އިޒްރޭލުން ސުލްހައިގެ ވާހަކަ ފަށައިފާނެބާވައެވެ؟

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ލުބްނާނާ އެކު ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ވީހާ ވެސް އަވަހަކަށް ފަށަން ކެބިނެޓަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް އެކަމަށް އަދި އަމަލު ކުރެވިފައިވާތަނެއް ނުފެނެއެވެ. ނަތަންޔާހޫ ވިދާޅުވީ، އޭނާގެ ކެބިނެޓަށް މަޝްވަރާތައް ފެށުމަށް އެންގެވީ ސިލްހައިގެ ވާހަކަތައް ފެށުމަށް ބެއިރޫތުން ތަކުރާރުކޮށް ގޮވާލުމުން ކަމަށެވެ. އެހެންމަވެސް މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނެފައިވަނީ ނަތަންޔާހޫ މިހެން ބުންޏަސް އޭނާ އަމަލީ ގޮތުން އެކަން ކުރާނޭ ކަމަށް […]
ޣައްޒާއިން ޝަހީދުވީ ބައެއް މީހުން ވަޅުލެވޭ ގޮތެއް އަދިވެސް ނުވޭ!

ޔަހޫދީ ދައުލަތުން ޣައްޒާއަށްދިން ހަމަލާތައް ”ހުއްޓާލި“ ފަހުން ހައެއްކަ މަސްވެގެންދިޔައިރު ވެސް އެތައް ހާސް އާއިލާއަކަށް ވަނީ އެއާއިލާތަކުން ޝަހީދުވި މީހުން ވަޅުލެވޭ ގޮތެއް ނުވެފައި ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިޒްރޭލުން ޣައްޒާއާ ދެކޮޅަށްކުރި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 10،000 މީހުން ގެއްލިފައިވާ ކަމަށް ބެލެވެވެއެވެ. އާއިލާތަކުން ލަފާކުރަނީ އެމީހުންވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައި ކަމަށެވެ. ހަނގުރާ ހުއްޓާލުމުގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 […]
ދެ ރައީސުންގެ އަރިހަށް ލައްކަ ވާހަކައެއް އަރިސްކޮށްދިނީން: ސައްޕެ

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އަށް ލިބިގެންދިޔަ ”ރަންރީދޫ ބޮޑު ކާމިޔާބަކީ“ އެމްޑީޕީއާއި ކުރިން ޑެމްސްގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގުޅިވަޑައިގެން އެންމެހާ ބޭފުޅުން އެކަތިގަނޑެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށް އެމްޑީޕީގެ ފައިންޑަރ މެންބަރެއް ކަމަށް އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. ސައްޕެ ވިދާޅުވީ އެމްޑީޕީގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި ޑެމްސާއެކު މަސައްކަތް ކުރައްވަން ފެށްޓެވި ހިސާބުން އެމަނިކުފާނު އަލުން އެމްޑީޕީއަށް ގެންނެވުމަށް […]
އިޒްރޭލުގެ ހަމަލާތަކުގައި ކުޑަކުދިންނަށް ދަނީގެއްލުންވަމުން: ޔުނިސެފް

އިޒްރޭލުން ލުބްނާނަށް ދިން ވައިގެ ހަމަލާތަކުގައި 33 ކުޑަކުދިން މަރުވެ 153 މީހުން ޒަޚަމްވެފައިވާ ކަމަށް އދ.ގެ ކުޑަކުދިންގެ ކަންކަން ބަލައްހައްތާ އޭޖެންސީ ޔުނިސެފުން ބުނެފިއެވެ. ޔުނިސެފުން ބުނީ އިޒްރޭލުން ލުބުނާނުގައި މިހާރު ހިންގަމުންދާ ލޭއޮހޮރުވުންތަކުގައި 600 އެއްހާ ކުޑަކުދިން މަރުވެފައިވާ ކަމަށެވެ. އަދި 390،000 ކުޑަކުދިން ހިމެނޭ ގޮތަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައި ކަމަށް ވެސް ބުނެފައިވެއެވެ. އެ އެޖެންސީން ބުނީ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ތަންތަނުން ކުދިން […]
ލުބްނާނުން އާންމުން މަރުވުމުންދާތީ އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފި

އިޒްރޭލުން ނުބުނާނަށް ދެމުންގެންދާ ހަމަލާތަކުގައި ގިނައަދަދެއްގެ އާންމުން މަރުވަމުންދާތީ އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެގައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ރަންދީރު ޖައިސްވާލް ވިދާޅުވީ، ލުބްނާނުގައި އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ އާންމުން މަރުވަމުންދާ ކަމަށާއި އެއީ އިންޑިއާ އިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އދ.ގެ ސުލްޙަ ބަލަހައްޓާ ފައުޖަށް ސިފައިން ފޮނުވާ ގައުމެއްގެ ހައިސިއްޔަތުންނާއި އަދި ލުބްނާނުގެ ސުލްހައާއި ސަލާމަތަށް އިންވެސްޓް ކުރާ ޤައުމެއްގެ ހައިސިއްޔަތުން، ލުބުނާނުގައި އިޒްރޭލުން މިހާރު ހިންގަމުންދާ ކަންކަމާމެދު […]
ޤުސްޠަންޠީނިއާގެ ފުތޫޙާތުގައި ގިނަ ބަޔަކަށް ނޭނގޭ ބަޠަލު ޙަސަން ޠޫބާލް!

އިސްލާމީ ތާރީޚުގެ، އެ މުހިންމު ބާބުގައިވެސް ގިނަ ބަޔަކަށް ނަން ނޭނގޭ، އެކަމަކު، އޭނާގެ ހިތްވަރުން ކާމިޔާބީއަށް މަގުފަހިކޮށްދިން މުޖާހިދަކު ހުއްޓެވެ. އެއީ، އުސްމާނީ ސިފައިންގެ ހިތްވަރުގަދަ ޖެނިސަރީއެއް ކަމަށްވާ ޙަސަން ޠޫބާލްއެވެ. ޙަސަން ޠޫބާލަކީ އާދަޔާއި ޚިލާފު ޖިސްމާނީ ބާރާއި، ހިތްވަރާއި، ހަނގުރާމައިގެ ހުނަރު ލިބިފައިވި ކުޅަދާނަ ފަހުލަވާނެކެވެ. އެއީ، އެ ޒަމާނުގެ އެންމެ މޮޅު އަސްކަރީ ބާރުގެ ގޮތުގައި ބެލެވުނު، އުސްމާނީ ޖެނިސަރީ ލަޝްކަރުގެ ތެރެއިންވެސް ހޮވާލެވިފައިވާ ފައުޖަކަށް ނިސްބަތްވާ މުޖާހިދެކެވެ. 53 ދުވަހުގެ […]
އިޒްރޭލަށް ފާޑު ވިދާޅުވެ ޢާސިފް ކުރެއްވި ޕޯސްޓް ޑިލީޓް ކުރައްވައިފި

ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ސޯޝަލް މީޑިއާގައި އިޒްރޭލަށް ފާޑު ވިދާޅުވެ ކުރެއްވި ޕޯސްޓެއް ފަހުން ޑިލީޓު ކުރައްވައިފިއެވެ. އެ ޕޯސްޓުގެ ވިދާޅުވެފައިވަނީ އޒްރޭލަކީ އިންސާނިއްޔަތަށް އޮތް ނުރައްކަލެއް ކަމަށެވެ. ބޭރުގެ މަސްދަރުތައް ބުނާގޮތުގައި އެ ޕޯސްޓް ޑިލީޓުކުރީ އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރުގެ މި ވާހަކަފުޅަށް ފާޑުކިޔަން ފެށުމުންނެވެ. އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރުގެ އެ ވާހަކަފުޅަކީ އެއްވެސް ސަރުކާރަކުން […]
