ދެ ޝަރުތެއް ފުރިހަމަ ނުކުރަނީސް މަޝްވަރާ ނުކުރާނަން: އީރާން

ޕާކިސްތާނުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ކުރިން ދެ ކަމެއް ފުރިހަމަކޮށްދޭން ވާނޭކަމަށް އީރާނުން ބުނެފިއެވެ. އެއީ ހިފަހައްޓާފައިވާ އެގައުމުގެ ފައީސާތައް ދޫކޮށްލުމާއި، އިޒްރޭލުން ލުބްނާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާ ހުއްޓާލުމެވެ. އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް  މުޙައްމަދު ބާޤިރު ޤާލީބާފް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ދެ ޝަރުތަކީއެމެރިކާއާ އެކު ކުރިން އެއްބަސްވެފައިވާ ދެ ކަމެއްކަމަށެވެ. އެ ދެ ޝަރުތު ފުރިހަމަ ނުވަނީސް މަޝްވަރާތައް ނުފަށާނޭ ކަމަށް ވެސް އޭނާ […]

ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ މާދަމާ

އެޕްރީލް ހަތަރެއްވީ ހޮނިހިރުދުވަހު ރާއްޖޭގައި ބޭއްވި އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. މިއިން އިންތިޚާބުގެ ވަގުތީ ނަތީޖާ އީސީން ވަނީ އެކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއު ކުރައްވައިފައެވެ. މިހާރު އީސީން ގެންދަވަނީ ޝަކުވާތައް ބެލުމާއި އެކަންކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުންނެވެ. ހޮނިހިރު ދުވަހު ވަނީ ”ފެންނަ ނުފެންނަ“ ވޯޓަކާއި ދެ އިންތިޚާބެއް ބާވައިފައެވެ. ފެންނަ ނުފެންނަ ވޯޓެއް ނެގީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި […]

ޑައިމޯފިން ޓްރެފިކް ކުރުމުން ބާރަ އަހަރަށް ޖަލަށް

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ މީހެއްގެ މައްޗަށް ބާރަ އަހަރާއި ހަ މަސްދުވަހަށް ޖަލަށް ލުމަށް ކްރިމިނަލްކޯޓުން ހުކުމް ކޮށްފިއެވެ. ޖަލަށް ލުމުގެ އިތުރުން ކޯޓުންވަނީ ފަންސާސް ހާސް ރުފިޔާއިން އެމީހާ ޖޫރިމަނާ ކޮށްފައެވެ. ކޯޓުން މި ހުކުމް އިއްވީ ސ. ފޭދޫ، ޝީރާޒީގެ، ޢަލީ ސާއިމް ގެ މައްޗަށެވެ. އުމުރުން 32 އަހަރުގެ މި މީހާގެ މައްޗަށް މިހުކުމް އިއްވީ މިހިނގާ އޭޕްރީލް ހަތް ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މަސްތުވާތަކެތި […]

ގާދިއްފުށީ ބިންހައްކަން ފަށައިފި

ކޮޅުމަޑުލު ގާދިއްފުށީގެ ބިންހިއްކުމުގެ މަޝްރޫއު ފަށައިފިއެވެ. އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދެކެވެ. މި މަޝްރޫޢު ފެށުމާއެކު ރައީސްވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓު މެދުވެރިކޮށް އެވާހަކަ ރައްޔިތުންނާ ހިއްސާ ކުރައްވައިފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓު ގައި ރައީސް ވިދާޅުވެފައިވަނީ މި މަޝްރޫއުގެ ދަށުން އެރަށަށް އޭގާރަ ހެކްޓަރުގެ ބިން އިތުރުވެގެންދާނޭ ކަމަށެވެ. Th. Gaadhiffushi Reclamation started. Reclamation commencement date: 10 April 26Estimated Volume: 396,000 CBM […]

ޓުރަމްޕާއި، ނަތަންޔާހޫ ހައްޔަރުކޮށް، ޝަރީޢަތް ހިންގަންޖެހޭ!

ހަނގުރާމައިގެ ޖަރީމާތަކުގެ ކުށުގައި، ޝައިޠާންޔާހޫއާއި، ޑޮނަލްޑް ޓުރަމްޕަށް ޙައްޤު އަދަބު ލިބެން ޖެހެއެވެ. އަދި އެ އަދަބަކީ އެ ދެ ޝައިޠާނުން ދަންޖައްސައި މެރުމެވެ. އިޒުރޭލުން އާދައަކަށް ހަދާފައިވާ ނަސްލުހޭދުއާއި އަދި އެމެރިކާއިން ގަސްތުގައި އެކަމުގައި ބައިވެރިވެފައިވާތީ ޝައިޠާންޔާހޫއާއި އެމެރިކާގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު ޑޮނަލްޑް ޓުރަމްޕް، މިހާރުން މިހާރަށް ހައްޔަރުކުރަން ޖެހެއެވެ! ހަނގުރާމައިގެ އެންމެ 40 ދުވަހުގެ ތެރޭގައި އިޒުރޭލާއި، އެމެރިކާއިން ތަކުރާރުކޮށް، ޒުލްމުވެރި، ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމުގެ ބައިވަރު ހެކި އެބަހުއްޓެވެ. […]

ޕާކިސްތާން އުންމީދު ކުރަނީ ސުލްްހައިގެ އެއްބަސްވުމަަކަށް

އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ ސުލްހައިގެ މަޝްވަރާތައް މާދަމަ ފަށާނެއެވެ. މަޝްވަރާތައް ބާއްވާނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައެވެ. ޕާކިސްޓަން މެދުވެރިއެއްގެ ދައުރު އަދާކުރާ މި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނެރެދިނުމަށް ޕާކިސްތާނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މި މަޝްވަރާތައް ކާމިބުކޮށް ހަގީގީގަތުވެސް ރަނގަޅު ނަތީޖާއެއް ނެރެދިނުމަށް ޕާކިސްތާނުގެ މަސްއޫލުވެރިން ގެންދަވަނީ ދެ ގައުމަށްވެސް ބަލައިގަނެވޭނޭ ފަދަ އެއްގޮތް ނުކުތާތަކެއް ފާހަގަކޮށްދީ ދެ ގައުމަށް ވެސް މަގުފަހި ކޮށްދިނުމަށް މަސައްކަތް ކުރަމުނެވެ. މި މަޝްވަރާތަކުގައި އެމެރިކާއިން ބައިވެރިވާ ވަފުދުގެ ވެރިޔާ […]

މަޝްވަރާތަކުން ރަނގަޅު ނަތީޖާއަކަށް އުންމީދުކުރަން: ވެންސް

ޕާކިސްތާނުގެ އިސްލާމްއާބާދުގައި އީރާނާއެކު ބާއްވާ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނުކުންނާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމެރިކާގެ ނާއިބު ރައީސް ޖޭޑީ ވެންސް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވެފައިވަނީ އީރާނާއެކު ޕާކިސްތާނުގައި ބާއްވާ ސުލްހައިގެ މަޝްވަރާތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަރަށް ސާފު ”ގައިޑްލައިނެއް“ ދެއްވާފައި ކަމަށެވެ. އޭނާ މިހެން ވިދާޅުވީ އިސްލާމްއާބާދަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކުގައި އެމެރިކާގެ ވަފުދުގެ ވެރިއަކަށް ހުންނަވާނީ ވެންސް އެވެ. އޭނާއާއެކު މަޝްވަރާގައި […]

ޓްރަމްޕަކީ ދުނިޔޭގެ ހަމަޖެހުން ނަގާލާ އެޖެންޓެއް: ސެނެގާލް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރައްޕަކީ ދުނިޔޭގެ ހަމަޖެހުންތައް ނަގާލަން މަސައްކަތް ކުރާ އެޖެންޓެއް ކަމަށް ސެނެގާލްގެ ބޮޑުވަޒީރު އޮސްމާން ސޮންކޯ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ޓްރަމްޕް ވަނީ އިސްވެ އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިފައި ކަމަށެވެ. އޭގެ ސަބަބުން މުޅި ދުނިޔެ މިވަނީ ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ. ބައެއް ފަރާތްތަކުން ބުނަނީ ޓްރަމްޕް އީރާނާ ދެކޮޅަށް ހަނގުރާމަފެށީ ނަތަންޔާހޫގެ ޝައިތާނީ ވަސްވާސްތަކުގެ ސަބަބުން ކަމަށެވެ. ވެނެޒުއޭލާއަށްވީ ގޮތަށް އީރާނަށް ވެސް ވާނޭ ކަމަށާއި […]

ޓްރަމްޕް ޕްރެޝަރު ކުރިޔަސް އިސްއުފާ ނުދޭނަން: ކިޔުބާގެ ރައީސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ކިތަންމެ ވަރަކަށް ޕްރެޝަރު ކުރެއްވިޔަސް އިސްތިއުފާ ނުދެއްވާނޭ ކަމަށް ކިއުބާގެ ރައީސް މިގުއެލް ޑިއާޒް-ކެނެލް ވިދާޅުވެއްޖެއެވެ. ”މަގާމުން އިސްތިއުފާ ދިނުމަކީ އަޅުގަނޑުމެންގެ ލަފުޒުތަކުގެ ތެރޭގައި ހިމެނޭ ލަފުޒެއް ނޫން،“ އެންބީސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕަށް ބޯ ނުލަބާނޭކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ. އޭނާ ވިދާޅުވީ ކޮމިއުނިސްޓް ބާރުގެ ދަށުގައި އޮތް ކިއުބާއަކީ ”މިނިވަން މުސްތަޤިއްލު ދައުލަތެއް“ ކަމަށެވެ. ”ކިއުބާގެ ވެރިންނަށް ތިބެނީ އެމެރިކާ ސަރުކާރުން އިންތިޚާބު ކުރާ ބައެއް ނޫން،“ […]

އިޒުރޭލުން ލުބުނާނުގެ އެތައްގެއެއް ސުންނާފަތިކޮށްފި

ފާއިތުވި 24 ގަޑިއިރުތެރޭ އިޒްރޭލުން ވަނީ ލުބުނާނުގެ ދެކުނުގެ އަވަށްތަކަށް ފަންސާހަށްވުރެ ގިނަ ހަމަލާތައް ދީފައި ކަމަށް އަލްޖާޒީރާއިން ބުނެފިއެވެ. ލުބްނާނުގެ ނޭޝަނަލް ނިއުސް އެޖެންސީއާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ލުބުނާނުން އެކަކު މަރުވެ އިތުރު މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. އިޒްރޭލުން ވަނީ އައިތާ އަލް ޝާބްގައި  މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއްދީ ސުންނާފަތިކޮށްފައެވެ. އަލްޖަޒީރާގެ ޓީމުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިޒްރޭލު ސިފައިން ލުބްނާނުގެ ދެކުނުގެ ހަނީން ޓައުންގައި […]