އެމެރިކާ ޕާޓީ

އެމެރިކާގެ މަހާސާދާގަރު އެލޮން މަސްކްގެ ”އެމެރިކާ ޕާޓީ“ ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދައިފިކަން އިއުލާން ކޮށްފިއެވެ. އައު ޕާޓީގެ އަމާޒަކީ އެމެރިކާގެ ރައްޔިތުންނަށް ”މިނިވަންކަން އަލުން ހޯދައިދިނުން“ ކަމަށް ބުނެއެވެ.

ޖަރުމަން ފުލުހުން

ފަލަސްޠީނަށް ސަޕޯޓުކޮށް މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ޖަރުމަން ފުލުހުން އަނިޔާވެރިކޮށް ކުރިމަތިލައި ފިޔަވަޅު އަޅަމުންދާތީ ޖަރުމަން ފުލުހުންނަށް މުސާރަ ދެނީ އިޒްރޭލުންތޯ އާންމުން ސުއާލު ކުރަން ފަށައިފިއެވެ. ޖަރުމަން ފުލުހުން ވަނީ ފަލަސްޠީނަށް ސަޕޯޓުކޮށް މުޒާހަރާ ކުރާ މީހުން ހައްޔަރު ކޮށްފައެވެ. އަދި ފަލަސްޠީނަށް ތާއީދުކޮށް ޔަހޫދީ ޒަޔަނިސްޓުންގެ ހަނގުރާމައިގެ ޖަރީމާތައް ހިންގާ އައިޑިއެފް (ސިފައިން)އާ ދެކޮޅަށް ފާޑު ކިޔުމުން ފުލުހުން މިހުންގެ އަނގަޔަށް އަތްބާނައި އެމީހުންގެ އަނގަ ބަންދުކުރަންވެސް މަސައްކަތް ކުރެއެވެ. ފާޑު ކިޔާ […]

އެންމެ ފުރަތަމަ ފެނަށް ޖެހޭ ސިޓީއަކަށް ކާބުލް

ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި މީރު ފެން ހުސްވާ ފުރަތަމަ ސިޓީއަކަށް ހަ މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކާބުލް ވެގެންދާނެ ކަމަށް އައު ރިޕޯޓެއްގައި ބުނެފިއެވެ. އަފްޣާނިސްތާނުގެ ވެރިރަށުގެ ފެން ފަށަލަ ވަރަށް ބޮޑަށް ދަށްވެފައިވަނީ މާގިނައިން ނެގުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ މާސީ ކޯޕްސް އިން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައި ވެއެވެ. ކާބުލްގެ ފެން ފަށަލަ ފާއިތުވި ދިހަ އަހަރު ތެރޭގައި ހުރީ […]

ސައްޔިދުނާ ޙުސައިނުގެފާނު

ކީރިތި ރަސޫލާގެ އަރިހަށް ޖިބްރީލުގެފާނުންގެ ވަޑައިގެން ޚަބަރު ދެއްވިގޮތުގައި ސައްޔިދުނާ ޙުސައިނުގެފާނު ޝަހީދުވެ ވަޑައިގަންނަވާނީ ކަރުބަލާގެ ބިމުގައެވެ. ޙުސައިން ރަޝީދު އަޙްމަދު عَنْ عُرْوَةَ بْنِ الزُّبَيْرِ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ دَخَلَ الْحُسَيْنُ بْنُ عَلِيٍّ رَضِيَ اللَّهُ عَنْهُ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ يُوحَى إِلَيْهِ  فَنَزَا عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ مُنْكَبٌّ وَلَعِبَ عَلَى […]

އިންޑަސް ކޯރުގެ ފެން

އިންޑިއާއިން ފަހަލްގަމްގެ ޓެރަރިސްޓް ހަމަލައާ ގުޅިގެން އެޅި ފިޔަވަޅަށް ޕާކިސްތާނުން ވަނީ އެއީ ”އެއްފަރާތަކުން އަމިއްލައަށް އަޅާފައިވާ ގާނޫނާ ހިލާފު“ ފިޔަވަޅެއް ކަމަށް ލޭބަލްކޮށް ފައެވެ. އިންޑިއާއިން އިންޑަސް ކޯރުގެ ފެން ހިއްސާ ކުރާ މުއާހަދާ އަށް އަމަލު ކުރުން ހުއްޓާލަމުން އިންޑިއާއިން ބުނަނީ ޕާކިސްތާނުން ދެގައުމުގެ ދެމެދު އިތުބާރު ހިފޭ ގޮތަކަށް ޓެރަރިޒަމްގެ އަމަލުތައް ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އިންޑަސް ކޯރުގެ ފެން ހިއްސާ ކުރާ އިންޑިއާ ޕާކިސްތާންގެ އެއްބަސްވުމަށް އަމަލުކުރުން […]

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދު

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ތިލަ ފަރުތަކާއި ގިރިތަކުގެ މިލްކުވެރިކަމާ މެދު ގައުމުތަކުން މައްސަލަ ޖައްސައެވެ. ނަމަވެސް ޗައިނާއިން ވަނީ އެތަންތަނަށް އަމިއްލަ ނަންތައް ދީ ޗާޓްތައް ކުރަހާފައެވެ. އަދި ޗައިނާއިން ވަނީ ދެބަސްވުން އުފެދިފައިވާ ތަންތާނގައި އަސްކަރީ މަނަވަރުތައް ބޭނުންކޮށްގެން ޕެޓްރޯލް ކުރުންވެސް ވަރުގަދަކޮށްފައެވެ. ޗައިނާގެ މި ސްޓްރެޓެޖީތަކުގެ މަގުސަދަކީ ވިޔަފާރީގެ މުހިންމު މަގުތައް ކޮންޓްރޯލްކޮށް، ޚާއްސަކޮށް އެމެރިކާ ފަދަ ވާދަވެރި ނޭވީތަކުގެ ހަރަކާތްތައް ހުއްޓުވުމެވެ. ދެކުނު ޗައިނާ ކަނޑާއި ޓައިވާން ކަނޑުއޮޅިއާއި ޖަޕާން ކައިރީގައި […]

އިންޑިއާ ތުރުކީ

މެދުއިރުމަތީގެ ހަމަނުޖެހުން ބޮޑުވެ، ތުކީގެ އަސްކަރީ ނުފޫޒު ފުޅާވުމުން ގްރީސްއާއި އިންޑިއާ ތުރުކީއާ ދެކޮޅަށް ސަމާލުވާން ޖެހޭ ކަމަށް ގްރީސްގެ މުހައްލިލުން އިންޒާރު ދެއެވެ. ތުރުކީއަކީ ޒަމާނުއްސުރެން ގްރީސްގެ ވާދަވެރިއެކެވެ. އަދި އަވަށްޓެރިއެއްވެސް މެއެވެ. ތުރުކީން ވަނީ ޒަމާނީ ޑްރޯން ޓެކްނޮލޮޖީގެ ތެރެއިން ތުރުކީ ސިފައިން ބާރުގަދަ ކޮށްފައެވެ. ތުރުކީގެ ޑްރޯންތައް ކަމަށްވާ ބޭރަގްދާރް ޑްރޯންތައް ޔޫކްރޭންގައި ބޭނުންކުރަމުން ދެއެވެ. އަދި އެއާއެކު ތުރުކީން ވަނީ އެގައުމަކީ ސަރަހައްދީ ބާރަކަށް ވުމުގެ ޝައުގުވެރިކަން ގެންގުޅޭ ގައުމެއްކަން ސާބިތުކޮށްދީފައެވެ. […]

ވައްވައް ޖަހައިފިނަމަ ހަދާނީ ކިހިނެއް؟

އެމެރިކާގެ ޑަލަސް އެއާޕޯޓަށް ހަމީދު ރަމަޟާން ފޭބީ ޗުއްޓީ ހޭދަކޮށްލާށެވެ. ހަމީދު ރަމަޟާންގެ އެމެރިކާ ދަތުރުގައި ގެންދިޔައީ އުންމީދުން ފުރިގެންވާ ހިތަކާއި ކާނާއިން ބަރުކޮށްފައިވާ ފޮށްޓެކެވެ. އެއީ ފަންސަޔާޅީސް ކިލޯގެ ކާނާއެވެ. އޭނާގެ ޗުއްޓީ ހޭދަ ކުރާއިރު ކާން ބޭނުންވާ ބީފް ސްޓޭކްގެ މަސްކޮޅާއި ޓީވީ ބަލާއިރު ޕޮޕްކޯން ހަދާނެ ޒުވާރިއާއި ސަލަޑް ހަދަން ބޭނުންވާ މިރުހާއި ކަމްބާ ކޮޅެކެވެ. އުމުރުން 70 އަހަރުގެ ހަމީދު ރަމަޟާނަށް އެމެރިކާގެ ފަސްގަނޑުގައި ހޭދަކުރެވުނު ވަގުތު 48 ގަޑިއިރަށް ވުރެންވެސް […]

އަންހެނުންގެ ބަސް ނާހާ ތަރުޖަމާން

އެމެރިކާ ދަތުރުގެ ކުރިން ނަތަންޔާހޫ އޭނާގެ ސިޔާސީ ތަރުޖަމާނު އޮމަރު ދޯސްޓްރީ ވަޒީފާއިން ވަކިކޮށްފިއެވެ. ޔަހޫދީންގެ ގައުމުގެ އިބްރާނީ ބަހުން ޝާއިއު ކުރާ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން ބޮޑުވަޒީރުގެ އޮފީހުގައި ދޯސްޓްރީއާ ގުޅިގެން ގިނަ މައްސަލަތަކެއް ފާހަގަ ކުރެވިފައި ވެއެވެ. އިބްރާނީ މަސްދަރުތަކުން ބުނަނީ ދޯސްޓްރީ ވަޒީފާއިން ވަކި ކުރީ ނަތަންޔާހޫގެ އަނބި ސާރާ ބުނާ ގޮތަށް ނުހަދާތީއެވެ. އަދި މީގެ މަހެއްހާ ދުވަސް ކުރިން ދޯސްޓްރީގެ ބާރު ކަނޑުވާލައި ސާރާ ނަތަންޔާހޫ ވަނީ އޭނާގެ ރައްޓެއްސެއްގެ […]

ސާދާގަރުން ގިނަވެއްޖެ

އާދަޔާ ޚިލާފް މުއްސަނދިކަމުގައި 200 ބިލިއަން ޑޮލަރުގެ މޭލުގާ ފަހަނައަޅައި ގޮސްފައިވަނީ އެންމެ ހަތަރު އިންސާނެކެވެ. އެމީހުންގެ މުއްސަނދިކަން އެތައް ގައުމެއްގެ އިޤްތިޞާދާ އެއްވަރެވެ. އެލޮން މަސްކް: 361 ބިލިއަން ޑޮލަރު (ދެކުނު އެފްރިކާގެ އިގްތިސާދާ އެއްވަރު) މާކް ޒުކަބާގް: 252 ބިލިއަން ޑޮލަރު (ހަންގޭރީގެ އިގްތިސާދަށް ވުރެ ބޮޑު) ޖެފް ބެޒޯސް: 241 ބިލިއަން ޑޮލަރު ދުނިޔޭގެ ބިލިއަނަރުންގެ އަދަދު ވަނީ 3،028 އަށް އަރާފައެވެ. މިއީ ތާރީޚުގައި އެންމެ މަތީ އަދަދަކަށް ސާދާގަރުން ދުނިޔޭގައި […]