ދީން
ޢަރަފާތް ދުވަހަކީ ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހެވެ. އެއީ ހަމައެކަނި ކަލަންޑަރުގައި ލިޔެފައިވާ ތާރީޚެއް ނޫނެވެ. އެއީ ކާއިނާތުގެ ވެރި އިލާހު، އެކަލާނގެ ފާފަވެރި އަޅުންގެ މައްޗަށް ރަޙުމަތުގެ ވާރޭ ވެއްސަވާ ދުވަހެވެ. އެދުވަހު الله ތަޢާލާ ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގެން، އުޑުގެ އަހުލުވެރިންގެ ގާތުގައި ބިމުގެ އަހުލުވެރިންނާމެދު ފަޚުރުވެރިވެ ވޮޑިގަންނަވާނެތެވެ. އެއްކޮޅުން ޢަރަފާތު ބިމުގައި އެތައް މިލިއަން ޙައްޖާޖީން، އެމީހުންގެ ވެރި ރަސްކަލާނގެ ކުރިފުޅުމަތީގައި ގިސްލައި ރޮނީއެވެ.....

