ”ކޭސް ނަމްބަރު 9“ ނިމުމަކަށް އައިއިރު، ޖިންސީ ގޯނާގެ ޝިކާރައަކަށްވި ސަހަރު އަށް ގާނޫނީ ދިގު މަރުހަލާތަކަކަށްފަހު އިންސާފު ލިބިއްޖެއެވެ. މި ޑްރާމާގެ ފަހު އެޕިސޯޑުގައި ކޯޓުން ވަނީ މައިގަނޑު ކުށްވެރިޔާ ކާމްރާން 25 އަހަރަށް ބުރަ މަސައްކަތާއެކު ޖަލަށްލުމަށް ހުކުމްކޮށްފައެވެ. މީގެ އިތުރުން، މި ކުށުގައި ބައިވެރިވި އެހެން މީހުންނާ މެދު ވެސް ގާނޫނީ ހަރުކަށި ފިޔަވަޅު އެޅުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ޑްރާމާ […]
އީރާނުގެ އަސްކަރީ ނޫން އަމާޒުތަކަށް ހަމަލާދޭނެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމާ މެދު ސީރިއަސްކޮށް ވިސްނަމުންދާ ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފިއެވެ. މި ރިޕޯޓުގައިވާ ގޮތުން އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން، ތެހެރާންގެ އަސްކަރީ ނޫން އަމާޒުތަކަށް ހަމަލާދިނުމުގެ އިޚްތިޔާރުތަކާ ބެހޭގޮތުން ރައީސް ޓްރަމްޕަށް ވަނީ ބަޔާނެއް ދީފައެވެ. ނިއުޔޯކް ޓައިމްސްއިން އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ، އީރާނަށް ހަމަލާދިނުމާ މެދު ރައީސް ޓްރަމްޕް އަދި ވަކި ގޮތެއް ނިންމަވާފައި […]
އިންޑިއާގެ ޑޭޓާ ސެންޓަރުތަކުގެ ކެޕޭސިޓީ

އިންޑިއާގައި ޑޭޓާ ސެންޓަރުތައް ބިނާކުރުމުގެ މަސައްކަތް 2025 ވަނަ އަހަރު ވަރަށް ބޮޑަށް ހަލުވިވެ، އައު ކެޕޭސިޓީ މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިއީ އެ ގައުމުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ވަގުތު އިންޑިއާގައި ޑޭޓާ ސެންޓަރުތަކުގެ މައިގަނޑު ހަބްތަކުގެ ގޮތުގައި ފާހަގަކުރެވެނީ މުމްބާއީ، ޗެންނާއީ އަދި ހައިދަރުއާބާދެވެ. މި ސިޓީތަކުގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވެމުންދާއިރު، މިއީ އެ ގައުމުގެ ޑޭޓާ ރައްކާކުރުމާއި ޕްރޮސެސްކުރުމުގެ ގާބިލްކަން އިތުރުކުރުމަށް […]
