ކާރު އުފައްދާ ޓެސްލާ ފަހަތަށް

ޗައިނާގެ މަޝްހޫރު ކާރު އުފައްދާ ކުންފުނި ބީވައިޑީ އިން އެމެރިކާގެ ޓެސްލާ ފަހަތަށް ޖައްސާލުމަށްފަހު، ދުނިޔޭގައި އެންމެ ގިނައިން އިލެކްޓްރިކް ވެހިކަލް ވިއްކާ ކުންފުނީގެ މަގާމު 2025 ވަނަ އަހަރު ކާމިޔާބުކޮށްފިއެވެ. މިއީ ދުނިޔޭގެ އިލެކްޓްރިކް ކާރުގެ ބާޒާރަށް އައި ބޮޑު އަދި ތާރީޚީ ބަދަލެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ބީވައިޑީން ވަނީ މިދިޔަ އަހަރު 2.5 މިލިއަނަށްވުރެ ގިނަ ބެޓަރީ ކާރު ވިއްކާފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 28 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާ ޚިލާފަށް، މާލީ […]
ލަދުވެތި ގުނަވަން ބުރިކޮށްލައިފި

ކައިވެނިކުރުމަށް ތަކުރާރުކޮށް އެދުމުންވެސް އެކަމަށް އިންކާރުކުރުމާ ގުޅިގެން، އިންޑިއާގެ އަންހެނަކު އޭނާގެ ލޯބިވެރިޔާގެ ލަދުވެތި ގުނަވަން ބުރިކޮށްލައި، ނުރައްކާތެރި ހަމަލާއެއް ދީފިއެވެ. މުމްބާއީގެ ސަރަހައްދެއްގައި ހިނގި މި ހާދިސާގައި އަނިޔާ ލިބިފައިވަނީ އުމުރުން 42 އަހަރުގެ ފިރިހެނަކަށެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހަމަލާ ދީފައިވަނީ އޭނާއާ އެކު ފާއިތުވި ހަތް އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އުމުރުން 25 އަހަރުގެ އަންހެނެކެވެ. މި ހާދިސާ ހިނގާފައިވަނީ އައު އަހަރު ފާހަގަކުރުމުގެ ނަމުގައި، […]
ރައީސް ޓްރަމްޕްގެ ނަހަލާލު އަންހެން ދަރިފުޅު

އަންކާރާގައި ދިރިއުޅޭ އަންހެނަކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ އޭނާގެ ބައްޕަ ކަމަށް ބުނެ ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ. ތުރުކީގެ އަންކާރާގައި ދިރިއުޅޭ އުމުރުން 55 އަހަރުގެ ނެޖްލާ އޮޒްމަން، ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ އޭނާގެ ބައްޕަ ކަމަށް ދައުވާކޮށް، އެކަން ސާބިތުކުރުމަށް ގާނޫނީ ހަނގުރާމައެއް ފަށައިފައެވެ. މި މައްސަލަ މިހާރު ވަނީ ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ. އޮޒްމަން ބުނާ ގޮތުގައި، އޭނާ ބަލާބޮޑުކުރި ސާތީ ނަމަކަށް ކިޔާ އަންހެނަކު، ޓީވީން […]
އިންޑިއާ ބްރިކްސްގެ ރިޔާސަތަށް

1 ޖެނުއަރީ 2026 އިން ފެށިގެން، ބްރިކްސް ޖަމާއަތުގެ ރިޔާސަތާ އިންޑިއާއިން ރަސްމީކޮށް ހަވާލުވެއްޖެއެވެ. ބްރިޒިލްގެ އަތުން އިންޑިއާ މި މަގާމާ ހަވާލުވިއިރު، މިއީ 10 ގައުމުގެ މައްޗަށް އެކުލެވޭ ގޮތަށް މި ޖަމާއަތް ފުޅާކުރި ފަހުން އިންޑިއާއިން ރިޔާސަތު ބަލަހައްޓާ ފުރަތަމަ ފަހަރެވެ. މި ދައުރުގެ އިސްކަންދޭ އަމާޒުތައް ހާމަކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، އިންޑިއާގެ ރިޔާސަތުގައި ބްރިކްސް ބިނާކުރާނީ ”ރެސިލިއަންސް، އިނޮވޭޝަން، ކޯޕަރޭޝަން އަދި ސަސްޓެއިނަބިލިޓީ“ ވިލުންވެރިކަން، އައު އީޖާދުތައް، އެއްބާރުލުން […]
ވިސާ ހޯދުމަށް ދަރިވަރުންގެ ސޯޝަލް މީޑިއާ ހިސްޓްރީ

އެމެރިކާގެ ޔުނިވަރސިޓީތަކުން ތަޢުލީމު ހާސިލުކުރުމަށް އެދޭ ޗައިނާގެ ދަރިވަރުންނަށް ވިސާ ދޫކުރުމުގެ އުސޫލުތައް އެމެރިކާ ސަރުކާރުން ވަރަށް ބޮޑަށް ހަރުކަށިކޮށްފިއެވެ. މި ނިންމުމާ އެކު، މެއިންލޭންޑް ޗައިނާ، ހޮންގކޮންގް އަދި މަކާއޯ އިން އެމެރިކާއަށް ދާން ބޭނުންވާ އެފް1، ޖޭ1 އަދި އެމް1 ގިންތީގެ ވިސާއަށް އެދޭ ހުރިހާ ދަރިވަރުން، ފާއިތުވި ފަސް އަހަރު ދުވަހުގެ ސޯޝަލް މީޑިއާ ހިސްޓްރީ ހުށަހަޅަން ޖެހޭނެއެވެ. އެމެރިކާގެ ކޮންސިއުލަރ އޮފިސަރުން މި މަޢުލޫމާތުތައް ބޭނުންކުރާނީ އެ ދަރިވަރުންގެ ސިޔާސީ ގުޅުންތަކާއި، ގައުމީ […]
ޗައިނާއިން ހުޅަނގުގެ ގައުމުތަކަށް ނުފޫޒު ފޯރުވާ

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އިން ހުޅަނގުގެ ޑިމޮކްރެޓިކް ގައުމުތަކާއި އެ ގައުމުތަކުގެ މުހިންމު އިންފްރާސްޓްރަކްޗާތަކަށް ނުފޫޒު ފޯރުވައި، ޖާސޫސީ ހަރަކާތްތައް ވަރުގަދަ ކުރަމުންދާ ކަމަށް ބުނެ ބައިނަލްއަގުވާމީ މާހިރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. ވޭތުވެދިޔަ ތިން ހަފުތާގެ ތެރޭގައި ފެންމަތިވެފައިވާ ކަންތައްތަކުން ދައްކާގޮތުގައި، ބެއިޖިންގް އިން ދަނީ ސީދާ އަސްކަރީ ކުރިމަތިލުމަކަށް ނުގޮސް، ”އަންރެސްޓްރިކްޓެޑް ވޯފެއާ“ ނުވަތަ ހުރަހެއްނެތް ހަނގުރާމައިގެ އުކުޅުތައް ބޭނުންކޮށްގެން އިދިކޮޅު ގައުމުތައް ބަލި ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ނޯވޭގައި ބޭނުންކުރާ ޗައިނާގައި […]
ދީނާއި ގައުމިއްޔަތު ބޭނުން ކުރައްވަނީ ސިޔާސީ ހަތިޔާރަކަށް: ފައްޔާޒު

ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކު ކުރެވޭގޮތަށް ބަދަލުކުރަން ކެބިނެޓުގައި މަޝްވަރާ ކޮށްފި ކަމަށް ރާއްޖޭގެ އޮންލައިން ނޫހަކުން ރިޕޯޓު ކުރުމުން އެކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ފާޑު ވިދާޅުވެއްޖެއެވެ. އެކްސްގައި ފައްޔާޒު ވިދާޅުވެފައިވަނީ އެއް މަޝްވަރާ ވެސް ކޮށްގެންވާނޭ ކަމެއްނޫން ކަމަށެވެ. ”މިއީ ކެބިނެޓު ލެވެލްގައި އަދި އެނޫންވެސް ގޮތެއްގައި މަޝްވަރާ ވެސް ކުރެވިގެން ވާނެ ކަމެއް ނޫން. ގައުމިއްޔަތުގެ ނަމުގައި ޕީއެންސީ/ޕީޕީއެމް އިން އަބަދުވެސް ގައުމު ފޮތިފޮތިކޮށް […]
ޕާކިސްތާނުގެ އާބާދީގެ މައްސަލަ

ޕާކިސްތާނުން 2026 ވަނަ އަހަރާ ކުރިމަތިލާއިރު، އެ ގައުމުގެ އާބާދީ އިތުރުވަމުންދާ ނިސްބަތާ މެދު އދ. ގެ އާބާދީއާ ބެހޭ ޖަމިއްޔާ (ޔޫއެންއެފްޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށް، ސިޔާސީ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފިއެވެ. ދުނިޔޭގެ ފަސްވަނައަށް އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައި އޮތް ޕާކިސްތާނުގެ އާބާދީ މިހާރު ވަނީ 225 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. ޕާކިސްތާނުގެ ”ޑޯން“ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާބާދީ އިތުރުވާ މިންވަރު އަވަސްވުމާއި، ވިހާ ރޭޓް މަތިވުމާއި، […]
ޗައިނާއިން ތިބަޓުގައި ބިޔަ ޑޭމެއް އެޅުން

ޗައިނާގެ ތިބަތު ސަރަހައްދުގައި އޮންނަ ޔާލުންގް ސަންގްޕޯ ކޯރުގައި ބިޔަ ހައިޑްރޯޕަވަރ ޑޭމް މަޝްރޫއެއް ފެށުމާ ގުޅިގެން، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ފެނުގެ ރައްކާތެރިކަމާ މެދު އޮތް ބިރުވެރިކަން ބޮޑުވެއްޖެއެވެ. 2025 ވަނަ އަހަރުގެ ޖުލައި މަހު ޗައިނާގެ ބޮޑުވަޒީރު ލީ ކިއަންގް އިފްތިތާހުކޮށްދެއްވި މި މަޝްރޫއަކީ 167 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ. ފަސް ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 60 ގިގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ލިބިގެންވާ މަޝްރޫއެކެވެ. ޗައިނާ […]
ބޮޓްސްވާނާގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާ

ބޮޓްސްވާނާގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި، ހަކަތަ ރައްކާކުރުމުގެ އިތުރުން ޓްރާންސްމިޝަން އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށްޓަކައި، އިންޑިއާގެ އިއާދަކުރަނިވި ހަކަތަ އުފައްދާ ކުންފުންޏެއް ކަމަށްވާ ކޭޕީ ގްރޫޕުން އެ ގައުމުގެ ސަރުކާރާއެކު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، ކޭޕީ ގްރޫޕާއި ބޮޓްސްވާނާ ސަރުކާރު ގުޅިގެން ގާތްގަނޑަކަށް 4 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭ ބިޔަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުތަކުގެ ސަބަބުން ބޮޓްސްވާނާގެ ހަކަތައިގެ ނިޒާމަށް ގާތްގަނޑަކަށް 5 ގިގަވޮޓްގެ އިއާދަކުރަނިވި […]
