އިންތިޚާބުގެ ކެންޕޭނުގައި ދެ ރައީސުން އެއްކޮށް ފެންނާނެ: ސައްޕެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕޭނުގައި ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި، އިބްރާހީމް މުޙައްމަދު ސާލިހު އެއްކޮށް ފެންނާނޭ ކަމަށް އެމްޑީޕީގެ ފައުންޑަރ މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. ސައްޕެ ވިދާޅުވީ އެމްޑީޕީ އެމްޑީޕީގެ ގޮތުގައި ކުރިއަށް ގެންދެވޭނީ އެންމެން އެކަތިކަނޑަކަށް ވެގެންކަމަށެވެ. އެގޮތުން ޕާޓީގައި ގިނަދުވަސްވެފައިވާ ކުރީގެ ލީޑަރުން ގަދަކޮށް އެނބުރި ވަޑައިގެން މަސައްކަތް ކުރެއްވުމަކީ ޕާޓީއަށާއި އެންމެހާ ރައްޔިތުންނަށް ވެސް އެންމެ މަންފާހުރި ގޮތް ކަމަށް […]
ނުކުޅެދުންތެރިކަން ހުންނަ ތިރީސް މީހަކަށް ސްޓެލްކޯއިން ވަޒީފާދީފި

ނުކުޅެދުންތެރިކަން ހުންނަ ތިރީސް މީހަކަށް ސްޓެލްކޯއިން ވަޒީފާ ހަމަޖައްސައިދީފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ނުކުޅެދުންތެރިކަން ހުންނަ، ވަޒީފާ އަދާކުރަން ބޭނުންވާ ހުރިހާ މީހުންނަށް ދައުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހަމަޖައްސައިދެވުނު ވަޒީފާގެ ފުރުޞަތުތަކެކެވެ. މި މީހުންނަށް ވަޒީފާގެ ލިޔުން ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ […]
އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

ލޯކަލް ކައުންސިލް 2026 ގައި އެމްޑީޕީގެ ފަރާތުން ވާދަކުރަން ބޭނުންވާ މެންބަރުންނަށް ފުރުޞަތު ހުޅުވާލިފަހުން ދާއިރާތަކަށް ވަނީ ބަދަލު އައިސްފައެވެ. އެހެންކަމުން އެދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީން މިހާރުވަނީ ހުޅުވާލައިފައެވެ. އެގޮތުން މާލެ ސިޓީ އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ދާއިރާތަކާއި އަދި ރަށުކައުންސިލް އަކަށް މިހާރު ބަދަލުވެފައިވާ އައްޑޫ އަތޮޅު ހުޅުދޫ އަދި މީދޫ ރަށު ކައުންސިލަށް އެޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި މިދާއިރާތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި […]
އީސީ މަސައްކަތް ކުރާނީ މުއިއްޒު ބޭނުން ނަތީޖާއެއް ނެރުމަށް: ފައްޔާޒު

ކުރިއަށް އޮތް އިންތިހާބު ތަކުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގަދައަޅާ މަސައްކަތް ކުރައްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ނަތީޖާ ނެރުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ގޮނޑިތައް ކަނޑައެޅުމުގައި ވެސް އިލެކްޝަންސް ކޮމިޝަނުން ގެންގުޅެފައި އޮތް އުޞޫލު އެނގޭ އެއްވެސް އެހެން ފަރާތެއް ނެތް ކަމަށެވެ. ”އެކަމަކީ، އެތެރެ އެތެރެއިން ސިއްރުސިއްރުން […]
މަގުމައްޗަށް ރަތް ކުޅު ޖަހާތީ ޖުރިމާނާ ކުރަން ފަށައިފި

އިނގިރޭސިވިލާތުގައި ދުފާފައި މަގުމައްޗަށް ކުޅު ޖެހުން އާންމު ވާތީ އެކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ފަށައިފިއެވެ. އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގެ ލޯކަލް ކައުންސިލްތަކުން، ވަނީ މަގުމައްޗަށް ކުޅު ޖެހުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް ހަރުކަށި ކޮށްފިއެވެ. މި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ދުފައިގެން ރަތް ކުޅު ޖެހުން އާންމުވުމާ ގުޅިގެންނެވެ. ރަތް ކުޅު ޖެހުމުން ކުރާ ޖުރިމަނާގެ އަދަދު ވަނީ ބޮޑުކޮށްފަ އެވެ. އަދި ސީރިއަސް މައްސަލަތަކުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާ ކަމަށް ވެސް ރިޕޯޓްތައް […]
ހަނގުރާމައެއް ކޮށްފިނަމަ ޗައިނާއިން އެމެރިކާ ބަލިކުރާނެ

އެމެރިކާގެ ސަރުކާރުގެ ސިއްރު ރިޕޯޓެއްގައި ބުނެފައިވަނީ ތައިވާނާ ގުޅޭގޮތުން ހަނގުރާމައެއް ހިނގައިފިނަމަ، ޗައިނާގެ ސިފައިން އެމެރިކާގެ ސިފައިންނާ ދެކޮޅަށް ކުރި ހޯދާނެކަމަށެވެ. މި ރިޕޯޓުގައި ބުނަނީ ޗައިނާގެ އަސްކަރީ ބާރު މިހާރު އާދަޔާ ޚިލާފަށް އިތުރުވަމުންދާ މިންވަރާއި، އެކަމުގެ ސަބަބުން އެމެރިކާއަށް ކުރިމަތިވެފައިވާ ނާޒުކުކަމެވެ. ޗާއިނާގެ ބާރު ގަދަފަދަ ކަމުގެ ސަބަބުން، ޗައިނާއިން ތައިވާން ހިފަން މަސައްކަތް ކޮށްފިނަމަ އެކަން ހުއްޓުވުމަށް އެމެރިކާ ކުޅެދޭނެތޯއާ މެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ. “އޯވަރމެޗް ބްރީފް” ގެ ނަމުން ނަންދީފައިވާ […]
އެމެރިކާގެ ފާސްޓްފުޑް ބްރޭންޑް ތަކަށް ބޮޑުގެއްލުމެއް

ޣައްޒާއަށް އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން ފެށި ބޮއިކޮޓް ކެމްޕޭނަކީ މިހާރު މީހުންއގެ މެދުގައި މަގްބޫލުކަން ލިބި، އެމެރިކާގެ ޖަންކު ފުޑު ކުންފުނިތަކަށް ބޮޑު ބަދަލެއް ގެނުވަމުންދާ ކަމެކެވެ. މެލޭޝިއާގެ ’އަޙްމަދު ފްރައިޑް ޗިކަން‘ އަދި އިންޑޮނޭޝިއާގެ ލޯކަލް ފްރައިޑް ޗިކަން ފިހާރަތަކާއި، ތުރުކީގެ އަމިއްލަވަންތަ ގައުމީ ބްރޭންޑްތައް އަދި އޭގެ އިތުރުން މެދުއިރުމަތީގެ ކެފޭތަކުން ދައްކުވައިދެނީ މީހުންގެ ސިޔާސީ ފިކުރަކީ މިހާރު ދިރިއުޅުމުގެ ކޮންމެ ދުވަހެއްގެ ވިޔަފާރިތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ. ހުޅަނގުގެ ކުންފުނިތަކަށް މިކަމުގެ ސަބަބުން […]
ފައިސާގެ ދަހިވެތިކަމުގައި ސިއްހަތަށް ނުރައްކާކުރަނީ: ހައްލަކީ އޯގަނިކް ފާމިން

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށްރަށުގައި، ހާއްސަކޮށް އއ. ތޮއްޑޫ އާއި ބ. ގޮއިދޫ ފަދަ ރަށްރަށުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް ވަނީ އިތުރުވެފައެވެ. މިކަމާ ގުޅިގެން ޑޮކްޓަރުންނާއި ސިއްހީ މާހިރުން ބުނަނީ މިއީ ގަސްގަހާގެހި ހެއްދުމަށް ބޭނުންކުރާ ނުރައްކާތެރި ކެމިކަލް ނުވަތަ ޕެސްޓިސައިޑްސްގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ. ޑޮކްޓަރުން ސިފަކުރާ ގޮތުގައި މިއީ ދިވެހިންނަށް އެނގުމަކާ ނުލައި ދެވޭ ”ސްލޯ ޕޮއިޒަން“ ނުވަތަ މަޑުމަޑުން ހަށިގަނޑަށް […]
ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައިފި

މާލޭގެ ރަސްމީ ފާލަމާ ދިމާލު ކަނޑުތެރޭގައި ބޮޑުކަންނެލި މަސްވެރިން އިއްޔެއިން ފެށިގެން ކުރަމުންދިޔަ މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައިފިއެވެ. ފުލުހުން ދޯނިފަހަރަށް އަރައި މަސްވެރިންގެ ކޮންޓްރޯލް ނަގާފައިވާއިރު، މި އޮޕަރޭޝަންގެ ތެރެއިން މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. މިކަމާ ގުޅޭގޮތުން ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ […]
ދެ ދޯންޏަކާއި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ބޮޑުކަންނެލީގެ މަސްވެރިން މާލެކައިރީގައި މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން ދެ ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މީގެ އިތުރުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ތިންމީހަކު ވެސް މިއަދުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހިމެނޭ ކަމަށް ފުލުހުން ވިދާޅިއެވެ. މީގެ އިތުރުން މި އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަމަށްބުނެ އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވެފައިވާނޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ގެންދަނީ […]
