ބަނގްލަދޭޝްގެ އާންމު އިންތިޚާބުގައި ގޮނޑިތައް ލިބެމުންދާ ގޮތް

ބަނގްލަދޭޝްގެ އާންމު އިންތިޚާބުގައި ގޮނޑިތައް ލިބެމުންދާ ގޮތް ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) — 76 ބަންގްލަދޭޝް ޖަމާޢަތޭ އިސްލާމީ — 26 މިނިވަން ކެންޑިޑޭޓުން — 3 ނޭޝަނަލް ސިޓީޒަންސް ޕާޓީ (އެންސީޕީ) — 1 (މިއީ ވަގުތީ ސަރުކާރުގެ ލީޑަރާއި ހަސީނާގެ ސަރުކާރު ވައްޓާލި ޒުވާނުންގެ ޕާޓީއެވެ.) އިސްލާމީ އަންދޯލަން ބަންގްލަދޭޝް — 1 ބަންގްލަދޭޝް ޖަޓިޔާ ޕާޓީ (ބީޖޭޕީ) — 1 (ކުރީގެ ރައީސް ޖެނަރަލް ހުސައިން މުހައްމަދު އިރުޝާދުގެ ޕާޓީ) ގޯނޯ […]

ސަރުކާރު އެކުލަވާލާނީ ބީއެންޕީން: ޖަމާއަތޭ އިސްލާމީ އޮންނާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި

ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ އާންމު އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ބޮޑު ކުރިއެރުމެއް ހޯދައި ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ. މިހާތަނަށް ލިބިފައިވާ އަދަދުތަކަށް ބަލާއިރު، ޖަމާއަތޭ އިސްލާމީ ޕާޓީ ވެގެންދާނީ އާ މަޖިލީހުގެ މައި އިދިކޮޅު ޕާޓީއަށެވެ. ޖުލައި 2024 ގެ އިންގިލާބަށްފަހު ބޭއްވި ފުރަތަމަ އާންމު އިންތިޚާބު ކުރިއަށް ގޮސްފައިވަނީ އަމާން އަދި އުފާވެރި މާހައުލެއްގައެވެ. މި އިންތިޚާބާ އެކު އެގައުމުގައި ވަނީ ގައުމީ ފެންވަރުގެ […]

މަންޒިލް އޮޅިގެން ފްލައިޓަށް އެރި ފަސިންޖަރަކަށް މުޅިން އެހެން ގައުމަކަށް ދެވިއްޖެ

އެމެރިކާގެ ލޮސް އެންޖެލެސްއިން ނިކަރާގުއާގެ މަނަގުއާއަށް ދާން ފުރި ފަސިންޖަރަކަށް، އޮޅިގެން އެހެން ފްލައިޓަކަށް އެރިގެން މުޅިން ތަފާތު ގައުމަކަށް ދެވުނު ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި އެމެރިކާގެ މި ފަސިންޖަރު ގޮސްފައިވަނީ ޖަޕާނަށެވެ. ޔުނައިޓެޑް އެއާލައިންސްގެ ތަރުޖަމާނު ވަނީ މި ހާދިސާ ހިނގާފައިވާކަން ކަށަވަރުކޮށްދީފައެވެ. ތަރުޖަމާނު ވިދާޅުވީ ބޯޑިން ޕާސް އޮއްވައި މިފަދަ ކަމެއް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެއާލައިންގެ ފަރާތުން ވަނީ ފަސިންޖަރުގެ ކިބައިން މައާފަށް އެދި، […]

ތުރުކީ ޕާލަމެންޓްގައި ބޮކްސިން މެޗެއް

ތުރުކީގެ އާ ޖަސްޓިސް މިނިސްޓރުގެ މަގާމަށް އަކިން ގުރްލެކް އައްޔަނުކުރުމާ ގުޅިގެން އެ ގައުމުގެ ޕާލަމެންޓްގައި މެންބަރުންގެ މެދުގައި މާރާމާރީއެއް ހިނގައިފިއެވެ. މި ހަމަނުޖެހުން ހިނގާފައިވަނީ އާ ވަޒީރު މަގާމުގެ ހުވާކުރެއްވުމަށް ތައްޔާރުވަމުންދަނިކޮށް އިދިކޮޅު މެންބަރުން އެކަމަށް ހުރަސްއެޅުމުގެ ސަބަބުންނެވެ. މަސްދަރުތަކުން ރިޕޯޓްކުރާ ގޮތުގައި، އިދިކޮޅު ޕާޓީތަކުގެ މެންބަރުން ވަނީ އަކިން ގުރްލެކްގެ އައްޔަނުކުރުމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުކޮށްފައެވެ. މި އިހުތިޖާޖު ހޫނުވެ، ބައެއް މެންބަރުން ގަޔަށް އަތްލައި އެކަކު އަނެކަކަށް ކޮޅުފައިންނާއި ގޮށްމުށުން ބިޮކްސިން ތަލައި ހަމަލާދީފައިވާ މަންޒަރުތައް […]

އައްޝަރައު އަވަހާރަކޮށްލަން ފަސް ފަހަރަކު މަސައްކަތްކޮށްފި: އދ

ސޫރިޔާގެ ރައީސް އަހުމަދު އައްޝަރައު އާއި އެ ގައުމުގެ ކެބިނެޓުގެ ދެ ވަޒީރަކު އަވަހާރަކޮށްލުމަށް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ފަސް ފަހަރަކު މަސައްކަތް ކޮށްފައިވާ ކަމަށް އދ. އިން ހާމަކޮށްފިއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ނެރުއްވި ރިޕޯޓެއްގައިވާ ގޮތުން، މި ހަމަލާތަކުގެ އަމާޒަކަށްވީ ރައީސް އައްޝަރައުގެ އިތުރުން އެ ގައުމުގެ ދާޚިލީ ވަޒީރާއި ޚާރިޖީ ވަޒީރެވެ. އދ. ގެ އެންޓި-ޓެރަރިޒަމް އޮފީހުން ތައްޔާރުކުރި މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރައީސް އައްޝަރައުއަށް އަމާޒުކޮށް […]

ބަނގްލަދޭޝްގެ އާންމު އިންތިޚާބުގެ ވޯޓުލުން ދިޔައީ އަމާންކަމާއެކު 

ބަނގްލަދޭޝްގައި މިއަދު ކުރިއަށްދިޔަ 13 ވަނަ ބަރުލަމާނީ އިންތިޚާބާއި ރިފަރެންޑަމްގެ ވޯޓުލުން ވަރަށް އަމާންކަމާއި ފޯރިއާއެކު ކުރިއަށްދިޔަކަމަށް ބައިނަލްއަގުވާމީ އޮބްޒާވަރުން ބުނެފިއެވެ. ޔޫރަޕިއަން ޔޫނިއަންގެ އިލެކްޝަން އޮބްޒަވޭޝަން މިޝަންގެ ޗީފް އޮބްޒާވަރު އައިވާސް އިޖާބްސް ވިދާޅުވީ، މިއަދު މެންދުރުވީއިރު ވޯޓުލާ މީހުންގެ ފަރާތުން ބޮޑު ތަރުހީބެއް ފެންނަމުންދާ ކަމަށެވެ. ޑާކާ ޔުނިވަރސިޓީގެ ކަރޒަން ހޯލް ޕޯލިންގ ސެންޓަރަށް ޒިޔާރަތް ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިޖާބްސް ވިދާޅުވީ، މުޅި ގައުމުގައި ހަރަކާތްތެރިވާ އީޔޫގެ އޮބްޒާވަރުން މެދުވެރިކޮށް ވޯޓުލުމުގެ ކަންކަން […]

ބަނގްލަދޭޝް: ވޯޓު ގުނަން ފަށައިފި

ބަނގްލަދޭޝްގެ 13 ވަނަ ޕާލަމެންޓްރީ އިންތިޚާބުގެ ވޯޓުލުން މިއަދު ބުރާސްފަތި ދުވަހުގެ ހަވީރު 4:30 ގައި ނިމުމަކަށް އައުމާއެކު، ވޯޓު ގުނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ގައުމުގެ 299 ދާއިރާއެއްގައި ކުރިއަށްދިޔަ މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ  ހެނދުނު 7:30 ގައެވެ. އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މުޅި ގައުމުގައި ގާއިމުކުރި 42,659 ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިއަށްދިޔައީ ވަރަށް އަމާންކަމާއެކުގައެވެ. މެންދުރުފަހު 2:00 އާ ހަމައަށް ވޯޓުލީ މީހުންގެ ނިސްބަތަކީ 47.91 އިންސައްތައެވެ. ނަމަވެސް، ޝޭރުޕޫރު-3 ދާއިރާގެ […]

ނަތަންޔާހޫ ވޮޝިންޓަން މުޑުދާރު ކުރީކަމަށް ބުނެ މުޒާހަރާތަކެއް ބާއްވައިފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރި ޒިޔާރަތާ ދެކޮޅަށް، އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި މުޒާހަރާތަކެއް ބާއްވައިފިއެވެ. މި މުޒާހަރާތަކުގައި އެމެރިކާގެ ރައްޔިތުންނާއި، އަރަބިންނާއި، ޔަހޫދީންގެ އިތުރުން ބުދިސްޓު ހާމުދުރުން ވެސް ބައިވެރިވެފައިވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫ ޣައްޒާ ހިފުމަށް ބޭއްވި ސައްލާ ބައްދަލު ކުރި ވަގުތާ ދިމާކޮށް ވައިޓް ހައުސް ކުރިމަތީގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ އިހުތިޖާޖުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ނަތަންޔާހޫއަކީ ”ހަނގުރާމައިގެ ކުށްވެރިއެއް“ ކަމަށް ސިފަކޮށް، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އުދުވާންތައް ހުއްޓާލުމަށް ގޮވާލާފައެވެ. […]

ކެރެލާގެ ފުރަތަމަ ލޯފަން އަންހެން ފަނޑިޔާރު

އިންޑިއާގެ ކެރެލާ ސްޓޭޓުގެ ފުރަތަމަ ލޯފަން އަންހެން ފަނޑިޔާރުގެ ޝަރަފު ތާންޔާ ނޭތަން ސީ ހޯދައި ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ތާންޔާ މި ކާމިޔާބީ ހޯދާފައިވަނީ 2025 ވަނަ އަހަރުގެ ސިވިލް ޖަޖް ޖޫނިއާ ޑިވިޜަންގެ އިމްތިހާނުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން އެއްވަނަ ހޯދައިގެންނެވެ. މިއީ އިންޑިއާގެ ޝަރުއީ ދާއިރާގައި އެންމެންނަށް ފުރުސަތުދީ ބައިވެރިކުރުމުގެ ސިޔާސަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށިތާ މަދު މަސްކޮޅެއްގެ ތެރޭގައި މި އިމްތިހާނުން […]

ބަނގްލަދޭޝްގައި ގިނަ ބަޔަކު ފޯރިއާއެކު ވޯޓުލާން ނިކުމެއްޖެ

ބަންގްލަދޭޝްގެ އިންތިޚާބުގައި ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނިކުމެއްޖެއެވެ. ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ކުރިއަށްދާ މި އިންތިޚާބުގައި ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ޚާއްޞަކޮށް ޒުވާނުންނާއި އަލަށް ވޯޓުލާ މީހުންގެ ގިނައިން ބައިވެރިވުން މިފަހަރުގެ އިންތިޚާބުގައި ވަރަށް ބޮޑެވެ. ޝެއިޚް ހަސީނާގެ ޚުދުމުޚުތާރު ވެރިކަން ނިމުމަށްފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ. އިންތިޚާބު ފެށުމުގެ ކުރިން އެމެރިކާގެ ހިންދީންގެ ހަރުކަށި މަދަނީ ޖަމުއިއްތޔާއަކުން މިއީ އިންސާފުވެރި ނޫން އިންތިޚާބެއް ކަމަށް ބުނެ އިންތިޚާބުގެ […]