ދުނިޔެ

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއާއި ޒަޔަނިސްޓް ދުޝްމަނުން އީރާނާ ދެކޮޅަށް ދެ ހަނގުރާމައެއް ކޮށްފައިވާ ކަމަށް އީރާނުގެ ޖުޑިޝަރީގެ ވެރިޔާ ގުލާމް ހުސައިން މުހްސެނީ-އިޖެއި ވިދާޅުވެއްޖެއެވެ. ސުޕްރީމް ކައުންސިލް އޮފް ދަ ޖުޑިޝަރީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުހްސެނީ ވިދާޅުވީ އިޒްރޭލާއި އެމެރިކާ ބަލިކުރުމުގައި އީރާނުން ވަނީ ކާމިޔާބު ހޯދާފައި ކަމަށެވެ. އޭނާ ވިދާޅުވީ އީރާނުގެ އެއްބައިވަންތަކަން ފެނި ދުޝްމަނުންނާއި އިދިކޮޅު ފަރާތްތައް ވަނީ މާޔޫސްވެފައި ކަމަށެވެ. އެފަރާތްތަކުން....