އެގްރޯނެޓުގެ އެމްޑީ މަގާމުން ވަކިކޮށްފި

އެގްރޯނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިން ޑިރެކްޓަރ ހުސައިން ދީދީ މަގާމުން ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް އޭނާ ވަކިކޮށްފައިވާކަން އެބޯޑުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ގދ. ތިނަދޫ ބްލެކްސްމިތް، އަލްފާޟިލް ހުސެއިން ދީދީ މިއަދުން ފެށިގެން ވަނީ ވަކިކޮށްފައެވެ. — Privatization & Corporatization Board (@pcb_gov) […]
ގެއެއްގެ ދޮރުމަތީގައި ޚަބަރުހުސްވެފައި އޮތް މީހަކު ހޮސްޕިޓަލަށް ގެންގޮސްފިއ

ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި ޚަބަރުހުސްވެފައި އޮތް މީހަކު ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވީ އެމީހާގެ އަނގައިން ލޭ ވެސް ވަނީ އައިސްފައި ކަމަށެވެ. އެތަނުގައި އެމީހާ އޮތްކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު އިރުއޮއްސި 18:18 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. ”ޚަބަރު ހުސްވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެކެވެ. އެމީހާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.“ މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މުންދުއާއި، ސަލްމާ ރަޝީދު މަގާމުން ވަކިކޮށްފި

ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އާއި، ރާއްޖޭ ފަރާތުން ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކޮށްފިއެވެ. މި ދެބޭފުޅުން މަގާމުން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ. މި ބޭފުޅުން ވަކިކުރެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ. އަދި އިތުރު ބޭފުޅަކު ނުވަތަ ބޭފުޅުން ވަކި ކުރެއްވި ކަމަށް ވެސް ވިދާޅެއް ނުވެއެވެ. މުންދުއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ […]
ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް އީރާނުން ދެކޮޅު ހަދައިފި

އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރާ ގައުމުތަކުން އައު ޕްލޭނެއް ޑްރާފްޓްކޮށް އީރާނަށާއި އެމެރިކާއަށް ފޮނުވައިފިއެވެ. އޭގައި ބުނެފައިވަނީ 45 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވައި ދުނިޔެއަށް ކުރިމަތިވެފައިވާ ތެޔޮލިބުމުގެ ދަތިތަކުން ސަލާމަތް ކުރުމަށް ވެސް އޭގާއި ވަނީ ބުނެފައެވެ. މި ޕްލޭން އީރާނަށް ބާރުއަޅުއްވާފައިވަނީ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށެވެ. އެމެރިކާއަށް ބާރުއަޅާފައިވަނީ އެއާއެކު އެމެރިކާއިން އީރާނުގެ ހަކަތަ އުފައްދާ ޕްލާންޓްތަކަށާއި […]
މިފްކޯއިން ވިއްކާ ތެޔޮމަސްދަޅުގެ އަގުބޮޑުކޮށްފި

މިފްކޯއިން އުފައްދަމުން އަންނަ ތެޔޮމަސްދަޅުގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ. ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރަންޖެހުނީ މެދުއިރުމަތީގައި މިހާރު ހިގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވުމާ ގުޅިގެން ކަމަށް މިފްކޯއިން ވިދާޅުވިއެވެ. ތެލުގެ އަގު ބޮޑުވުމުން މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދުވެސް ވަނީ ބޮޑުވެފައި ކަމަށް އެކުންފުނީން ވަނީ ވިދާޅުވެފައެވެ. މިފްކޯއިން ގެނައި މި ބަދަލާއެކު ކުރިން ސަތާރަ ރުފިޔާ ބަޔަށް ވިއްކަމުން އައި މަސްދަޅު މިއަދުން ފެށިގެން ވިއްކާނީ އަށާރަ ރުފިޔާ ބަޔަށް […]
މި ފެނުނީ މުޅިރާއްޖެ ރަންރީނދޫ ވެގެންދިޔަ މަންޒަރު: ޝާހިދު

އެޕްރީލް ހަތަރުވަނަ ދުވަހު ރާއްޖޭގައި ބޭއްވި އިންތިޚާބުތަކުން ފެނިގެން ދިޔައީ ”މުޅި ރާއްޖެ އަލުން ރަންރީނދޫ ވެގެން ދިޔަ މަންޒަރު،“ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ މިއީ ”ސަރުކާރުން ގެންގުޅޭ ދޯހަޅި އަދި ދެއުޅިއެއްނުވާ ސިޔާސަތަށް ރައްޔިތުން ނުރުހޭ ކަމުގެ ސާފު މެސެޖެއް،“ ކަމަށެވެ. މި އިންތިޚާބުތަކުގައި އެމްޑީޕީއަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. އެހެން ކަމުން އެޕާޓީގެ ހިތްވަރުގަދަ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކާއި، ރަންރީނދޫ ލަޝްކަރާއި، […]
ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕްކަރޓްރިޖުތަކެއް އަތުލައިގެންފި

ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕްކަރޓްރިޖުތަކެއް އަތުލައިގެންފި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވެއްޖެއެވެ. 05 އޭޕްރީލް 2026 ވަނަ ދުވަހު ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 1940 ވޭޕް ކާރޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި. މިމައްސަލަ މިހާރު ކަސްޓަމްސްއިން ދަނީ ތަޙްޤީޤްކުރަމުން. pic.twitter.com/DQNXhSzO0i — Maldives Customs Service (@CustomsMv) April 6, 2026 މި ސާމާނު ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވަނީ އެޕްރީލް ފަސް ވަނަދުވަހު ކަމަށް ވެސް ކަސްޓަމްސްއިން ވިދާޅުވެފައިވެއެވެ. އެ ތަކެތި އެތެރެ […]
ކުޅިވަރުން ކުރިއެރުމާއި ސުލްހަ ހޯދުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ކުޅިވަރަކީ ހަމައެކަނި ޙަރަކާތެއްކަމުގައި ނުދެކި، އޭގެ ޒަރީޢާއިން ދިރިއުޅުމަށް ކުރިއެރުމާއި ސުލްޙަ މަސަލަސްކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެންމެހާ ދިވެހިންނަށް އިލްތިމާސް ކުރައްވައިފިއެވެ. ”އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯރޓްސް ފޯރ ޑިވެލޮޕްމަންޓް އެންޑް ޕީސް“ ގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ، މިދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، އިންސާނުންގެ ދުޅަހެޔޮކަމާ ޤައުމީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ސުލްޙަ މަސަލަސްކަމާ އެއްބައިވަންތަކަން ޤާއިމުކުރުމުގައި ކުޅިވަރު އަދާކުރާ މުހިންމު ދައުރުގެ މަތިންކަމުގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ކުޅިވަރަކީ، ޤައުމު […]
ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން ސަޢުދީއަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މަދީނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފައިބާވަޑައިގަތުމުން، މަރުޙަބާ ދެންނެވީ މަދީނާގެ ގަވަރުނަރު، ޕްރިންސް ސަލްމާން ބިން ސުލްޠާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި، ރޯޔަލް ޕްރޮޓޮކޯލްގެ ޑިރެކްޓަރު އިބްރާހީމް ބާރީ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. ޢުމްރާގެ […]
ފެނަކަ ކުންފުނީގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުޙައްމަދު ނަޖާހު އެމްޑީ ކަމުންނާއި ބޯޑުމެންބަރު ކަމުން މިއަދު ވަކިކޮށްފިއެވެ. ނަޖާހު ވަކިކުރިކަން ޕްރައިވަޓައިޒޭޝަން އެންޑު ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ) ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަޖާހު ކުއްލިއަކަށް ވަކިކުރި ސަބަބެއް ޕީސީބީ އިން ބުނެފައެއްނުވެއެވެ. ނަޖާހު އެމަގާމަށް އައްޔަން ކުރެއްވީ 2024 ވަނަ އަހަރުގެ ޑިސެންބަރު ތޭވީސް ވަނަ ދުވަހުއެވެ. އެމަގާމަށް އައްޔަން ކުރުމުގެ ކުރިން ހުންނެވީ ހެޕީމާކެޓުގެ ވަޒީފާއެއްގައެވެ. ނަޖާހު ފެނަކައަށް އައްތަން ކުރެއްވީ އޭނާއަށްވުރެ ކުރީން އެމަގާމުގައި […]
