”ޝާމިލް 2025“ ނޮވެމްބަރު ތޭރާގައި

ޝާމިލް ލޯގޯ އިފްތިތާޙްކޮށް، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް އިޖުތިމާއީ އަދި އާއިލާ ތަރައްގީއާ ބެހޭ ވުޒާރާއިން ޚާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ. މިއީ ”ޝާމިލް 2025“ ގެ ނަމުގައި ބާއްވާ ހަރަކާތެކެވެ. ”މިއީ އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކާއި ހުނަރުތައް އެއްތަނަކުން ދައްކާލުމާއި، އަދި އެ ފަރާތްތަކުގެ އުފެއްދުންތައް އާންމުންނަށް ވިއްކޭނެ މަގުތަނަވަސްކޮށްދިނުމާއި، އެފަރާތްތައް އިގްތިސާދީގޮތުން ބާރުވެރިކުރުމުގެ އަމާޒުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ،“ މި ހަރަކާތުގެ ތެރެއިން ސަގާފީ ތަފާތު ހަރަކާތްތައް […]
ފަރުމަސްވެރިކަމުގެ މުބާރާތެއްގައި ބައިވެރިވެގެން ބޮޑެތި އިނާމް ހޯދާ

މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން މަސްވެރިކަމާ ބެހޭ ވުޒާރާއިން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަަހަރު ޑިސެންބަރު ބާރަ ވަނަ ދުވަހުއެވެ. މިބާރާތް ބާއްވާނީ ރ. ދުވާފަރުގައެވެ. މި މުބާރާތަކީ މާޅޮސްމަޑުލު އުތުރުބުރީ (ރ. އަތޮޅު) ގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. ”މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ކަމާގުޅޭ ފޯމް (https://tinyurl.com/4xe7p9jv) ފުރިހަމަ ކުރެއްވުމަށް ފަހު 20 ނޮވެމްބަރު 2025 ގެ 14:00 ގެ ކުރިން […]
ގަވާއިދާ ޚިލާފަށް އުޅެމުންދަނީ ފަނަރަ ޕަސެންޓު ބިދޭސީން

ބޮޑެތި ރެއިޑް އޮޕަރޭޝަންތަކުގަ ޗެކް ކުރެވުނު ބިދޭސީންގެ ތެރެއިން 85 އިންސައްތަ ބިދޭސީން ތިބީ ޤަވާއިދާ އެއްގޮތަށް ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަސީޙް ވިދާޅުވެއްޖެއެވެ. ކޮންޓްރޯލަރ މިހެން ވިދާޅުވީ ”މޯލްޑިވްސް 2.0“ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ފަސީޙް ވިދާޅުވީ ދިވެހިރާއްޖޭގަ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސްގެ ސީދާ […]
ކޮރަޕްޝަން އޮތްކަން ރައީސަށް އެނގުމުން ހިތްވަރު ލިބިއްޖެ: ފިރާގު

ސަރުކާރު ތެރޭގައި ފުޅާދާއިރާއެއްގައި ފެތުރިފައިވާ ކޮރަޕްޝަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެނެވަޑައިގެން، އެކަން ގަބޫލުކުރެއްވުމަކީ ހިތްވަރު ލިބުނު ކަމެއް ކަމަށް އިނަރމޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވެފައިވަނީ އެއީ ”މާނަހުރި އިސްލާހަކަށް އެޅި މުހިންމު ފިޔަވަޅެކެވެ. އަޅުގަނޑުމެން އެކުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއްބައިވަންތަކަމާއެކު މިތިބީ އަތުކުރި އޮޅާލައިގެން ފަސްޖެހިމެއް ނެތި ތަކުރާކޮށް މިވާހަކަ ދާއްކާ އަލިމަގެއް ހޯދުމުގައެވެ.“ ފިރާގު ވިދާޅުވެފައިވަނީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިހާރު ދަނީ ތައްޔާރުވަމުން […]
އެންމެ މުހިންމު ކަމަކީ ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް ޚިދުމަތް ދިނުން: ރައީސް

ޖުމްހޫރީ ވެރިކަމެއްގައި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، އެންމެ މުހިންމުވާ ކަންކަމަކީ، ދެފުށް ފެންނަގޮތަށް، އިންސާފުވެރިކޮށް، ޢަދުލުވެރިކޮށް ޚިދުމަތްދިނުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޖުމްހޫރީ ދުވަސްފާހަގަ ކުރަން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިކަން ކުރުމުގައި އޮތް އެންމެ ބޮޑު ވަބާއިން ސަލާމަތްވުމަށްޓަކައި، ޑިޖިޓަލައިޒޭޝަންގެ ތެރެއަށްދާން ނިންމި ކަމަށެވެ. ”މި ނިންމުމަކީ، އެންމެ ބޮޑަށް އަޅުގަނޑު ފާހަގަކުރަން ބޭނުންވާ ކަންތައް. މިކަން ކާމިޔާބު ވާނީ، އެންމެންވެސް މިކަން ބަލައިގަނެގެން، […]
ދިއްލީ: ރެޑް ފޯޓު ގޮއްވުމުގައި ބޭނުންކުރީ އަސްކަރީ ފެންވަރުގެ ގޮވާ ތަކެތި

ދިއްލީގެ ރެޑް ފޯޓު ކައިރީގައި ހިނގި ލޭއޮހޮރުވުން ބޮޑު ގޮއްވުމާ ގުޅިގެން ތަހުގީގު ކުރާ ފަރާތްތަކުން ބުނަނީ މި ހަމަލާގައި ބޭނުންކޮށްފައިވަނީ އަސްކަރީ ފެންވަރުގެ ގޮވާ ތަކެތި ކަމަށް ޝައްކުކުރެވޭ ކަމަށެވެ. ރަސްމީ މަސްދަރުތަކުން ހާމަކުރާ ގޮތުގައި، ގޮވުމުގެ ބާރުގަދަކަމާއި އޭގެ އަސަރުތައް ހުރި ގޮތުން މިޮތަށް ބެލުމަށް ފުރުސަތު އޮތް ކަމަށް ވެއެވެ. ހޯމަ ދުވަހު ދިން މި ހަމަލާގައި 10 މީހުން މަރުވެފައިވެއެވެ. މި ހަމަލާ ދިނީ ފަރީދާބާދުގެ ޓެރަރިޒަމްގެ ޖަމާއަތަކާ ގުޅުން ހުރި ޑޮކްޓަރެއް ކަމަށްވާ މުހައްމަދު އުމަރު ކިޔާ މީހެއް ކަމަށް ތުހުމަތު ކޮށްފައި ވެއެވެ. […]
އިސްލާމްއާބަދަށް އަހަރުތަކަށް ފަހު ޓެރަރިޒަމްގެ ހަމަލާއެއް

އިސްލާމްއާބާދުގެ ޑިސްޓްރިކްޓް ކޯޓްތަކުގެ ބޭރުގައި ދިން ޖާނު ގޮއްވާލުމުގެ ބޮމުގެ ހަމަލާއެއްގައި 12 މީހުން މަރުވެ، 36 މީހުންނަށް އަނިޔާވެފައި ވެއެވެ. މި ހަމަލާގައި ހަތަރު އަންހެނުންނާއި ހަތަރު ފުލުހުން ވެސް ހިމެނެއެވެ. މިއީ ގާތްގަނޑަކަށް ތިން އަހަރުގެ ތެރޭގައި ވެރިރަށް އިސްލާމްއާބާދުގައި ދިން ފުރަތަމަ މިފަދަ ޓެރަރިސްޓް ހަމަލާއެވެ. ފުލުހުން ބުނި ގޮތުގައި މި ހަމަލާ ދިން މީހާ އައިސްފައިވަނީ އިސްލާމްއާބާދުން ބޭރުންނެވެ. އަދި އޭނާ ދަތުރުކުރި މަގު ހޯދުމަށް އޭއައި ގެ އެހީގައި މަސައްކަތް ކުރަމުންދާ ކަމަށް […]
ގޯވިންދާ ހަބަރު ހުސްވެގެން ހަސްފަތާލުގައި

ބޮލީވުޑްގެ ތަރި ގޯވިންދާ ހޭނެތިގެން ގޭތރެއަށް ވެއްޓިފައި އޮތްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ. އޭނާގެ އެޖެންޓު އަދި ރަހުމަތްތެރިޔާ ލަލިތު ބިންދާލް ބުނި ގޮތުގައި އެކްޓަރު އިމަޖެންސީ ޑިޕާޓްމަންޓަށް ގެންދިއުމުގެ ކުރިން ވެސް އުނދަގޫތަކެއް ވާތީ ޝަކުވާ ކުރިއެވެ. ބިންދާލް ބުނީ ގޯވިންދާ ހަސްފަތާލަށް ގެންދިޔައިރު އޮތީ ކަބަރު ހުސްވެފައި ކަމަށެވެ. ބޮލީވުޑްގެ އިހުގެ ތަރިން އެނދުުމަތިކުރާ ޒަމާނެއް ބޮލީވުޑްގެ ތަރިން މުސްކުޅިވެ އަނގަ ވަތަށް ވެއްޓެނީ ދަރްމެންދްރާ މަރުވެއްޖެ ދަރްމެންދްރާ އަދި މަރެއް ނުވޭ
