އިންޑިއާ އާއި ޗިލީއާ

އިންޑިއާ އާއި ޗިލީއާ ދެމެދު ސޯޝަލް ސެކިއުރިޓީ އެއްބަސްވުމެއް ގާއިމުކުރުމުގެ ފަހުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ދެ ގައުމުން ހާމަކޮށްފިއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގައި މަސައްކަތްކުރާ ޕްރޮފެޝަނަލުން ދެ ގައުމަށް ސޯޝަލް ސެކިއުރިޓީ ކޮންޓްރިބިއުޝަން ދައްކަންޖެހޭ އުސޫލު ނިމުމަކަށް ގެނައުމެވެ. މި އެއްބަސްވުމުގެ ސަބަބުން އިންޑިއާގެ ގިނަ އަދަދެއްގެ އައި.ޓީ ޕްރޮފެޝަނަލުންނާއި އެހެނިހެން ދާއިރާތަކުގެ މަސައްކަތްތެރިންނަށް ޗިލީގައި މަސައްކަތް ކުރާއިރު ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް […]
ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކޮށްފި

އިންޑިއާގެ އިޤްތިޞާދީ ދުވެލި ބާރުވެ، ކުރިމަގުގެ އުންމީދުތައް އާވެފައިވާ ދަނޑިވަޅެއްގައި، އެ ޤައުމުން ދުނިޔޭގެ އެކި ކަންކޮޅުތަކާއެކު ބާއްވާ ޚާރިޖީ އަދި އިޤްތިޞާދީ ގުޅުންތައް މި ހަފުތާގައި އިތުރަށް ފުޅާކޮށްފިއެވެ. މިގޮތުން ޖީ7 ގެ ޤައުމުތަކާއި، އަރަބި ލީގު، ޗިލީ، ޖަރުމަނުވިލާތް އަދި ގަލްފުގެ ޤައުމުތަކާއެކު އިންޑިއާއިން ވަނީ މުހިންމު މަޝްވަރާތަކެއް ބާއްވާފައެވެ. ޗައިނާއަށް ބަރޯސާވުން ކުޑަކުރުމަށް ހުޅަނގުގެ ޤައުމުތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޖީ7 ގެ ކްރިޓިކަލް މިނަރަލްސް […]
ޓްރަމްޕާ ހެދި ގްރީންލެންޑްގެ ނަން ބަދަލުކޮށްފާނެ

އެމެރިކާ ރައީސް ޓްރަމްޕް މާބޮޑަށް ގްރީންލެންޑާ ދާވައިގެން އުޅޭތީ އެކަމުން އޭނާގެ ޚިޔާލު ބަދަލު ކޮށް މާޔޫސްކުރުމަށް ތަފާތު އުކުޅެއް ގެންގުޅުމަށް މީހުން ދަނީ މީސްމީޑިއާގައި ގޮވާލަމުންނެވެ. އަދި އެއް ބަޔަކު ބުނަނީ މިއީ މި ހާލަތަށް އެކަށީގެންވާ ޚިޔާލެއް ކަމަށެވެ. މީހުން ހުށަހަޅާ ޚިޔާލަކީ ގްރީންލެންޑްގެ ނަން ބަދަލު ކުރާށެވެ. އުމުރު ހަމަ ނުވާ އަންހެން ކުދިން އެމެރިކާގެ ވެރިންނަށް ހޯދައިދިން ދައްލާލް ޖެފްރީ އެޕްސްޓީން އަކީ ޓްރަމްޕަށް އަތްގާތް ކޮށްދިން ރަހުމަތްތެރިއެއްވެސް މެއެވެ. މީހުން […]
ޔޫއޭއީ ކުދިން ދީނަށް އުޅޭތީ އިޒްރޭލަށް ކިޔަވަން ފޮނުވަނީ

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކަށް ދެމުންދިޔަ ސަރުކާރުގެ ސްކޮލަޝިޕްތައް މެދުކަނޑާލުމަށް ނިންމައިފިއެވެ. މިއީ ވަރަށް މުނާ ފިގު ނިންމުމެއް ކަމަށްވެސް ބުނެ ގިނަ ބަޔަކު ދަނީ އަބޫދާބީގެ ނިންމުމަށް ފާޑުކިޔަމުންނެވެ. އިޒްރޭލުގެ މީޑިއާއާ އެކްސް ގައި ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު، ޔޫއޭއީއިން މި ފިޔަވަޅު އެޅީ އިނގިރޭސިވިލާތުގައި ކިޔަވާ ދަރިވަރުން ”ހަރުކަށި އިސްލާމީ ފިކުރުތަކަށް“ އުޅެންދަސްކުރާ ކަމުގެ ބިރު އޮތްކަމަށްބުނެއވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ޔޫއޭއީގެ ސަރުކާރުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް […]
އިޒްރޭލު އަރަބި ލީގުގައި ބައިވެރިކުރުމަށް ގޮވާލައްވައިފި

އިޒްރޭލަކީ އަރަބި ލީގުގެ މެންބަރަކަށް ހަދަންޖެހޭ ކަމަށް ވިދާޅުވެ، ދުބާއީގެ ފުލުހުންގެ ނައިބު ރައީސް ލެފްޓިނެންޓް ޖެނެރަލް ދާހީ ޚަލްފާން ތަމީމް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ބޮޑު ބަހުސެއް އުފެދިއްޖެއެވެ. ޔޫއޭއީގެ ވެރިންނާ ގާތްނުފޫޒުގަދަ މި ޝަހުސިއްޔަތު މިފަދަ ހުށަހެޅުމެއް ހުށަހެޅުއްވީ ދާދިފަހުން އާންމުވި ވީޑިއޯ ކްލިޕެއްގައެވެ. ޚަލްފާން ވަކާލާތު ކުރެއްވި ގޮތުގައި އިޒްރޭލު މީހުންނަކީ ޔޫރަޕުން ނުވަތަ އެމެރިކާއިން އައި ބައެއް ނޫން ކަމަށާއި، އެއީ ”މި ބިމުގެ ދަރިން“ ކަމަށެވެ. އަދި މިހާރު އޮތް ގޮތަށް އަރަބި […]
ޢަލީ ޢާޒިމް މޭޔަރު ކަމަށް: ޒުވާނުންނަށް އިޖުތިމާޢީ މަރުކަޒުތައް!

ޢަލީ ޢާޒިމް މާލޭސިޓީގެ މޭޔަރުކަމަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކާއި ތަކުލީފްތަކަށް ފަރުވާ ކުރުމަށެވެ. އުފާވެރި މުޖުތަމައެއް ބިނާ ކުރުމަށެވެ. އެކަން ކުރުމަށްޓަކައި އެންމެ އިސްކަމެއް ދެއްވާނެ އެއްކަމަކީ ރައްޔިތުންގެ ޞިއްޙަތެވެ. އެހެން ކަމުން އާންމު ޞިއްޙަތާއި މުޖުތަމައުގެ ދުޅަހެޔޮކަން އިތުރު ކުރުމަށް އިޖުތިމާއީ މަރުކަޒުތައް ގާއިމް ކުރެއްވުމަކީ ޢަލީ ޢާޒިމްގެ މުހިންމު އަމާޒެކެވެ. މިހާތަނަށް އަޅާނުލައި ދޫކޮށްލާފައިވާ ގާނޫނުން ސިޓީކައުންސިލަށް ލާޒިމް ކޮށްފައިވާ އާންމު ސިއްހަތުގެ ކަންކަން ތަންފީޒު ކުރުމަކީ އޭނާ ނުކޮށް ދޫކޮށްލައްވާނޭ ކަމެއް […]
ޢަލީ ޢާޒިމް މޭޔަރު ކަމަށް: ވައްކަން ބަލައި ހާމަކުރާނަން

އެމްޑީޕީގެ ކެންޑިޑޭޓު ޢަލީ ޢާޒިމް މާލޭގެ މޭޔަރު ކަމަށް ވަޑައިގަންނަވަން ބޭނުންވަނީ ސީދާ ރައްޔިތުންނާ ގުޅިގެން ޚިދުމަތް ދިނުމަށެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށް ގާނޫނާއި ގަވައިދުގެ ތެރެއިން މޭޔަރުކަން ކޮށްދެއްވުމަކީ އޭނާ އެންމެ އިސްކަންދޭނެ ކަމެވެ. އޭނާގެ މޭޔަރު ކަމުގައު ވައްކަން ކުރާ މީހުން ސިއްރު ނުކުރެވޭނެއެވެ. އެކަން ބަލާނެއެވެ. ހާމަކުރާނެއެވެ. އެގޮތުން ތިންވަނަ ފަރާތެއް މެދުވެރިކޮށް މާލީ ރެކޯޑުތަކާއި ޚަރަދުތައް ބަލާނެއެވެ. ކުރީގެ މޭޔަރުން ހިނގާފައިވާ މިފަދަ ކަންކަން ވެސް ބަލާނެއެވެ. ޚާއްސަކޮށް މިހާރުގެ ރައީސް […]
