އިސްރާއީލު ސިފައިން ފަލަސްތީނުގެ ތިން ޒުވާނަކު ޒަޚަމްކޮށްފި

އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ޒުވާނަކަށް ބަޑީން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ. ފަލަސްތީނިއަން ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރްސީއެސް) އިން ބުނީ އިސްރާއީލު ސިފައިން މި ޒުވާނާ ޒަޚަމްކޮށްލާފައިވަނީ ގުދުސްގެ އުތުރުގައި އޮންނަ ކަލަންދިއާ ރެފިއުޖީ ކޭމްޕަށް ބަޑިންދިން ހަމަލާތަކުގައި ކަމަށެވެ. ޒަޚަމިވި ޒުވާނާއަށް މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައެވެ. އުމުރުން 12 އަހަރާއި 13 އަހަރުގެ ދެ ކުއްޖަކު ވެސް ސަހުޔޫނީން ވަނީ ހައްޔަރު ކޮށްފައެވެ. އެޒުވާނުން ހައްހަރު […]

އީރާނުގެ ޔުނިވަރސިޓީއަކަށް ހަމަލާ ދީފި

ތެހެރާނަށް އަނެއްކާވެސް ވަރުގަދަ ބޮމުގެ ހަމަލާތަކެއް އިޒްރޭލް-އެމެރިކާއިން ދީފިއެވެ. މި ހަމަލާތައް ދީފައިވަނީ އީރާނުގެ ވެރިރަށް ތެހެރާންގެ އިރުމައްޗާއި، ހުޅަނގު ސަރަހައްދަށް ކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ. މިހަމަލާގައި ބާރަ މީހަކު ވަނީ ޝަހީދުވެފައެވެ. މި ހަމަލާތަކުގައި ޝާރިފް ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީގެ ކެމްޕަހުގެ ވަށައިގެންވާ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ. އަދި ގޭސް ފެސިލިޓީއަކަށް ވެސް ވަނީ ހަމަލާދީފައެވެ. މިއީ ފާއިތުވި ހަފުތާތަކުގެ ތެރޭގައި އިޒްރޭލާއި އެމެރިކާއިން ހަމަލާދިން ބޮޑު […]

އީރާނުގެ އަސްކަރީ މަރުކަޒަކަށް ހަމަލާދިން މީހަކަށް މަރުގެ އަދަބުދީފި

މިދިޔަ ޖެނުއަރީ މަހު އީރާނުގެ އަސްކަރީ މަރުކަޒަކަށް ވަދެ އެތަނަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހެއްގެ މައްޗަށް ކުށްސާބިތު އޭނާމަރަން ސުޕްރީމްކޯޓުން ކުރި ހުކުމް އިރާނޫން ތަންފީޒު ކޮށްފިއެވެ. އިސްލާމިކް ސްޓޫޑެންޓްސް ނިއުސް އޭޖެންސީން ބުނީ އަލީ ފަހިމްގެ މައްޗަށް ދަށުކޯޓުން ކުރި ހުކުން ތަންފީޒުކުރީ އެގައުމުގެ ސުޕްރީމް ކޯޓުން އެ ހުކުމަށް ތާއިދުކޮށް ދެމެހެއްޓުމުންނެވެ. މި ހުކުމް ތަންފީޒު ކުރުމުން އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން […]

ހޮރުމުޒު ކަނޑުއޮޅި ހުޅުވަން ޓްރަމްދިން މުހުލަތަށް އީރާނުން ގޮންޖަހައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮރުމުޒު ކަނޑުއޮޅި ހުޅުވަން އެންމެފަހުގެ މުހުލަތު އީރާނަށްދީ އިންޒާރު ކޮށްފައެވެ. އެ މުހުލަތު ހަމަވާނީ މާދަމާއެވެ. އެ މުހުލަތުގެ ކުރީން އެކަނޑުއޮޅު ނުހުޅުވައިފި ކަމަށްވާނަމަ އީރާނުގެ އެތެރޭގެ އިންފްރާސްޓްރަކްޗަ އާއި ބްރިޖްތަކާއި ޕަވަރ ޕްލާންޓްތަކަށް ހަމަލާދީ މުޅި އީރާނު ”ނަރަކަ“އަކަށް ހާދާލާނޭ ކަމަށް ބުނެ އޭނާ ވަނީ އީރާނަށް ބިރުދައްކައިފައެވެ. ޓްރަމްޕުގެ މިއިންޒާރާއެކު އީރާނުން ބުނެފައިވަނީ އެ ގައުމުގެ އިންފްރާސްޓްރަކްޗަރ އަށް ހަމަލާ ދީފިނަމަ ބަދަލު ހިތިގޮތަކަށް ހިފާނެ ކަމުގެ […]

އާޓިމިސް 2: ހަނދަށް ކުރާ އިންސާނީ ދަތުރުތަކުގެ އާ ފެށުމެއް

އިންސާނުން ހަނދަށް ދިޔަކަމަށް ޤަބޫލުނުކުރާ މީހުން ދުނިޔޭގައި އަދިވެސް ވަރަށް ގިނައެވެ. އަދި އިންސާނުންނަށް ދުވަހަކު ވެސް ހަނދަށް ނުދެވޭނެ ކަމަށް ޤަބޫލުކުރާ ބަޔަކު ވެސް އުޅެއެވެ. އެކަމަކު ޢިލްމީ ގޮތުން އިންސާނުން ހޯދާފައިވާ ކުރިއެރުމަށް ބަލާއިރު މިއީ ބަހުސެއް އޮތް މައްސަލައެއް ނޫނެވެ. ”އާޓިމިސް“ ޕްރޮޖެކްޓަކީ އިންސާނުން އަނެއް ވެސް ހަނދަށްދިއުމަށް ކުރާ ދަތުރުތަކުގެ މުޅިން އާ ފެށުމެކެވެ. އެންމެ ފުރަތަމަ ހަނދަށް ކުރި ދަތުރު ހަނދަށް އިންސާނުން އެންމެ ފުރަތަމަ ކުރި ދަތުރާ ހަމައަށް […]

ރަށަށް ޚިދުމަތް ކޮށްދިނުމުގައި ދެމިހުންނާނަން: އިސްމާޢީލް

އަބަދުވެސް ހުންނަވަނީ ފުވައްމުލައް ސިޓީއަށް ޚިދުމަތް ކޮށްދެވުމުގައި ކަމަށް އެ ސިޓީގެ މޭޔަރު ކަމަށް ދެވަނަ  ދައުރަކަށް އިންތިޚާބު ވެފައިވާ އިސްމާޢީލް ރަފީގު ވިދާޅުވެއްޖެއެވެ. ވަރުގަދަ ގޮންޖެހުންތައް ބޮޑު ކެންޕޭނަކަށްފަހު އިސްމާޢިލް އިންތިޚާބު ކާމިޔާބު ކުރެއްވީ ހިތްތިރިކަމާއި މަޑުމައިތިރިކަން އިސްކުރައްވައި ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދެއްވަމުންނެވެ. ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވީތީ އިސްމާޢީލް ވަނީ ފުވައްމުލައް ސިޓީގެ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ. ”އަޅުގަނޑަށް އިތުބާރުކޮށް ކުރިއަށްއޮތް ފަސް އަހަރަށް ވެސް މޭޔަރުކަމުގެ ޒިންމާ ހަވާލުކުރުމަކީ އަޅުގަނޑަށް […]